Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވަޒީފާ ދޭނެކަމަށް ބުނެ މަކަރުހެދުން

އިންޑިއަން ރެއިލްވޭސްއިން ވަޒީފާ ހޯދައިދޭނެކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގަމުން ދިޔަ ދެމީހަކު ހައްޔަރުކޮށްފި

މި ދެމީހުން މީހަކު އަތުން ދެލައްކަ ރުޕީސްއާ ދެމިލިއަން ރުޕީސްއާ ދެމެދުގެ އަދަދަކަށް ފައިސާ ހޯދިކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 6 ފެބުރުއަރީ 2023 | ހޯމަ 12:28
އިންޑިޔާގެ ރޭލެއް

އިންޑިޔާގެ ރޭލެއް

އިންޑިއަން ރެއިލްވޭސްއިން ވަޒީފާ ހޯދައިދޭނެކަމަށް ބުނެ ދޮގުހަދައި އޮޅުވާލައިގެން މީހުންގެ އަތުން އެތައްލައްކަ ރުޕީސްހޯދުމަށްފަހު ފިލައިގެން އުޅުނު ދެ މީހަކު އިންޑިޔާ ފުލުހުން ހައްޔަރުކޮށްފިއެވެ. މިދެމީހުން ވަނީ، ވަޒީފާ ހޯދައިދޭނެކަމަށް ބުނެ 28 ޒުވާނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައެވެ. މިގޮތުން އިންޑިއަން ރެއިލްވޭސްއިން ޓިކެޓް އެސިސްޓަންޓްކަމާއި ޓްރެފިކް އެސިސްޓަންޓްކަން އަދި އޮފީހުގެ ވަޒީފާތައް ހޯދައިދޭނެކަމަށް ބުނެ، މީހެއްގެ އަތުން ދެލައްކަ ރުޕީސްއާ ދެމިލިއަން ރުޕީސްއާ ދެމެދުގެ އަދަދަކަށް ފައިސާ ހޯދިކަމަށް ވެއެވެ.

އިންޑިއަން ރެއިލްވޭސްއަކީ މުޅިދުނިޔޭގަވެސް އެންމެ ބޮޑު އެއް އެމްޕްލޯޔަރެވެ. ޒުވާނުން އަބަދުވެސް އެފަދަ ތަނަކުން ދާއިމީ ވަޒީފާ ހޯދަމުންދާތީ، މިފަދަ ސްކޭމްތައް ހިންގުމަކީ އިންޑިޔާގައި އާންމު ކަމެއް ކަމަށް ވެއެވެ. މިފަހަރުގެ ސްކޭމްގައި ޓެމިލްނާޑޫގެ 28 ޒުވާނުންގެ އަތުން ފައިސާ ނެގުމަށްފަހު، ސައްހަ ނޫން މެޑިކަލް ޓެސްޓްތަކެއްވެސް ހެއްދި ކަމަށް ވެއެވެ. އެއަށް ފަހު ސްޓޭޝަނުން ދަތުރުކުރާ ރޭލު ގުނަން ތިބުންފަދަ ބައެއް ކަންކަންވެސް އެމީހުންނާ ހަވާލުކުރިކަމަށް ވެއެވެ. ލަނޑު ލިބުނު ބައެއް ޒުވާނުން ބުނެފައިވާގޮތުގައި ސްކޭމް ހެދި މީހުންނަށް ދިނުމަށް އެމީހުން ވަނީ އެކިފަރާތްތަކުން އަނބުރާ ދޭގޮތަށް ފައިސާ ހޯދާފައެވެ.

މިމައްސަލައިގެ ޚަބަރުލިބި ފުލުހުން އެދެމީހުންނަށް އަންނަނީ ނޮވެމްބަރު މަހުން ފެށިގެން ފާރަލަމުންނެވެ.

ހައްޔަރުކުރުމަށްފަހު އެ ދެމީހުން އަދި އެއްވެސް އެއްޗެއް ނުބުނާކަމަށްވެއެވެ.

އިންޑިއާދުނިޔެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު