Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމީ ބަދަލުތައް

ވޭތުވެދިޔަ 50 އަހަރުގެ އެންމެ ރަނގަޅު ވަގުތު ހޭދަކުރެވުނީ ތެޔޮ އެންދުމަކީ ދުނިޔެ ހަލާކުވެދާނެކަމެއްގެ ގޮތުގައި ދެއްކުމުގައި - ނަޝީދު

27 ފެބުރުއަރީ 2023 | ހޯމަ 11:03

މޫސުމީ ބަދަލުތަކާއި މެދު ބައެއް ފަރާތްތަކުން ވިސްނަން ބޭނުން ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2023 | ހޯމަ 11:03
ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

ވޭތުވެދިޔަ 50 އަހަރުގެ އެންމެ ރަނގަޅު ވަގުތު ހޭދަކުރެވުނީ ތެޔޮ އެންދުމަކީ ދުނިޔެ ހަލާކުވެދާނެކަމެއްގެ ގޮތުގައި ދެއްކުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕްލޮމެސީގައި އޮތީ އެހެން ގައުމުތަކަށް ގަބޫލުކޮށްދީގެން ދުނިޔެ ހަލާކުކުރުން ހުއްޓާލުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

އަދި ހަމައެހެންމެ އެމީހުން މިހާރުވެސް ދީފައިވާ ގެއްލުމުގެ ފައިސާ ދެއްކުން ކަމަށާއި، ފެންނަ ފެނުމަށް ބަލާއިރު، އެއީ ފަސޭހަ މަސައްކަތެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިތާމައަކީ އެއީ އެހާ ސާދާ ކަމެއް ނޫން ކަމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އަޅުގަނޑުމެންގެ ތަނަވަސްކަން ގުޅިފައިވަނީ ތެޔޮ އަންދާ ފަނާކުރަނިވި ފަރާތާ ކަމަށވެ. އެއީ އަނެއްކާވެސް ދުނިޔެ ހޫނުވެ މޫސުމަށް ބަދަލުތަކެއް އަންނަ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ އެންމެ ރަނގަޅު ބައި ހޭދަކޮށްފައިވަނީ، ތެޔޮ އަންދާލުމަކީ، ދުނިޔެ ހަލާކުވެގެންދާ ކަމެއް ކަމަށް، މީހުންނަށް ގަބޫލުކޮށްދޭން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަން ހައްލުކުރަން ސައިންސްއިން އެކަން ހޯދަން ޖެހޭ ކަމަށެވެ. ޝައްކެއްވެސް ނެތްގޮތުގައި ކަންކަން ސާބިތުކޮށްދޭންޖެހޭ ކަމަށެވެ. ގްރީން ހައުސް ގޭސްތަކުގެ ސަބަބުން މޫސުމަށް ބަދަލުތައް އަންނަކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޝައްކުވެރިންނަށް ސައިންސާ މެދު ޝައްކު ކުރަންވީ ސަބަބެއް އޮބައޮތް ކަމަށެވެ. އަނެއް ބަޔަކު ތިބީ ތެޔޮ އަންދާ ކުންފުނިތަކުން އެތައް މިލިއަން ޑޮލަރަކުން ފައިސާ ހޯދައިގެން ސައިންސް އިންކާރު ކުރުމުގެ ބޮޑު ޕްރޮޕެޖެންޑާ ކެމްޕޭނެއްގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގިނަ ވަގުތު ހޭދަކުރަނީ ކްލައިމެޓް ޗޭންޖާއި ބީރައްޓެހިންނާ ބަހުސްކުރުމުގައި ކަމަށެވެ. އެހެންނަމަވެސް، އެންމެ އުނދަގޫ އަދި ކަންބޮޑުވާ ކަމަކީ، ބުއްދިވެރި އަދި ވިސްނުންތޫނު މީހުންނާ ދިމާވާއިރު، އަދިވެސް ސައިންސް ގަބޫލުކުރަން ދެކޮޅު ހެދުން ކަމަށެވެ. ބަދަލުތަކާ ދެކޮޅު އެހެން ބައެއް މީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަސާސީ ގޮތުން ބަދަލުކުރަން ޖެހޭނެ ކަމަށް ބިރުގަންނަ މީހުންގެ ފަރާތުންނެވެ.

ކްލައިމެޓް ޗޭންޖްކުރީގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް