Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމް

ކުނަހަންދޫ ސްކޫލާއި ބައެއް ގެތަކުގެ ފުރާޅު އެއްލާލައިފި

ރަށުގެ ހަ ގެއެއްގެ ފުރާޅު ވަނީ އެއްލާލާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 ޖުލައި 2017 | އާދީއްތަ 05:51
ކުނަހަންދޫއަށް ބޮޑު ގެއްލުންތަކެއް ވަނީ ލިބިފައި

ކުނަހަންދޫއަށް ބޮޑު ގެއްލުންތަކެއް ވަނީ ލިބިފައި

ލ. ކުނަހަންދޫއަށް ފަތިހު ކުރި ވިއްސާރައިގައި ސްކޫލުގެ ފުޅާއި ބައެއް ގެތަކުގެ ފުރާޅު އެއްލާލައިފި އެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް ލިރުގާމް ސައީދު ވިދާޅުވީ، އާދިއްތަ ދުވަހުގެ ފަތިހު 04:30 ހާއިރު އައި ކޮޅިގަނޑެއްގައި ސްކޫލުގެ ފުރާޅު އެއްލާލާފައިވާ އިރު ބައެއް ކްލާސް ރޫމްތަކުގައި ފެންބޮޑުވެ، ގޮނޑި މޭޒަށް ގެއްލުންވެފައިވާ ކަމަށެވެ. ހަތަރު ކްލާސް ރޫމެއްގައި ފެންބޮޑުވެފައިވާ އިރު ފުރާޅު އެއްލާލި ބައިގެ ސީލިންގެވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަަމަށް ލިރުގާމް ވިދާޅުވި އެވެ. އެހެންވުމުގެ ސަބަބުން ސްކޫލުގެ ކިޔެވުން ނުބާއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެރަށުގެ ފަސް ގެއެއްގެ ފުރާޅު އެއްލާލާ ހިފާގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް ލިރުގާމް ވިދާޅުވި އެވެ. މިކޮޅިގަނޑުގައި ރަށުގެ ބަނދަރުގައި އޮތް ދެ ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށާއި ދެ ލޯންޗުގެ އިންޖީނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ވައިގަދަ ވުމުގެ ސަބަބުން ރުއް ގަސް ވެސް ވެއްޓިފައިވާ އިރު ގާތްގަނޑަކަށް އަށް ރުށް އެ ރަށުން ވެއްޓުނު އިރު ކެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލިރުގާމް ވިދާޅުވި އެވެ.

ސްކޫލުގެ ކްލާސް ރޫމް ބަރިއެއްގެ ފުރާޅު އެއްލާލާފައިވާ އިރު ފުރާޅު މަރާމާތު ކުރުމަށް މަސައްކަތް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

އާދިއްތަ ދުވަހުގެ ފަތިހު 04:30 ފެށިގެން ހެނދުނު 09:00 ޖެހުމާ ހަމައަށް ވާރޭ ވެހުމުގެ ސަބަބުން، ކުނަހަންދޫގައި ފެންބޮޑުވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ވަނީ ފެންބޮޑުވެފަ އެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު