Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލްމާން ރުޝްދީ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

22 ފެބުރުއަރީ 2023 | ބުދަ 02:24

ސަލްމާން ރުޝްދީއަކީ މަރާލަންޖެހޭ މީހެއްކަމަށް ބުނެ 1989ގައި ޚުމައިނީ ވަނީ ފަތުވާއެއް ނެރެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 ފެބުރުއަރީ 2023 | ބުދަ 02:24
ސަލްމާން ރުޝްދީ

ސަލްމާން ރުޝްދީ

ސަލްމާން ރުޝްދީ އަށް މިދިޔަ އަހަރު ހަމަލާދިން މީހާއަށް އިނާމެއްގެ ގޮތުން 1،000 އަކަމީޓަރުގެ ދަނޑުވެރި ބިމެއް ދޭން ގަސްތުކުރާކަން އީރާންގެ ފައުންޑޭޝަނަކުން އިއުލާނުކޮށްފިއެވެ.

ކީރިތި ރަސޫލާ (صلى الله عليه وسلم) އަށާއި އިސްލާމް ދީނަށް އިހާނެތިކޮށް ބަސްބުނެ ފޮތް ލިޔުމުގެ ސަބަބުން މުސްލިމުންގެ ނަފްރަތު އަމާޒުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް ހަމަލާދީފައިވަނީ އެމެރިކާގެ ޝަޓޯކުވާ އިންސްޓިޓިއުޝަނުގައި ލެކްޗަރެއް ދިނުމަށް ގޮސް ހުއްޓައެވެ. އޭނާ ސްޓޭޖަށް އަރަން ދިޔަ ވަގުތު މީހަކު ފަހަތުން ގޮސް ދިން ހަމަލާގެ ސަބަބުން އޭނާގެ އެއް ލޯ އަނދިރިވެ، އެއް އަތް ވެސް ވަނީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިރާންގެ އޭރުގެ ރޫހާނީ ލީޑަރު، އިމާމް ޚުމޭނީގެ ފަތުވާ އާންމުކުރުމަށް އުފައްދާފައިވާ ފައުންޑޭޝަންގެ ސެކްރެޓަރީ މުހައްމަދު އިސްމާއިލް ޒަރޭ ޓެލެގްރާމް ޗެނެލް މެދުވެރިކޮށް ބުނެފައިވާ ގޮތުގައި ރުޝްދީ އަށް އެހަމަލާ ދިން އެމެރިކާގެ ޒުވާނާއަށް ހުރިހާ މުސްލިމުން ޝުކުރުވެރިވާ ކަމަށާއި އަދި ތިބީ އުފަލުން ކަމަށް ބުނެފައި ވެއެވެ. ރުޝްދީ އަކީ މިއަދު ދިރިހުއްޓަސް މަރުވެފައިވާ މީހެއް ކަމަށާއި، އޭނާއަށް ހަމަލާ ދިން ޒުވާނާއަށް ނުވަތަ ގާނޫނީ ގޮތުން އޭނާގެ ބަދަލުގައި ފޮނުވާ ފަރާތަކަށް ދަނދުވެރިކަން ކުރަން ބޭނުން ކުރާ އެއްހާސް އަކަމީޓަރުގެ ބިމެއް ދޭން ނިންމާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ސަލްމާން ރުޝްދީ އަށް ހަމަލާދިނީ އޭނާ އިސްލާމް ދީނަށް އިހާނެތިކޮށް ބަސްބުނެ 1988 ގައި ލިޔުނު ފޮތް "ދަ ސެޓަނިކް ވަރސަސް" ނެރުނުތާ 33 އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.  

ސަލްމާން ރުޝްދީއަކީ މަރާލަންޖެހޭ މީހެއްކަމަށް ބުނެ 1989 ގައި ޚުމައިނީ ވަނީ ފަތުވާއެއް ނެރެފައެވެ. މިހާތަނަށް ވެސް އިރާނުން އެ ފަތުވާ ބާތިލުކޮށްފައެއް ނުވެއެވެ.

1988 ވަނަ އަހަރު އޭނާ ލިޔުނު ލިޔުނު ފޮތްގެ ސަބަބުން ފާއިތުވި އަހަރުތަކުގައި އޭނާއަށް އައީ މުސްލިމުންގެ ފަރާތުން މަރުގެ އިންޒާރުތައް ލިބެމުންނެވެ. އެއާއެކު މި ހުރިހާ އަހަރު އޭނާ އުޅެމުންއައީ ފިލައިގެންނެވެ. އޭނާ ނުވަ އަހަރުވަންދެން އިނގިރޭސި އެމްބަސީ އިން އެއްގޮތަކަށް ވެސް ނުނިކުމެ ހުރެފައިވެއެވެ.  

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ތާރީޚީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ރަޝިއާ އަށް ވަޑައިގަންނަވަނީ

04 އޮކްޓޯބަރު 2017
ތާރީޚީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ރަޝިއާ އަށް ވަޑައިގަންނަވަނީ
31 އޯގަސްޓު 2017

މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި

31 އޯގަސްޓު 2017
މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި
17 އޯގަސްޓު 2017

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017
ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި
19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
07 ޖޫން 2017

ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް ގޮވާލެއްވުމަށް ރަސްގެފާނު ސަލްމާން އަރިހުން ރައީސް ޓްރަމްޕް އެދިވަޑައިގެންފި

07 ޖޫން 2017
ގަލްފު ސަރަހައްދުގެ އެއްބައިވަންތަ ކަމަށް ގޮވާލެއްވުމަށް ރަސްގެފާނު ސަލްމާން އަރިހުން ރައީސް ޓްރަމްޕް އެދިވަޑައިގެންފި
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
30 މެއި 2017

މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި

30 މެއި 2017
މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް