Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ޤައުމީ ޓީމާމެދު އުންމީދު ބޮޑު، މިނިސްޓަރު އެދިވަޑައިގަތީ ޤައުމީ ދިދައާއެކު ވަދެ ގަދަ އަޑުން ސޯޝަލް ސެންޓަރު ގުގުމާލުމަށް

13 ފެބުރުއަރީ 2023 | ހޯމަ 02:37

މުބާރާތުގައި ވާދަކުރާ އަންހެން ޓީމާއި ފިރިހެން ޓީމަށް ވެސް ސަޕޯޓުކޮށް ދެއްވުން އެދޭ ކަމަށާއި، ދެ ޓީމުން ވެސް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2023 | ހޯމަ 02:37
ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު މަޚްލޫފް ވާހަކަފުޅު ދައްކަވަނީ

ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު މަޚްލޫފް ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ޤައުމީ ވޮލީ ޓީމާމެދު ވަރަށް އުންމީދު ބޮޑު ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ފޯ ނޭޝަންސް ކަޕާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޤައުމީ ޓީމާމެދު އެމަނިކުފާނުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. މިނިސްޓަރު މަޚްލޫފް ވިދާޅުވީ އެ މުބާރާތް ވެގެންދާނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސާފް ގޭމްސް އަށް ފަހު ކުރެވުނު މަސައްކަތުން ތަފާތެއް ފެންނާނެ ކަމަށް އުންމީދެއް ކުރެވޭ މުބާރާތަކަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އުންމީދަކީ ރަނގަޅު ކާމިޔާބެއް ލިބުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ބޭއްވި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ދިވެހި ޓީމަށް ސަޕޯޓު ކުރަން ދިޔަ ގޮތަށް، މި މުބާރާތުގައި ދިވެހި ވޮލީ ޓީމަށް ވެސް ސަޕޯޓު ކުރުމަށް ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރަތް ކުލައިން ޤައުމީ ދިދަ ހިފައިގެން ވަދެ، ސޯޝަލް ސެންޓަރު ގަދަ އަޑުން ގުގުމާލަ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މުބާރާތުގައި ވާދަކުރާ އަންހެން ޓީމާއި ފިރިހެން ޓީމަށް ވެސް ސަޕޯޓުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ދެ ޓީމުން ވެސް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވޮލީ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު މަޚްލޫފް ވިދާޅުވީ ފޯ ނޭޝަންސް ކަޕް ރާއްޖޭގައި ބޭއްވިގެން ދަނީ އެންމެން އެކުގައި، ގުޅިގެން ކުރެވިގެންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމު ތައިލެންޑަށް ފުރުމުގެ ކުރިން ދެ ޓީމާ ވެސް ބައްދަލުކުރެއްވި ކަމަށެވެ. ދެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފޯރީގައި ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއަށްވުރެ ޖޯޝާއި ފޯރީގައި އެނބުރި އައިސް ރާއްޖެ އަށް ރީތި ވަނަތަކެއް ދެ ޓީމުން ވެސް ހޯދައިދޭނެ ކަމަށެވެ.

ރާއްޖެއިން މިދިޔަ އަހަރު ވަނީ ބީޗު ވޮލީގެ ބައިނަލްއަޤުވާމީ މުބާރާތެއް ހޯސްޓުކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ސެންޓްރަލް ޒޯން މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް އޮތް ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން ރާއްޖެއިން ވަނީ ހަތަރު ޤައުމު ބައިވެރިވާ މުބާރާތެއް ބާއްވަން ނިންމައިފަ އެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ އަފްޣާނިސްތާން، މެލޭޝިއާ އަދި ސިންގަޕޫރު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް