Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ވިނީޝިއަސް އަށް ބަރޯސާ ވަނީ އޭނާގެ ކުޅުން އެހާ ރަނގަޅުވީމަ: އަންޗެލޮޓީ

2 މާރިޗު 2023 | ބުރާސްފަތި 02:37

އޭނާ ބުނީ ބޭނުންވަނީ ރެއާލް އޮތީ ތައްޓަކާ ވަރަށް ކައިރީގައި ކަމަށާއި، އެހެންކަމުން ބޭނުންވަނީ މޮޅުވާން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2023 | ބުރާސްފަތި 02:37
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ވިނީޝިއަސް ޖޫނިއާ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ވިނީޝިއަސް ޖޫނިއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ އަށް ބަރޯސާ ވަނީ އޭނާގެ ކުޅުން އެހާ ރަނގަޅުވުމުން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަންގެ ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ވާދަވެރި ބާސެލޯނާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އަންޗެލޮޓީ ބުނީ ވިނީޝިއަސް އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އޭނާގެ އެހީގައި ރެއާލުން ބޭނުންވާ ގޮތަށް ގޭމު އަނބުރާލެވޭ ކަމަށެވެ. އެގޮތުން އޭނާ އަށް ބަރޯސާވުން ދެކެނީ ވެސް އާދައިގެ ކަމެއްގެ ގޮތުގައި ކަމަށާއި، ސަބަބަކީ ވިނީޝިއަސް ހުރި ފޯމަށް ބަލާއިރު، އޭނާ އަކީ މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، އެއްވެސް ޙާލެއްގައި ސްޕެނިޝް ސުޕަ ކަޕް ފައިނަލްގެ ބަދަލު މެޗެއް ބޭނުންނުވާ ކަމަށެވެ. ބޭނުންވަނީ ރެއާލް އޮތީ ތައްޓަކާ ވަރަށް ކައިރީގައި ކަމަށާއި، އެހެންކަމުން ބޭނުންވަނީ މޮޅުވާން ކަމަށް ފާހަގަ ކުރަމުން އޭނާ ބުނީ އެ ޓީމުން ތައްޓަކައި ގާތްވާވަރަކަށް ޕްރެޝަރު މައްޗަށް ދާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މިހާރު ރެއާލް އޮތީ އެ ޓީމަށް ޙައްޤު ހިސާބެއްގައި ކަމަށާއި މިވަގުތު ކުރިމަތިވާން އެދެނީ އެންމެ ރަނގަޅު ކަންތައްތައް ކަމަށެވެ. ސަބަބަކީ މިއީ ސީޒަންގެ އެންްމެ މުހިންމު ވަގުތު ކަމަށެވެ. އަންޗެލޮޓީ ބުނީ އޭނާ އުންމީދު ކުރަނީ ރެއާލަށް އަދިވެސް ކޮންމެ ވެސް މުބާރާތެއް ކާމިޔާބު ކުރެވޭނެ ކަމަށާއި، ނަމަވެސް އެކަން ހާސިލްވޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އޭނާ އަކީ "ޖާދޫގަރެއް" ނޫން ކަމަށެވެ.

ކޮޕަ ޑެލް ރޭ މުބާރާތުގައި ރެއާލްގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާއިރު، އެންމެ ފަހުން މި ދެ ޓީމު ކުޅުނީ ސުޕަ ކަޕްގެ ފައިނަލްގަ އެވެ. އެ މެޗުގައި ރެއާލް ބަލިކޮށް ތަށި އުފުލާލީ ބާސެލޯނާ އިންނެވެ. ރެއާލް އާއި ބާސެލޯނާ ވާދަ ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު، އެކެއް ޖަހާއިރު އެވެ.

ކޮޕަ ޑެލް ރޭރެއާލް މެޑްރިޑްވިނީޝިއުސް ޖޫނިއަރކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް