Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ އަފޫއާންމު

އީރާނުގައި ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ އެތައް ހާސް ބަޔަކަށް އާޔަތުﷲ މައާފް ދެއްވައިފި

5 ފެބުރުއަރީ 2023 | އާދީއްތަ 16:38

އީރާނާއެކު އެހެން ގައުމަކަށް ނިސްބަތްވާ މީހުން ދޫކޮށްފައެއްނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 5 ފެބުރުއަރީ 2023 | އާދީއްތަ 16:38
އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ

އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ

އީރާނުގައި ޖަލަށްލާފައި ތިބި އެތައްހާސް ކުށްވެރިންނަށް އެގައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ މައާފް ދެއްވައިފިއެވެ. މީގެ ތެރޭގައި, ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ކުށުގައި ޖަލަށް ލާފައިވާ އެތައް ބަޔަކުވެސް ހިމެނެއެވެ.

އަލީ ޚާމަނާއީގެ އަފޫއާންމު ނެރުއްވާފައިވަނީ އެގައުމުގައި 1979ވަނަ އަހަރު ގެނެވުނު އިސްލާމިކް ރިވޮލިއުޝަނަށް އިތުރު އަހަރެއް ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ. ސްޓޭޓް މީޑިޔާއިން ރިޕޯޓްކޮށްފައިވާގޮތުގައި، ކުށްވެރިން ދޫކުރާ ގޮތަށް އޮތީ ޝަރުތުތަކެއްކޮށްފައެވެ.

ބުރުގާ އަޅާފައި ހުރި ގޮތް ގޯސްވެގެންކަމަށް ބުނެ ފުލުހުން ހައްޔަރުކުރި 22 އަހަރުގެ އަންހެނެއްކަމަށްވާ މަހްސާ އަމީނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ގިނަ އަދަދެއްގެ ޒުވާނުންނާއި ކިޔަވާ ކުދިން އައީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ހިއުމަން ރައިޓްސް ގްރޫޕްތަކުން ބުނާގޮތުގައި މުޒާހަރާތަކުގައި މިހާތަނަށް 500އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 20 ހާހެއްހާ މީހުން ވަނީ ހައްޔަރު ކުރެވިފައެވެ.

އީރާން ސަރުކާރުން ބުނާގޮތުގައި މުޒާހަރާތަކަކީ ބޭރުގެ ބާރުތަކުގެ ނުފޫޒުން ހިންގާ ކަމެކެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން 4 ޒުވާނަކަށް ވަނީ މަރުގެ އަދަބުވެސް ދީފައެވެ. އެހާ ހިސާބުން މުޒާހަރާތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް، އަދިވެސް ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށްދެއެވެ.

އަފޫއާންމުގެ ދަށުން، ކުށް މައާފްކުރެވުނު މީހުންގެ ތެރޭގައި، ބޭރުގެ ފަރާތް ތަކަށް ޖާސޫސްކޮށް ދިނުންފަދަ އިލްޒާމް އެޅިފައިވާ މީހުންނާއި، މީހުން މެރުމާއި ދައުލަތުގެ މުދާ ހަލާކުކުރުންފަދަ ކުށްތައް ކުރި މީހުންނެއް ނުހިމެނެއެވެ. މީގެ އިތުރުން އީރާނާއެކު އެހެން ގައުމަކަށް ނިސްބަތްވާ މީހުންވެސް ދޫކޮށްފައެއް ނުވެއެވެ.

ޑެޕިއުޓީ ޖުޑިޝަރީ ޗީފް ސާދިގް ރަހީމީ ވިދާޅުވިގޮތުގައި، މައާފް ކުރެވުނު އެންމެންވެސް ކުށަށް އިއުތިރާފްވެ ލިއުމުން މައާފަށް އެދެން ޖެހެއެވެ. ނޫންނަމަ އެމީހުން މިނިވަނެއް ނުކުރެވޭނެއެވެ. 

އީރާންދުނިޔެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް