Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގްލޯބަލް ޔޫތު މޮބިލައިޒޭޝަން

ޤައުމުގެ އާރާއިބާރާއި މުސްތަޤްބަލަކީވެސް މިއަދުގެ ޒުވާނުން - ރައީސްގެ އަނބިކަނބަލުން

މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް ހުރި ހުރަސްތަކާއި މައްސަލަތަކުން އަރައިގަތުމުގެ އެންމެ ރަނގަޅު ގޮތްތައް ފެނިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ފެބުރުއަރީ 2023 | ބުދަ 09:57
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ޤައުމުގެ އާރާއިބާރާއި، މުސްތަޤްބަލަކީވެސް މިއަދުގެ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ދެވަނަ ގްލޯބަލް ޔޫތު މޮބިލައިޒޭޝަން (ޖީ.ވައި.އެމް) އަދި ބިގް ސިކްސް މޫވްމަންޓް ހުޅުވުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ޖީ.ވައި.އެމް.ގެ މި ވަރޗުއަލް ރަސްމިއްޔާތަކީ، ޒުވާނުންގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ގްލޯބަލް އެކްޝަންއަށް ދެ އަހަރު ފުރުމާއި އޭގެ ފައިނަލް އިމްޕެކްޓް ރިޕޯޓް 2020 ވަނަ އަހަރުގެ ޑިސެންބަރުމަހު އިފްތިތާޙްކުރުމަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނާ ހަމައަށް ވާޞިލްކޮށްދިނުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

މި ވާޗުއަލް އިވެންޓުގައި، ޒުވާނުންގެ އިސްނެގުމާއެކު ހޯދާފައިވާ އެކިއެކި ޙައްލުތަކާ ގުޅޭގޮތުންނާއި ބިގް ސިކްސް އަދި ޕާޓްނާޝިޕް މޮޑެލްތަކާ ގުޅޭގޮތުންނާއި ގްލޯބަލް ޔޫތު ފައިނޭންސިން މޮޑެލްތަކުން ލިބުނު ތަޖުރިބާތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ޒުވާނުން، އެއްވެސް މަޖުބޫރުކަމެއްނެތި ކަންކަމުގައި އިސްނަގައިގެން އުޅުމާއި، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ޝާމިލުކޮށް އެ ފަރާތްތަކުގެ އުފާވެރިކަން ކަށަވަރުކުރުމަށް ކުރި މަސައްކަތްތަކުން އެ ޒުވާން ލީޑަރުންނަކީ ނަމޫނާ އަދި ބަދަލުގެނެސްދެވޭނެ ފަރުދުންތަކެއްކަން ސާބިކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

ޖީ.ވައި.އެމް.އާއި ދެވަނަ ބިގް ސިކްސް މޫވްމަންޓްގެ ކާމިޔާބުކަމާ އެކު ބޭއްވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއާއެކު މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް ހުރި ހުރަސްތަކާއި މައްސަލަތަކުން އަރައިގަތުމުގެ އެންމެ ރަނގަޅު ގޮތްތައް ފެނިގެންދާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ތިން ގާލްގައިޑެއް ފުރަތަމަ ޖީ.ވައި.އެމް އިވެންޓުގައި ބައިވެރިވާކަމާއި އަދި 2 ގައިޑަކު އިންޑިޔާގެ ޕޫންގައި ކުރިޔަށްދިޔަ ޔޫތް އިވެންޓުގައި ބައިވެރިވެ ރާއްޖޭގެ ޒުވާނުންގެ ލީޑަރޝިޕް ދައްކަމުންއަންނަކަން ފާހަގަކުރައްވާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ، ހުރިހާ ފަންތިއެއްގައި ޒުވާނުންގެ ބައިވެރިވުން ހިމަނައި، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްކާއި ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ޗީފް ގައިޑެއްގެ ހައިޞިއްޔަތުން، ގާލް ގައިޑުންނާއި ޒުވާނުންނަށް ރަނގަޅު މުސަތަޤްބަލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

އިތުރަށް ކިޔާލަން

03 ޖުލައި 2017

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

03 ޖުލައި 2017
ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ

22 ޖޫން 2017
އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ
06 ޖޫން 2017

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު