Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޭމްގެ މައްސަލަ

ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތައް ހުރުމުން، ސްކޭމްގެ މައްސަލަތައް ބަލަން ބޭއްވި ކޮމިޓީ ސިއްރުކޮށްފި

ބީއެމްއެލް ފިޔަވައި ކޮމިޓީގައި ބައިވެރިވި ފަރާތްތަކުން އެދުނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށްގެންދަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 މާރިޗު 2023 | ބުދަ 10:26
ސްކޭމް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ކަމާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ސްކޭމް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ކަމާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތައް ހުރުމުން, ސްކޭމްގެ މައްސަލަތައް ބަލަން ބޭއްވި, ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ ސިއްރުކޮށްފިއެވެ.

އެސްއޯއީ ކޮމިޓީން ވަނީ މި މައްސަލައިގެ މައުލޫމާތު ހޯދަން ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިތުރުން، ފުލުހުން ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީއަށް ހާޒިރުކުރި ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ފިޔަވައި ދެން ތިބި ފަރާތްތަކުން ބޭނުންވީ ކޮމިޓީ ސިއްރުކުރުމަށެވެ.

Advertisement - newsAdvertisement

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ބުނެފައިވަނީ، ދެކެވޭ ވާހަކާގައި ގައުމީ ސަލާމަތާ ގުޅުންހުރި، ވާހަކައިގެ ބާވަތުން އެފަދަ ކަންކަން ކުރާ ފަރާތްތަކުން އެކަންކަން ކުރުމަށް ފުރުސަތުތައް ފަހިވެދާނެ ވާހަކަތައް ހުރުމުން ބައްދަލުވުން ސިއްރުކުރުން މުހިންމު ކަމަށެވެ.

އެމްއެމްއޭއިން އެދިފައިވަނީ ކޮމިޓީ ލައިވްކޮށް ގެންދާނަމަ ހާމަކުރާ މައުލޫމާތު މަދުކޮށްލާނެ ކަމަށެވެ. އަދި ކޮމިޓީގައި ދެއްކޭނީ އާންމުކުރެވެން ހުރި މައުލޫމާތު އެކަނި ކަމަށާއި، އެއްވެސް ފަރާތެއްގެ މައުލޫމާތާ ގުޅޭ ވާހަކައެއް ނުދައްކާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނެފައިވާ ގޮތަށް ކޮމިޓީގައި ދައްކަންޖެހޭ ވާހަކަތަކުގެ ތެރޭގައި ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންކަން ހުރިކަމަށާއި، އެ މައުލޫމާތު އާންމުވުމަކީ ސްކޭމްފަދަ ސައިބަރ ސްޕޭސްގައި ކުރެވޭ ކަމަކަށްވާތީ، ބައްދަލުވުން ސިއްރުކުރަން އެދޭކަމަށެވެ.

ބައްދަލުވުން ސިއްރުކުރުމަށް ނުވަތަ ހުޅުވާލައިގެން ކުރިއަށްގެންދިއުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ، ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމާމެދު އިއުތިރާޒެއް ނެތްކަމަށެވެ. ނަމަވެސް ބައެއް މައުލޫމާތަކީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތަކަށް ވުމާއެކު އެ މައުލޫމާތު ހާމަނުކުރާނެ ކަމަށެވެ.

ކޮމިޓީގައި ބައިވެރިވާ ފަރާތްތަކުގެ ވާހަކައަށްފަހު، ބީއެމްއެލް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން މި ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދަން ބޭނުންވާތީ، ކޮމިޓީ މެމްބަރުން އިއްތިފާގުވީ ކޮމިޓީ ސިއްރުކޮށްގެން ގެންދިއުމަށެވެ.

ސްކޭމްރައްޔިތުންގެ މަޖިލިސްސަރުކާރު ހިއްސާވާ ކުންފުނިތައްބޭންކް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު