Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެފައިވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލައްވާ: އަސްލަމް

17 ފެބުރުއަރީ 2023 | ހުކުރު 18:50

ރައީސް ނަޝީދު އެ ތަނުގައި ފެންނަން ނެތުމުން ހިތްދަތިވާ ކަމަށް އޭނާ ވިދާޅުވި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 17 ފެބުރުއަރީ 2023 | ހުކުރު 18:50
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް --

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް --

ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެފައިވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓަވައިލެއްވުމަށްފަހު އެކުގައި މަސައްކަތްކުރެއްވުމަށް ވަޑައިގެންނެވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ދެއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފިކުރާއި އަސާސްތަކާއި އުސޫލުތަކަކީ ކަޅާއި ހުދުން ލިޔެވިފައި ހުރި ކަންތައްތަކެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ ތިންވަނަ ބާބުގައި ޕާޓީގެ އުސޫލާއި އަމާޒާއި މަގުސަދު ބަޔާންކޮށްފައި އޮންނާނެ ކަމަށާއި ޕާޓީގެ ވެބްސައިޓް ބަލާލުމުން ޕާޓީގެ ފިކުރުތަކާއި ޕާޓީ ގަބޫލުކުރާ ހަމަތަކަކީ ކޮބާކަން ބަޔާންކުރެވިފައި އޮންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ނޫން އާ ފިކުރެއް، ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެފައިވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓަވައިލެއްވުމަށާއި އެކުގައި މަސައްކަތް ކުރައްވަން ވަޑައިގެންނެވުމަށް ރައީސް މުހައްމަދު ނަޝީދަށް އަސްލަމް ދައުވަތު އެރުވިއެވެ. އަދި އެ ތަނުގައި ރައީސް ނަޝީދު ނެތްކަމުގެ ހިތްދަތިކަން އެބަ އިހުސާސްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި އިސްލާހުކުރެވިފައި ހުރިކަމަށް ބުނާ ގާނޫނުތައް ބަޔާންކުރެވިފައިވާ އަދަަދަކީ 450 ކަމަށާއި އޭގެ ތެރެއިން 129 ގާނޫނަކީ މި ވޭތުވެދިޔަ ހަތަރު އަހަރު ވުޖޫދުކުރެވިފައިވާ ގާނޫނުތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުތަކަަށް ވަރަށް ފުރިހަމަ، އިސްލާހީ، ބޭނުންތެރި ބަދަލުތަކެއް މި ވެރިކަމުގައި ގެނެސްދެއްވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް މި ސަރުކާރުން ކޮށްދެއްވައިފި ކަމަށާއި އެންމެ ކުޑަމިންވަރުން މީހުން ބިނާކުރުމުން ފެށިގެން އިސް ރަށްވެހިންނާ ހިސާބަށް އެކަކު ވެސް ބާކީނުކޮށް މިދަނީ ކުރިއަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. ކުޑަ ރަށެއްތޯ ބޮޑު ރަށެއް ތޯ ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭ އެހެން ވެރިއެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އަސްލަމް ވިދާޅުވި ރައީސް ޞާލިހުގެ ހިތްތިރިކަމާއި އޯގާތެރިކަމާއި އިހުސާންތެރިކަމާއި ހެޔޮކަން ދަމަހައްޓަން ބޭނުންވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް