Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަރިކަ ދިރުވުން

ތަރިކަ ދިރުވަން ރަނގަޅީ ރެސްޓޯރަންޓެއްތަ؟ ނޫނީ ދާރުލްއާސާރެއްތަ؟

20 ފެބުރުއަރީ 2023 | ހޯމަ 10:53

ރެސްޓޯރަންޓެއް ހުޅުވަން ހަސޫން ނިންމި އެންމެ ބޮޑު އެއް މަގުސަދަކީ، އިހުގެ މީހުން އުޅުނު ގޮތާއި އެމީހުން ބޭނުން ކުރި އާލާތްތައް ދައްކާލައިގެން ފަތުރުވެރިންގެ ސަމާލުކަން ދަމައިގަތުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ފެބުރުއަރީ 2023 | ހޯމަ 10:53
ދާރުލްއާސާރެއްގެ ގޮތަށް ފަރުމާކޮށްފައިވާ ރެސްޓޯރެންޓުގެ ވެރިޔާ

ދާރުލްއާސާރެއްގެ ގޮތަށް ފަރުމާކޮށްފައިވާ ރެސްޓޯރެންޓުގެ ވެރިޔާ

އަމިއްލަވަންތަކަމާއި ގައުމިއްޔަތުގެ ތަރިކައަކީ އޭގެ ހަގީގީ އަގު އެއްވެސް މީހަކަށް އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރެވޭ ކަންތައްތަކެއް ނޫނެވެ. އެކި މީހުންނަށް އެކަމުގައި އޮންނާނީ އެކި އަގެވެ. ބައެއް މީހުންނަށް އެއީ ހުރިހާވެސް އެއްޗެކެވެ. އަނެއް ބަޔަކު އެފަދަ ކަންކަން ދޫކޮށްލަނީ ބޮޑު ވަރިހަމައިގައެވެ. ކަން މިހެން އޮތް ނަމަވެސް، ތާރީޚާއި ތަރިކަ ދިރުވައި އާލާކުރަން މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އަދަދުވެސް މަދޭ ދެންނެވޭކަށް ނެތެވެ. އިރާގުގެ ބަސްރާގައި ވަރަށް އާންމު، އެހެން ނަމަވެސް ހަމަ އެހާމެ ތަފާތު ގޮތަކަށް މިކަން ކުރަމުން އަންނަ އެކަކީ ސާދިގު ހަސޫންއެވެ.

ހަސޫންއަކީ "މުތުހަފް އަލްހަސޫން" ނުވަތަ "ހަސޫން ދާރުލްއާސާރު"ގެ ނަން ދީފައިވާ ރެސްޓޯރަންޓްގެ އޯނަރެވެ. މި ރެސްޓޯރަންޓަކީ އާންމުކޮށް ފެންނަ ރެސްޓޯރަންޓްތަކާ ތަފާތު ތަނެކެވެ. ތަރިކައިގެ ގޮތުގައި ބެލިދާނެ އެތައް ސަތޭކަ އައިޓަމެއް މި ރެސްޓޯރަންޓްގެ ތެރޭގައި އެބަހުއްޓެވެ. ފާރުތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހިތްގައިމު އެތައް ކުރެހުމަކުންނެވެ. އެއްޗެއް ކާލަން މި ރެސްޓޯރަންޓަށް ވަންނަ މީހަކަށް، ހަގީގަތުގައި އެ ވަދެވެނީ ދާރުލްއާސާރަކަށެވެ. ކުރެވޭނީ ސަގާފީ ރޫހު އެކުލެވޭ ތަޖުރިބާއެކެވެ.

ދާރުލްއާސާރެއްގެ ރަހަތައްވެސް އެކުލެވޭ ގޮތަށް ރެސްޓޯރަންޓެއް ހުޅުވަން ހަސޫން ނިންމި އެންމެ ބޮޑު އެއް މަގުސަދަކީ، އިހުގެ މީހުން އުޅުނު ގޮތާއި އެމީހުން ބޭނުންކުރި އާލާތްތައް ދައްކާލައިގެން ފަތުރުވެރިންގެ ސަމާލުކަން ދަމައިގަތުމެވެ.

ބަސްރާއަކީ އަރަބި ތާރީޚުގެ މުއްސަނދިކަން އަދިވެސް ފެންނަން އޮތް، ގަދީމީ ސިޓީއެކެވެ. އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގެ އިމާރާތްތައް އެ ސިޓީގައި އެބަހުއްޓެވެ. ލަކުޑީގައި އެކި ކަހަލަ ކުރެހުންތައް ކަނޑައި ނަގާފައިވާ ބެލްކަނިތަކާއި ކުޑަދޮރާއި ސީލިންގތަކުން ހިތްގައިމުކަން ގެނުވައެވެ. ހަސޫންގެ ދާރުލްއާސާރު ރެސްޓޯރަންޓަކީވެސް ހަމަ އެފަދަ ތަނެކެވެ. އެތަން އޭނާ ފަރުމާކުރީ، މީގެ އެތައް ޒަމާނެއް ކުރިންވެސް އެތަން ހަމަ ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ.

"މުތުހަފް އަލްހަސޫން"އިން ލިބޭ ކެއުންތަކީ، އިރެއްގައި ބަސްރާގެ ފަޚްރު ކަމުގައިވި ކޭންތަކަށް ޚާއްސަ ތަކެއްޗެވެ. ރެސްޓޯރަންޓަށް ޒިޔާރަތްކުރާ މީހުންނަށް ކިތަންމެހާވެސް ރަނގަޅަކަށް އެ އިހުސާސް ކުރެވެއެވެ.

ދާރުލްއާސާރެއްގެ ގޮތުގައި "މުތުހަފް އަލްހަސޫން" ހުޅުވީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. އިތުރަށް ފުޅާ ކުރަމުން ގޮސް، ރެސްޓޯރަންޓްގެ ބައި ތައާރަފުކުރީ އަހަރެއްހާ ދުވަސް ފަހުންނެވެ.

"މެދުއިރުމަތީގެ ވެނިސް"ގެ ވަނަމުން ނަން ދީފައިވާ ބަސްރާއަކީ، 1980ގެ އަހަރުތަކުގެ ކުރިއާ ޖެހެންދެން، މެދުއިރުމައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިން، ދަގަތްފާނަށް ދަގަނޑު ދަމާ އުސޫލުން ޒިޔާރަތްކުރަމުން ދިޔަ، ފަތުރުވެރި ސިޓީއެކެވެ. ނަމަވެސް، ހަނގުރާމައާއި ކުރިމަތިލުންތަކުގެ އިތުރުން، އެކި ކަހަލަ ގަޑުބަޑުތަކާއެކު އިރާގާމެދު މީހުންގެ ހިތުގައި ބިރުވެރިކަން އުފެދި، ފަތުރުވެރިކަން ހީނަރުވިއެވެ. ނަމަވެސް މިއަދު ވަނީ ހުރިހާ ކަމެއް މަޑުމަޑުން ހަމައަކަށް އެޅެން ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 އެޕްރީލު 2023

ނުލިބި އޮތް ލޯބި ހޯދައިދިން "އަންހެނުންގެ ބިން": އަޒުމާއި އަމާޒުގެ ތަރިކައެއް

16 އެޕްރީލު 2023
ނުލިބި އޮތް ލޯބި ހޯދައިދިން "އަންހެނުންގެ ބިން": އަޒުމާއި އަމާޒުގެ ތަރިކައެއް
27 ޖެނުއަރީ 2023

ޒަމާންވީ، މުސްކުޅި ތަރިކައެއް... އެކަމަކު އާ އެއްޗެއް!

27 ޖެނުއަރީ 2023
ޒަމާންވީ، މުސްކުޅި ތަރިކައެއް... އެކަމަކު އާ އެއްޗެއް!
17 ޖެނުއަރީ 2023

ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް

17 ޖެނުއަރީ 2023
ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް
14 ޖެނުއަރީ 2023

ޚަބަރު ކިއާނީ ފޯނުންތަ، ނޫނީ ޗާޕު ނޫހަކުންތަ؟

14 ޖެނުއަރީ 2023
ޚަބަރު ކިއާނީ ފޯނުންތަ، ނޫނީ ޗާޕު ނޫހަކުންތަ؟
12 އޮކްޓޯބަރު 2022

ބިމުއަޑީގައި ވަޅުލައިގެން ނޫނީ ނުކެއްކޭ މަންދިގެ ވާހަކަ އަޑު އެހިންތަ؟

12 އޮކްޓޯބަރު 2022
ބިމުއަޑީގައި ވަޅުލައިގެން ނޫނީ ނުކެއްކޭ މަންދިގެ ވާހަކަ އަޑު އެހިންތަ؟
28 ސެޕްޓެމްބަރު 2022

ތަރިކަ ދެމެހެއްޓުމަށް އަމިއްލަ ޖީބު ހުސްކޮށްލުމުގައި ލާމަސީލު ހައްލާކު

28 ސެޕްޓެމްބަރު 2022
ތަރިކަ ދެމެހެއްޓުމަށް އަމިއްލަ ޖީބު ހުސްކޮށްލުމުގައި ލާމަސީލު ހައްލާކު
02 ސެޕްޓެމްބަރު 2022

ޔަހޫދީ އިޒްރޭލުގެ ޣައިރު ޤާނޫނީ އާބާދު ފަލްސަފާއާ ދެކޮޅަށް ފަލަސްތީނުގެ ފަންނުވެރި އިހުތިޖާޖު

02 ސެޕްޓެމްބަރު 2022
ޔަހޫދީ އިޒްރޭލުގެ ޣައިރު ޤާނޫނީ އާބާދު ފަލްސަފާއާ ދެކޮޅަށް ފަލަސްތީނުގެ ފަންނުވެރި އިހުތިޖާޖު
31 ޖެނުއަރީ 2019

ސްކްރީން ޓެސްޓުން ފާސްވުމުން ނޫނީ ދަރިފުޅަށް ފިލްމެއް ނުކުޅެވޭނެ: އާމިރު

31 ޖެނުއަރީ 2019
ސްކްރީން ޓެސްޓުން ފާސްވުމުން ނޫނީ ދަރިފުޅަށް ފިލްމެއް ނުކުޅެވޭނެ: އާމިރު
18 ޖެނުއަރީ 2018

އުމުރުގައި އެއްވެސް ކުޅިވަރެއް ހޮކީ ނޫނީ ނުކުޅެން: ދިޖިލްތު ދޯސަންޖް

18 ޖެނުއަރީ 2018
އުމުރުގައި އެއްވެސް ކުޅިވަރެއް ހޮކީ ނޫނީ ނުކުޅެން: ދިޖިލްތު ދޯސަންޖް
14 ޑިސެމްބަރު 2017

ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟

14 ޑިސެމްބަރު 2017
ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް