Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެންމެ ވިސްނުން ރަނގަޅު ކުއްޖާ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ނަތާޝާ ހުސްވަގުތު ކުރާ ކަމަކީ ކުރެހުމާއި، ފިލޯސޮފީގެ ރޮނގުން ފާހަގަކޮށްލެވުނު ލިއުންތެރިޔާ ޖޭ.އާރު.އާރު ޓޯކީންގެ ފޮތްތައް ކިއުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 7 ފެބުރުއަރީ 2023 | އަންގާރަ 17:01
ނަތާޝާ ޕެރިއަނާޔަގަމް

ނަތާޝާ ޕެރިއަނާޔަގަމް

ޖޯންހޮޕްކިންސް ޔުނިވަރސިޓީން މުޅިދުނިޔޭގެ ކިޔަވާ ކުދިންނަށް ހުޅުވާލައިގެން ހޮވާ އެންމެ "ބްރައިޓް" ނުވަތަ ވިސްނުން ރަނގަޅު ކުއްޖަކަށް, އެމެރިކާގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ ނަތާޝާ ޕެރިއަނާޔަގަމް ހޮވިއްޖެއެވެ. މިއީ އުމުރުން 13 އަހަރުގެ ނަތާޝާއަށް މިޝަރަފް ލިބުނު ދެވަނަ ފަހަރެވެ. މިމަގާމަށް ނޮމިނޭޓް ކުރަނީ ވަކިޚާސް އެސެސްމަންޓް ޓެސްޓްތަކަކުން ހޮވޭ ކުއްޖެކެވެ. މި ޝަރަފް ނަތާޝާއަށް 2021 ވަނަ އަހަރުވެސް ލިބިފައި ވެއެވެ. އެއަހަރު ގްރޭޑް ފަހެއްގައި އުޅެމުން ހެދި ޓެސްޓުންވެސް ގްރޭޑް 8ގެ ކުއްޖެއްގެ ފެންވަރު ހުރިކަމަށް ވެއެވެ. މި ފަހަރުވެސް ސްކޫލް އެންޑް ކޮލެޖް އެބިލިޓީ ޓެސްޓް ހިމެނޭގޮތުން އޭނާ ހެދި އެތައް ޓެސްޓަކުން ވަނީ ވަރަށް މަތިން މާކްސް ހޯދާފައެވެ. މިއަހަރު ނޮމިނޭޓް ވެފައިވަނީ 76 ގައުމަކުން 15،000ށްވުރެ ގިނަ، ކިޔެވުމަށް މޮޅު ކުދިންގެ ތެރެއިން ހޮވާލެވިގެންނެވެ.

ނަތާޝާގެ މައިންބަފައިންނަކީ އިންޑިޔާގެ ޗެންނާއީއަށް ނިސްބަތްވާ ބަޔަކަށް ވާއިރު، ނަތާޝާ ބުނިގޮތުގައި ހުސްވަގުތު އޭނާ ކުރާހިތްވާ ކަމަކީ ކުރެހުމާއި ފިލޯސޮފީގެ ރޮނގުން ފާހަގަކޮށްލެވުނު ލިއުންތެރިޔާ ޖޭ.އާރު.އާރު ޓޯކީންގެ ފޮތްތައް ކިއުމެވެ. ދަ ހޮބިޓް އަދި ލޯޑް އޮފް ދަ ރިންގްސް ފަދަ މަގްބޫލް ފޮތްތައް ލިޔެފައިވަނީ ޓޯކީންއެވެ.

ޖޯންހޮޕްކިންސް ޔުނިވަރސިޓީން ހޮވާ އެންމެ "ބްރައިޓް" ކުއްޖާ ހޮވަނީ ކުއްޖާގެ އުމުރަށްވުރެ މަތީ ޓެސްޓްތަކެއް ދީގެންނެވެ. ޖޯންހޮޕްކިންސް ޔުނިވަރސިޓީގެ ސެންޓަރ ފޯ ޓެލެންޓަޑް ޔޫތުން ބުނީ މިއީ ހަމަ އެކަނި އެންމެ ޓެސްޓްތަކެއްގެ ނަތީޖާ ފާހަގަކުރުން ނޫންކަމަށާއި، ކުދިންގެ ކިބާގައި ހުންނަ ކަންކަން ބަލައި ދެނެގަތުމުގެ ހުނަރު އިތުރަށް ފުރިހަމަކުރުމަށް ހިތްވަރުދީ، ޒުވާން އުމުރުގައި ގިނަ މައުލޫމާތުތަކެއް އެއްކޮށްފައި ވާތީ އެކަމަށް ދެވޭ ސެލިއުޓެއް ކަމުގައެވެ. 

އިންޑިއާދުނިޔެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު