Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ފުޓުބޯޅަ ފެޑެރޭޝަން

އެފްއެފްއެފްގެ ރައީސްކަމުން ލީ ގްރައެޓް އިސްތިއުފާ ދެއްވައިފި

ލީ ގްރައެޓް އަށް ތުހުމަތު ކުރެވޭ މައްސަލަ މިވަގުތު އޮތީ ފްރާންސްގެ ޕްރޮސެކިއުޓް އޮފީހުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2023 | ބުދަ 02:37
ލީ ގަރައެޓް

ލީ ގަރައެޓް

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސްކަމުން ނޮއެލް ލީ ގްރައެޓް އިސްތިއުފާ ދެއްވައިފި އެވެ.

ލީ ގަރްއެޓް މަޤާމުން އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ވަނީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށް، އެކަމުގެ ތަހުގީގު ވެސް ފަށައިފަ އެވެ. ލީ ގްރައެޓް އަށް ތުހުމަތު ކުރެވޭ މައްސަލަ މިވަގުތު އޮތީ ފްރާންސްގެ ޕްރޮސެކިއުޓް އޮފީހުގަ އެވެ. ލީ ގްރައެޓް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެފްއެފްއެފްގެ ރައީސްކަން އަދާ ކުރަމުންނެވެ. އެކަމުގެ ތުހުމަތުގެ އިތުރުން، ފްރާންސްގެ ލެޖެންޑް ޒިނެދިން ޒިދާންއާ ގުޅުވައިގެން ލީ ގްރައެޓް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ އަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެކަމުގެ ސަބަބުން އެ ޤައުމުގެ ކުޅިވަރު ވުޒާރާގެ އިތުރުން އާންމުންގެ ޕްރެޝަރާ ހެދި އޭނާ ވަނީ މަގާމުގެ މަސްއޫލިއްތުތަކުން އެކަހެރިވެފަ އެވެ. އެއާއެކު ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން އަންނަނީ ފިލިޕޭ ޑިއާލޯ އެވެ. އެކަމުގެ ތެރެއިން އެފްއެފްއެފްގެ އިސް އޮފިޝަލުން ތަކެއް އޭރު ވަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.

ލީ ގްރައެޓްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންކާރުކޮށްފަ އެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން ލީ ގްރައެޓް

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2023

ލީ ގްރައެޓްގެ އިސްތިއުފާ އަށް އެފްއެފްއެފްގެ އޮފިޝަލުން ގޮވާލަން ފަށައިފި

11 ޖެނުއަރީ 2023
ލީ ގްރައެޓްގެ އިސްތިއުފާ އަށް އެފްއެފްއެފްގެ އޮފިޝަލުން ގޮވާލަން ފަށައިފި
10 ޖެނުއަރީ 2023

ޒިދާންއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ހޫނު ފެނަށް ވެއްޓި އެންމެ ފަހުން ލީ ގްރައެޓް މަޢާފަށް އެދިއްޖެ

10 ޖެނުއަރީ 2023
ޒިދާންއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ހޫނު ފެނަށް ވެއްޓި އެންމެ ފަހުން ލީ ގްރައެޓް މަޢާފަށް އެދިއްޖެ
21 ނޮވެމްބަރު 2017

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

21 ނޮވެމްބަރު 2017
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި
14 އޮކްޓޯބަރު 2017

ވޯލްޑްކަޕަށް ކޮލިފައިނުވުމުން އެމެރިކާ ކޯޗް އިސްތިއުފާދީފި

14 އޮކްޓޯބަރު 2017
ވޯލްޑްކަޕަށް ކޮލިފައިނުވުމުން އެމެރިކާ ކޯޗް އިސްތިއުފާދީފި
16 އޯގަސްޓު 2017

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

16 އޯގަސްޓު 2017
އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު