Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު ޞޯބިރާ ވަހީދު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

18 ފެބުރުއަރީ 2023 | ހޮނިހިރު 13:19

އަބަދުވެސް ވަޒީފާ އަދާކުރީ އިހްލާސްތެރިކަމާއެކު މިއަދު އެކަމުގެ ފޮނި ނަތީޖާ ފެނިއްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ފެބުރުއަރީ 2023 | ހޮނިހިރު 13:19
ސޯބިރާ

ސޯބިރާ

1964 ވަނަ އަހަރު ޞޯބިރާ ވަހީދު ވަޒީފާ އަދާކުރައްވަން ފެއްޓެވީ އެހާ ދިގު މުއްދަތަކަށް ވަޒީފާގައި ދެމި ހުންނަވާނެ ކަމުގެ އުންމީދުގައެއް ނޫނެވެ. އެހެންނަމަވެސް މިހާރު އުމުރުން 78 އަހަރުގެ ޞޯބިރާ ވަނީ 51 އަހަރާއި 8 މަސް ދުވަސް ދައުލަތަށް ޚިދުމަތްކުރައްވާފައެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޞޯބިރާ އަށް ޝަރަފުގެ ބެޖާއި އައްޑަނަ ވެސް އަރުވާފައެވެ. މި ޖަލްސާގައި ރައީސް ވަނީ އެހާ ދިގުމުއްދަތެއްގައި އަންހެން ބޭފުޅަކު ޙިދުމަތުގައި ދެމި ހުންނެވުމުން އެކަން ފާހަގަކުރައްވާ އެއީ ޞޯބިރާ ދެއްކެވި މިސާލެއް ކަމަށް ވިދާޅުވެފައެވެ.

އުމުރުން 23 އަހަރުގައި ވަޒީފާ އަދާ ކުރަން ފެއްޓެވި ޞޯބިރާ އެންމެ ފުރަތަމަ ވަޒީފާގައި އަދާކުރެއްވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާ ރާއްޖޭގެ އެކި ކޯޓުތަކުގައެވެ. އެއަށްފަހު އެމްޑަބްލިޔުއެސްސީއާ ގުޅުނެވެ. އެތަނުގައި ވެސް 23 އަހަރު ޚިދުމަތް ކުރެއްވިއެވެ. ކާތިބުކަމުން ފެށިގެން ގޮސް ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓުގެ މަޤާމު ވެސް އަދާކުރެއްވިއެވެ. އެތަނުގައި މަސައްކަތްކުރެއްވިއިރު އެންމެ ބޮޑަށް ހިތްވަރު ދެއްވާ ޞޯބިރާ އަށް އެހީތެރިވެދެއްވީ ޖެނެރަލް މެނޭޖަރު މުހައްމަދު ދީދީ އާއި މާކެޓިންގ މެނޭޖަރު މުހައްމަދު ރަޝީދުގެ އިތުރުން އެޑްމިން މެނޭޖަރު މުހައްމަދު ޝާފިއުއެވެ.

އެމްޑަބްލިޔުއެސްސީ ގައި މަސައްކަތް ކުރެއްވީ އެންމެންނާއި ގުޅިގެންކަން ފާހަގަކުރައްވައި ޞޯބިރާ ވިދާޅުވީ ތަފާތު މިޒާޖުގެ މީހުންނާއެކު މަސައްކަތް ކުރެވޭނީ ވަރަށް ކެތްތެރިވެގެން ކަމަށެވެ. އަދި އަބަދުވެސް މަސައްކަތަކު ބުނެފިނަމަ އެއީ ވަކި މީހެއް ކުރަންޖެހޭ ކަމެއްތޯ ނުބައްލަވާ، މަސައްކަތް ކުރާ ހިތުން މަސައްކަތަށް ތައްޔާރަށް ހުންނަވާ ކަމަށެވެ. އެމްޑަބްލިޔުއެސްސީން ވެސް ވަނީ އެ ކުންފުންޏަށް 15 އަހަރު ޚިދުމަތް ކޮށްދިނުމުން ޞޯބިރާ އަށް ހަނދާނީ ފިލައެއް ވެސް ދީފައެވެ. ފެން ޕްލާންޓް ގޮވި ދުވަހަކީ ހަނދާނުން ފޮހެލަން ދަތި ދުވަހެއް ކަމަށާއި އެއީ ވަރަށް ހިތްދަތި ދުވަހެއް ކަމަށް ޞޯބިރާ ވިދާޅުވިއެވެ.

މަސައްކަތުގައި ހޭދަކުރރެއްވި 51 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ކޮންމެ ފަދަ ކަމެއް ދިމާވި ނަމަވެސް ޞޯބިރާ ސަލާމެއް ނުބުނުއްވައެވެ. ގަޑިއެއް ނުޖެހެއެވެ.

އިންޓަވިއުގެ ތެރެއިން ޞޯބިރާ އަޅުގަނޑު ކައިރީގައި ވިދާޅުވި ވާހަކައަކުން އޭނާގެ ހިތްޕުޅުގައި މަސައްކަތަށް އޮތް ލޯބި ހާމަވެގެން ދިޔައެވެ. އެއްދުވަހަކު ދަރިންނާއެކު ޓީވީ ބަލަން އިންނަވަނިކޮށް، ޗިޕްސް ކޮޅެއް ކަރު ތެރޭގައި ތާށިވެގެން އެއްގޮތެއް ނުވެގެން ހޮސްޕިޓަލަށް ދާން ޖެހުނު ދުވަހެއްގެ ވާހަކަ އެކެވެ. އެރޭ ދަންވަރު 03:00 ޖަހަން ދެން އޭނަ އުޅުއްވީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުން ދޫކޮށްލުން، ދެ ގަޑި އެއްހާއިރު ނިދާލުމަށްފަހު، އަނެއް ދުވަހުގެ 08:00 ޖެހިއިރު ޞޯބިރާ ހުންނެވީ އޮފީހުގައެވެ.

ޞޯބިރާ ވިދާޅުވި ގޮތުން 20 އަހަރުވުމުންނާއި 40 އަހަރުވުމުން ޕެންޝަން ލިބުނު ދުވަހަކީ އޭނާއަށް ވަރަށް ޚާއްސަ ދުވަހެކެވެ. ތަފާތު މީހުންނާއެކު އުފާވެރި މާހައުލެއްގައި މަސައްކަތްކޮށްލުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތަށް ޞޯބިރާ ފާހަގަކުރެއްވިއެވެ.

ދިރިއުޅުމުގެ ވަކި ހިސާބަކުން ބައްޕައަކާ ނުލާ 3 ދަރިން ތަރުބިއްޔަތުކުރައްވަމުން ދިޔައިރު ވެސް ސޯބިރާ ދިޔައީ ހުރިހާ ޒިންމާއެއް އެކަނި އުފުއްލަވަމުންނެވެ. އަދި މިކަމުގައި އޭނާގެ އެންމެ ބޮޑު އެހީތެރިޔަކަށްވީ މިހާރު ނިޔާވެފައިވާ މަންމައެވެ. އަދި ކާމިޔާބީއަކަށްވީ އާއިލާގެ މެމްބަރުންނެވެ.

ޞޯބިރާގެ އެންމެ ހަނގު ދަރިފުޅު ފާތިމަތު ސޯމާ ބުނީ މަންމަ އަކީ ކުދިންނަށް ވަރަށް އަޅާލާ، އޯގާތެރި މަސައްކަތްތެރި މީހެއް ކަމަށެވެ. ދަރިފުޅު އައިމިނަތު ޝެރީން ބުނީ މަންމަ އަކީ ވަރަށް ކަންތައްތަކާއި ކުރިމަތިލާފައި ހުރި ހިތްވަރު ގަދަ މީހެއް ކަމަށެވެ. އަދި އެހެން މީހުންނާއި މަންމައާ އޮންނަ ގުޅުން ސިފަކޮށްދެމުން ޝެރީން ބުނީ މިހާރު ވެސް އެމްބަޑްލިޔުއެސްސީގައި އުޅޭ އެންމެ ޅަ ކުދިންނާއެކު ވަރަށް މަޖާކޮށް އުޅުއްވާ ކަމަށެވެ. އަދި އެމީހުން ވެސް މަންމައަށް ވަރަށް ރަނގަޅު ކަމަށެވެ.

އިންޓަވިއު ނިންމާލައްވަމުން ސޯބިރާ ވިދާޅުވީ އަބަދުވެސް ވަޒީފާ އަދާކުރެއްވީ އިހްލާސްތެރިކަމާއެކު ކަމަށާއި މިއަދު އެކަމުގެ ފޮނި ނަތީޖާ ފެނިވަޑައިގެންފި ކަމަށެވެ. އަދި ޒުވާނުންނަށް ޞޯބިރާ ވަނީ ވަރަށް ޚާއްސަ މެޖެސެއް ދެއްވާފައެވެ. އެއީ އިހްލާސްތެރިކަމާއެކު ސަރުކާރަށް މަސައްކަތް ކުރުމުން، މިއަދު ޞޯބިރާއަށް ލިބުނު އެވޯޑަކީ މާދަމާ އެމީހުންގެ ވެސް ހައްޤަކަށް ވުން އެކަށީގެންވާކަމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް