Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތުގެ މާހަލުގެ ސަލާމަތާއި ރައްކާތެރިކަން

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލު އަވަސްކޮށްދިނުމަށް ޓްރޭޑް ޔޫނިއަނުން ގޮވާލައިފި

ބިލަށް މާބޮޑު ބަދަލެއް ނުގެނެސް މަސައްކަތްތެރިންނާ މަޝްވަރާ ކުރުމަށް ވަނީ އެދިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2023 | ހުކުރު 07:11
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަސައްކަތުގެ މާހައުލުގެ ރައްކާތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ވީހާވެސް އަވަސްކޮށްދިނުމށް މޯލްޑީވްސް ޓްރޭޑޤ ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ގޮވާލައިފިއެވެ.

އެމްޓީޔޫސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުން މަރުހަބާ ކިޔައިފައެވެ. އަދި މިއީ ވަރަށް މުހިންމު ބިލެއްކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

އެ ޖަމިއްޔާގެ ބަޔާނުގައި ބުނީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަކީ ކޮންމެ މަސައްކަތްތެރިއަކަށްވެސް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ޙައްގަކަށްވެފައި، ޤާނޫނީ އޮނިގަނޑުގައި އެކަށީގެންވާ މިިންވަރަށް އެކަން ބަޔާންވެފައި ނެތުމާއި ތަންފީޒު ނުވުމުގެ ސަބަބުން މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. އެގޮތުން، އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގައި، މަސައްކަތްތެރިންގެ ފުރާނަ ގެއްލުން ފަދަ ހާދިސާތައް ހިނގާއިރު އެ ފަދަ ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބަދަލު ހޯދައިނުދެވޭތީ ގާނޫނީ ގޮތުން ރައްކާތެރިކަން ހޯދައިދިނުން ގޮންޖެހުން ބޮޑު ކަމަށެވެ.

މިހާރުވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ހިތާމަވެރި ހާދިސާތައް ހިނގަމުންދާއިރު ޤާނޫނީ ރައްކާތެރިކަމެއް ނެތުމުގެ މސަބަބުން މަސައްކަތްތެރިން އެތައް ޙައްގަކުން މަހުރޫމުވެފައިވާ ކަމަށް ވެސް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާ ރައްކާތެރި ކަމަކީ އައިއެލްއޯގެ އަސާސީ އެއް ޕްރިންސިޕަލް ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މަސައްކަތްތެރިންގެ ސަލަމަތާ ރައްކާތެރި ކަމަށްޓަކައި ސަރުކާރުން މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާތީ އެ ޖަމިއްޔާއިން ސަރުކާރަށް ޝުކުރު އަދާ ކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިލަށް މާބޮޑު ބަދަލުތަކެއް ނުގެނެސް މަސައްކަތްތެރީންގެ މަޝްވަރާއާއެކު އެ ބިލު ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ.

މަސައްކަތުގެ މާހައުލުގެ ރައްކަތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުއެވެ. މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، އަހްމަދު އަބްދުﷲ އެވެ.

މި ބިލުގައި މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް މައްސަލަ ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމު ކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރިތަނެއްކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުމާއި، މަސައްކަތުގެ މާހައުލުން ދިމާވެދާނެ ބަލިތައް ކަނޑައަޅާ، އެފަދަ ބަލިތަކާއި އެ ނޫން ވެސް މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން އެފަދަ ފަރާތްތައް ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

އަދި ސިއްހަތާއި ސަލާމަތާއި ގުޅޭ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެސް މި ބިލުގައި ހިިމަނާފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސައްކަތްތެރިންގެ ހިނގާލުން ފުލުހުން ސިފަކުރީ މުޒާހަރާއެއްގެ ގޮތުގައި

މަސައްކަތްތެރިންގެ ހިނގާލުން ފުލުހުން ސިފަކުރީ މުޒާހަރާއެއްގެ ގޮތުގައި

01 މެއި 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު