Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓުސަލް ޗެލެންޖް

ވާދޫ ޓީމުގެ މިއަހަރުގެ އަމާޒަކީ ގަދަ 16 އަށް ވުރެ ކުރިއަށް ދިޔުން: ކޯޗު

9 ފެބުރުއަރީ 2023 | ބުރާސްފަތި 02:18

މިދިޔަ އަހަރު ވާދޫ މުބާރާތުން ކެޓީ ގަދަ 16 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2023 | ބުރާސްފަތި 02:18
ވާދޫ ޓީމުގެ ފަރިތަކުރުމުގައި ކޯޗު ނަދީމް

ވާދޫ ޓީމުގެ ފަރިތަކުރުމުގައި ކޯޗު ނަދީމް

މިއަހަރުގެ ގޯލްޑަން ފުޓުސެލް ޗެލެންޖުގައި ވާދަކުރާ ގދ.ވާދޫގެ އަމާޒަކީ މުބާރާތުގެ ގަދަ 16 އަށް ވުރެ ކުރިއަށް ދިޔުން ކަމަށް އެ ޓީމުގެ ކޯޗު އަލީ ނަދީމް ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ބުދަ ދުވަހުގެ ހަވީރު ވާދޫ ޓީމުން ވަނީ ފަރިތަކުރުން ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ މެޗުގައި އެ އަތޮޅުގެ ގައްދޫއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނަދީމް ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިވަގުތު ތިބީ ވަރަށް ފިޓުކޮށް ކަމަށެވެ. އޭނާ ބުނީ ޓީމުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދެވުނީ ވަރަށް ރަނގަޅަށް ކަމަށާއި، ޓީމު މިހާރު އޮތް ޙާލަތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެންމެ ފަހުން މިދިޔަ އަހަރު ކުޅުނު މުބާރާތުގައި ދެވުނީ ގަދަ 16 އާ ހަމައަށް ކަމަށެވެ. އެހެންކަމުން މިވަގުތަށް ބޭނުންވަނީ މިއަހަރު ގަދަ 16 އަށް ވުރެ ކުރިއަށް ދިޔުން ކަމަށެވެ. އޭގެ ފަހަށް ވިސްނާނީ ފުރަތަމަ އެ ޓާގެޓަށް ވާސިލްވުމަށް ފަހު ކަމަށް ވެސް ކޯޗު ބުންޏެވެ.

މީގެ އިތުރުން ވާދޫ ޓީމުގައި ތިބި ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަދީމް ބުނީ، ޓީމުގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅު ކުޅުންތެރިން ކަމަށެވެ. ކޮންމެ ކުޅުންތެރިޔަކަށް ވެސް އިތުބާރު ކުރާ ކަން ފާހަގަކޮށް އޭނާ ބުނީ މެޗުގައި ފުރަތަމަ ކުޅެން އަރުވާ ކުޅުންތެރިންގެ އިތުރުން، ބެންޗުގައި ތިބޭނީ ވެސް މޮޅު ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. އަދި އެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކީ ވެސް އެކަކު އަނެކަކަށް ދޫނުކުރާ ވަރުގެ ކުޅުންތެރިން ކަމަށެވެ. މީގެއިތުރުން މަސައްކަތް ކުރާނީ ޓާގެޓަށް ވާސިލްވުމަށް ކަމަށާއި، އެއަށްވުރެ ދުރަށް ދިޔުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ. ނަދީމް ފާހަގަ ކުރި ގޮތުގައި ކަމަކަށް މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ވާނެ އެވެ.

ނަދީމްގެ އިތުރުން ވާހަކަ ދައްކަމުން ވާދޫ ޓީމުގެ ކެޕްޓަން އަޙުމަދު އަޔާޒް (އަޔާ) ބުނީ، ޓީމުގެ ފިޓްނަސް އާއި، ޓީމު ވޯކަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ކަމަށެވެ. އަޔާ ވެސް ބުނީ އޭނާގެ ވެސް އަމާޒަކީ މިދިޔަ އަހަރަށް ވުރެ އެއް ހަރުފަތް ކުރިއަށް ދިޔުން ކަމަށެވެ. އެގޮތުން މުބާރާތުގެ ކުއާޓާ ފައިނަލް ނުވަތަ ސެމީ ފައިނަލް ކުޅުމަށް ޓޭގެޓުކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން މިދިޔަ އަހަރާ އަޅާ ބަލާއިރު ކުޅުންތެރިން ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަން ފާހަގަކޮށް އަޔާ ބުނީ ކުޅުންތެރިންނާއެކު، ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށް ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކީ ވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި، ކުރިއާ ޚިލާފަށް އެކަމުގެ ޗެލެންޖު މިހާރު ޓީމުގައި ބޮޑަށް އޮންނަ ކަމަށެވެ.

ވާދޫގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ގައްދޫއާ ދެކޮޅަށް ކުޅޭއިރު، ގްރޫޕް ސްޓޭޖުގައި ޖުމުލަ ހަތަރު މެޗު ކުޅެން ޖެހެ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ނުކުންނާނީ ހޯޑެއްދޫއާ ދެކޮޅަށެވެ. އޭގެ ފަހުން 18 ވަނަ ދުވަހު މަޑަވެއްޔާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ފަހު މެޗުގައި ތިނަދޫއާ ދެކޮޅަށް ނުކުންނާނީ 21 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް