Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ފުޓުބޯޅަ ފެޑެރޭޝަން

ލީ ގްރައެޓްގެ އިސްތިއުފާ އަށް އެފްއެފްއެފްގެ އޮފިޝަލުން ގޮވާލަން ފަށައިފި

ލީ ގްރައެޓް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ އަށް އޮތް އިތުބާރާއި، އިޙުތިރާމް މިހާރު ވަނީ ގެއްލިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2023 | ބުދަ 02:55
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ލީ ގްރައެޓް ފީފާގެ ރައީސް އިންފަންޓީނޯއާއެކު

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ލީ ގްރައެޓް ފީފާގެ ރައީސް އިންފަންޓީނޯއާއެކު

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސްކަމުން ނޮއެލް ލީ ގްރައެޓް އިސްތިއުފާ ދިނުމަށް އެ ފެޑެރޭޝަންގެ ބައެއް އިސް އޮފިޝަލުން ގޮވާލަން ފަށައިފި އެވެ.

ލީ ގްރައެޓްގެ އިސްތިއުފާ އަށް ގޮވާލަން ފަށާފައިވަނީ ފްރާންސްގެ ލެޖެންޑް ޒިނެދިން ޒިދާންއާ ގުޅޭ ގޮތުން އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. އެ ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ވެސް ކިޔައިފަ އެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރާއި، ޤައުމީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ވެސް ހިމެނެ އެވެ. ޕްރެޝަރު ބޮޑުވުމުން ލީ ގްރައެޓް ވަނީ އޭނާ ދެއްކި ވާހަކަތަކަށް މައާފަށް ވެސް އެދިފަ އެވެ.

އެކަމާ ގުޅިގެން ނެޝަނަލް އެތިކްސް ކޮމެޓީން ވަނީ ލީ ގްރައެޓް އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. އެކަމާ ގުޅިގެން އެ ކޮމެޓީގައި ހިމެނޭ ޕެޓްރިކް އެންޓަން ބުނީ، ލީ ގްރައެޓް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ އަށް އޮތް އިތުބާރާއި، އިޙުތިރާމް މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި މިހާރު ލީ ގްރައެޓް ވަނީ ގޮތް ހުސްވެފައިވާ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އޭނާ އިސްތިއުފާ ދިނުން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދެން ބޭނުންވަނީ އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ވެރިން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެއީ ބަލަން ޖެހޭ ވަރުގެ މައްސަލައެއް ކަމަށާއި، ނަމަވެސް މިވަގުތު ކޮމެޓީ އަށް ވެސް ބުނެވޭނީ ލީ ގްރައެޓް މަގާމުން އެއް ފަރާތްވުމަށް ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެފްއެފްއެފްގެ އެކްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމެއް ބުދަ ދުވަހު ބާއްވާނެ އެވެ. ނަމަވެސް އޭގެ ކުރިން އެ ކޮމެޓީގެ ބަހެެއް މީޑިއާތަކަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ފްރާންސްފްރާންސް ފުޓުބޯޅަ ފެޑެރޭޝަން ލީ ގްރައެޓް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު