Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

މިދިޔަ ހަފްތާއާ ހަމައަށް ޗެމްޕިއަންސް ލީގު ފައިނަލް ނުބަލަން، އެއީ އަނިޔާއެއް: ކްލޮޕް

21 ފެބުރުއަރީ 2023 | އަންގާރަ 02:48

އޭނާ ބުނީ ރެއާލަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، ޔަޤީނުން ވެސް އެއީ އެންމެ ކާމިޔާބު ކުލަބު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2023 | އަންގާރަ 02:48
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ކްލޮޕް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ކްލޮޕް

މިދިޔަ ހަފްތާއާ ހަމައަށް އެންމެ ފަހުން ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަލުން ބަލާފައި ނުވާނެ ކަމަށާއި، އެ ތަޖުރިބާ އަކީ އަނިޔާއެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ދެ ޓީމު، މި ސީޒަންގައި ކުރިމަތިލާން ޖެހެނީ ގަދަ 16 ގައެވެ. ފުރަތަމަ ލެގު އޮތީ ލިވަޕޫލްގެ އެންފީލްޑުގަ އެވެ.

ކްލޮޕް ބުނީ ތެދަށް ބުނާނަަމަ ރެއާލާއެކު އެމީހުންނަށް ތަފާތު ކަންތައްތަކާ ދިމާވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ޖަރުމަނު ލީގުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދިން އިރު ވެސް ރެއާލްގެ ވާހަކައެއް އޮންނާނެ ކަމަށެވެ. އޭނާ ބުނީ ރެއާލަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، ޔަޤީނުން ވެސް އެއީ އެންމެ ކާމިޔާބު ކުލަބު ކަމަށެވެ. އަދި ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި ވަނީ ވަރަށް ގިނައިން ކަމަށާއި، އެމީހުންގެ ތަޖުރިބާ ވެސް އެހާ ބޮޑުވާނެ ކަމަށެވެ. ކްލޮޕް ބުނީ އެންމެ ފަހުން އެ ޓީމު ކުޅުނީ މިދިޔަ ސީޒަންގެ ފައިނަލްގައި ޕެރިހުގައި ކަމަށެވެ. އޭގެ ފަހުން މިދިޔަ ހަފްތާއާ ހަމައަށް އެ މެޗު އަލުން ބަލާފައި ނުވާނެ ކަމަށާއި، އޭނާ އެކަން ނުކުރީ ކީއްވެގެންކަން އެނގޭ ކަމަށެވެ.

ކްލޮޕް ބުނީ ރެއާލާ ދެކޮޅަށް ކުޅޭ މެޗު ވާނީ މަތީ ފަންތީގެ ފުޓުބޯޅަ މެޗަކަށް ކަމަށާއި، މިހާރު އެ މެޗު ކުޅެން ޖެހޭތީ އޭނާ އުފާވާ ކަމަށެވެ. އަދި މީގެ ހަތަރު ހަފްތާއެއްހާ ދުވަސް ކުރިން ނަމަ، އެއީ އެންމެ ރަނގަޅު ވަގުތަށް ނުވެދާނެ ކަމަށެވެ. ނަމަވެސް ވަގުތާއި ހާލަތަކީ އެންމެ މުހިންމު ކަންތައް ކަމަށް ފާހަގަކޮށް ކްލޮޕް ބުނީ، މިހާރު މިއީ އެ މެޗު ކުޅެން އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އަދި ލިވަޕޫލް އިން ވަރަށް މޮޅު ދެ މެޗު ކުޅެން ޖެހޭނެ ކަމަށާއި އެންމެ ރަނގަޅަށް ނުކުޅެފި ނަމަ ފުރުސަތު ނުލިބޭނެ ކަމަށެވެ. ހަމައެއާއެކު ރެއާލުން އެންމެ މޮޅު ކުޅުމެއް ނުދެއްކި ނަމަވެސް، އެމީހުންނަށް ފުރުސަތު އޮންނާނެކަން ފާހަގަކޮށް ކްލޮޕް ބުނީ، އެކަމުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. ކްލޮޕް ހުރީ ރެއާލާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ކެތްމަދުވެފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި އެ ޓީމުން ރެއާލާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް