Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ

ފަނޑިޔާރުންނާ ކޮމިޝަނުން ސުވާލު ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑެއް އޮންނަންޖެހޭ: ހުސްނުއްސުއޫދު

މަލާމާތާއި ފުރައްސާރަ ކުރާ ގޮތަށް ސުވާލު ކުރެވިގެން ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 08:44
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ފަނޑިޔާރުންނާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުވާލު ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑެއް އޮންނަންޖެހޭކަމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ސުއޫދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޖޭއެސްސީން ބަލަމުންދާ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލައަށް ނުސީދާ ގޮތެއްގައި އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަނޑިޔާރުންނާ ކޮމިޝަނުން ސުވާލު ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑެއް އޮންނަންޖެހޭކަން ފާހަގަ ކުރައްވައި ސުއޫދު ވިދާޅުވީ، މަލާމާތާއި ފުރައްސާރަ ކުރާ ގޮތަށް ސުވާލު ކުރެވިގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސުއޫދު ވިދާޅުވީ، ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކާއި ގުޅޭގޮތުން ޖުޑީޝަރީގެ މުވައްޒަފުން ހާޒިރުކުރާއިރު، އާދައިގެ ސުވާލުތައްވެސް އެ މުވައްޒަފުންނާ ކުރާ ކަމަށެވެ.

އޭގެ ބައެއް މިސާލުތައް ހިއްސާ ކުރައްވައި ސުއޫދު ވަނީ ފަނޑިޔާރު މަހާޒްގެ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަނޑިޔާރުން ފަރިއްކުޅުވިއިރު ބާކީ އެތިކޮޅެއް މުވައްޒަފުންނަށް ނުލިބޭތޯއާއި، އެ ދުވަހު މިވެނި ކާއެއްޗެއް ގެނައީ ކީއްވެތޯ ފަދަ ސުވާލުތައް އަމާޒުކުރާއިރު، އެއީ ޖެއްސުމަށް ސުވާލު ކުރުން ކަމުގައި ފަނޑިޔާރު ސުއޫދު ދެކިލައްވައެވެ.

އެގޮތަށް ސުވާލު ކުރެވިގެން ނުވާނެކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އެފަދަ ކަންކަމުގެ ސަބަބުން ފަނޑިޔާރުންގެ މިނިވަންކަމަށް އަސަރު ކުރާކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އެފަދަ ކަންކަން އިސްލާހު ކުރުމަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާއި، އެކަންކަމާ ދެކޮޅަށް އަޑު އުފުއްލަވާނެ ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ ޖަމްޢިއްޔާގެ މައިގަނޑު މަގްސަދަކީވެސް ފަނޑިޔާރުންގެ މުސްތަގިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން، އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުންވެސް މި ޖަމިއްޔާގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖޭއެސްސީން ބަލަމުންދަނީ ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމްކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރިއްކޮޅަކާ، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ އިސްތިއުނާފު އަޑުއެހުންތަކެވެ.

އެހެންނަމަވެސް، ފަރިއްކޮޅުގެ މާ ކުރިން ޝަރީއަތުގެ ކަންކަން ހަމަޖެހިފައިވާނެ ކަމަށާއި އެއީ ސިއްރުން ކުރިކަމެއް ނޫންކަމަށް ފަނޑިޔާރު މަހާޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު