Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސައްކަތްތެރިންގެ ހިނގާލުން

މަސައްކަތްތެރިންގެ ހިނގާލުން ފުލުހުން ސިފަކުރީ މުޒާހަރާއެއްގެ ގޮތުގައި

1 މެއި 2025 | ބުރާސްފަތި 17:31

މަސައްކަތްތެރިންގެ ހިނގާލުން އުސްފަސްގަނޑަށް ރޫޓް ބަދަލުކޮށް ހިނގާލުން ނިންމާލުމަށް އަންގަމުން ދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 މެއި 2025 | ބުރާސްފަތި 17:31
މަސައްކަތްތެރިންގެ ހިނގާލުމަށް އަމީނީ މަގު ދަރުބާރުގެ ކައިރިން ފުލުހުން ހުރަސްއަޅަނީ

މަސައްކަތްތެރިންގެ ހިނގާލުމަށް އަމީނީ މަގު ދަރުބާރުގެ ކައިރިން ފުލުހުން ހުރަސްއަޅަނީ

މަސައްކަތްތެރިންގެ ދުވަހު މަސައްކަތްތެރިން ބޭއްވި ހިނގާލުމަކީ މުޒާހަރާއެއްކަމަށް ފުލުހުން ސިފަކޮށްފިއެވެ.

މެއި 1 ވަނަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހު، ކޮންމެ އަހަރަކު ރާއްޖޭގައި އަންނަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ ހިނގާލުމެއް ބާއްވަމުންނެވެ. ވޭތުވެދިޔަ 14 އަހަރު ވެސް މި ހިނގާލުން ބާއްވާފައިވެއެވެ. އަދި މި ހިނގާލުމުގައި އެކި ސެކްޓަރތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ބޯޑުތައް ހިފައިގެން ބައިވެރިވިއެވެ.

Advertisement - newsAdvertisement

ނަމަވެސް މި ފަހަރު ބޭއްވުނު ހިނގާލުމަކީ މި ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފުލުހުން ހުރަސްއެޅި ފަހަރެވެ.

ފުލުހުންނާއެކު މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްއިން ބޭއްވި ބައްދަލުވުމަށްފަހު ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވަނީ 30 އެޕްރީލްގައި ބޭއްވުނު ބައްދަލުވުމުގައި ހިނގާލުން ކުރިއަށް ގެންދިއުމަށް ދެފަރާތުން ކުރެވުނު މަޝްވަރާއާއި އެއްގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ގާނޫނާއި ގަވާއިދުތަކާއި ހިލާފުނުވާނޭހެން މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި، އާންމު ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ޝުއޫރު ފާޅުކުރުމާއި މެދު ފުލުހުންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

އަދި ހިނގާލުން ކުރިއަށްދާ ވަގުތު އެއްވެސް ތަނެއްގައި މަޑުނުކޮށް ކުރިއަށް ގެންދިއުމަށާއި، އަދި ހިނގާލުން ކުރިއަށްދާ ވަގުތު ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ހިލާފުނުވެ ކުރިއަށް ގެންދިމަށް ދަންނަވާ ކަމަށެވެ. އަދި އެދިފައިވާ ގޮތަށް ހިނގާލުން ކުރިއަށްދާ އިރު ފުލުހުންގެ ފަރާތުން ސެކިއުރިޓީ ވެސް ހަމަޖައްސައިދޭނެކަމަށެވެ.

ހުއްދަ ދީފައި އޮތީ ރަސްފަންނުން ފެށިގެން މަޖީދީމަގުން ގޮސް އާޓިފިޝިއަލް ބީޗަށް ހިނގާލުން ނިންމާލުމަށެވެ.

ނަމަވެސް ހިނގާލުން ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުޑައިރުކޮޅެއްކުރިން 4:05 ގައި ފުލުހުން ވަނީ ރޫޓް ބަދަލުކޮށް އަމީނީ މަގުން ދިއުމަށް އެންގިއެވެ.

އެކަން އަންގައި ފުލުހުން ފޮނުވި ސިޓީގައި ވަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ފަރާތުން 30 އެޕްރީލްގައި ހުށަހަޅާފައިވާ ސިޓީއާއި ގުޅުން އެ އިދާރާއިން ހިއްސާކޮށްފައިވާ ހިނގާލުން ކުރިއަށް ގެންދިއުމަށް ހުއްދަ ދެވިފައިވާ މަގު ޗާޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މަޖީދީ މަގުން ނުދެވޭނެކަން އަންގައި ބެރިޖޭޑްޖަހައި މަގު ބަންދުކޮށްފައެވެ. އަދި އިތުރު ފުލުހުން ގެނެސް ހިނގާލުމުގެ ބައިވެރިން ކުރިއަށްދިޔަ ނުދީ ހުއްޓުވިއެވެ. ފުލުހުންގެ އިންޒާރުދޭ ވެހިކަލްގައި ހިނގާލުމުގެ ބައިވެރިންނަށް އަންގަމުން ދިޔައީ މަޖީދީ މަގުން މުޒާހަރާ ކުރިއަށް ނުގެންދެވޭނެކަމަށާއި، އާންމު ދަތުރު ފަތުރަށް ބުރާ އަރާތީ އަމީނީ މަގުން ދިއުމަށެވެ.

ތަކުރާރުކޮށް ފުލުހުން އިންޒާރު ދެމުން ދިޔައިރު ބުނަމުން ދިޔައީ މުޒާހަރާއެއް ކަމަށެވެ. އަދި އަމީނީ މަގުން ހިނގާލުމުގެ ބައިވެރިން ގޮސް ސްޓެލްކޯ ކައިރިން ދޮންއާދަރާދަ ހިނގުމުން ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިން ހުއްޓުވާ އެއީ މުޒާހަރާއެއްކަމަށް ބުނެ ބޭރުމަގަށް ދިއުމަށް އަންގާފައެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ކުރިއަށްދިއުމުން އަނެއްކާވެސް ދަރުބާރުގެ ހުޅަނގަށް އޮންނަ މަގާ ހިސާބުން އަމީނީ މަގު ބަންދުކޮށް މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެކަމަށް ބުނެ 3 ވަނަ ފަހަރަށް މަސައްކަތްތެރިންގެ ހިނގާލުމަށް ފުލުހުން ހުރަސްއެޅިއެވެ.

ފުލުހުން ފަހުން ފޮނުވި ސިޓީގައި 30 އެޕްރީލްގައި ޔޫނިއަންއާއި ފުލުހުންނާއި މަޝްވަރާކޮށް، އެއްބަސްވި ގޮތަށް ހިނގާލުން ނިންމަންޖެހޭ ތަންވެސް ފުލުހުން އޮތީ ބަދަލުކޮށްފައެވެ. އެގޮތުން އުސްފަސްގަނޑަށް ހިނގާލުން ނިންމާލުމަށް ފުލުހުން ދިޔައީ އިންޒާރުދެމުންނެވެ. އަދި ތަކުރާރުކޮށް ދިޔައީ މުޒާހަރާއެއްކަމަށް އަޑުގަދަކުރާއިން ގޮވަމުންނެވެ.

މަސައްކަތްތެރިންޕޮލިސްމޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްމާލެ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް