Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުން ރިޓަޔަރވުން

ފަނޑިޔާރުންގެ ރިޓަޔަރމަންޓާ ގުޅޭ އައު ގަވާއިދަށް އަމަލުކުރަން ފަށައިފި

1 ފެބުރުއަރީ 2023 | ބުދަ 08:25

55 އަހަރު ވުމުންވެސް ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރވުމަށް އެދެވިދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2023 | ބުދަ 08:25
ފަނޑިޔާރުންނަށް އަމާޒުކޮށް ހިންގި މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން

ފަނޑިޔާރުންނަށް އަމާޒުކޮށް ހިންގި މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން

ފަނޑިޔާރުންގެ ރިޓަޔަރމަންޓާ ގުޅޭ އައު ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ބުދަ ދުވަހުއެވެ. މިއީ އުމުރުން 55 އަހަރު ނުވިކަމުގައި ވިޔަސް، ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ.

Advertisement - newsAdvertisement

މި ޤަވާއިދުގެ ދަށުން ފަނޑިޔާރުންނަށް ރިޓަޔަރ ވެވޭ ޙާލަތްތަކަށް ބަލާއިރު، އެއް ޙާލަތަކީ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމެވެ. އެގޮތުން ޝަރަފުވެރިކަމާއެކު ވަކިވުމަށް އެދެވޭ ޝަރުތުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގައި 10 އަހަރު ދުވަހު ޚިދުމަތް ކޮށްފައިވުން ހިމެނެއެވެ.

ފަނޑިޔާރުންނަށް ރިޓަޔަރ ވެވޭ ޙާލަތްތަކަށް ބަލާއިރުު، އުމުރުން 55 އަހަރު ވުމުންވެސް ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރވުމަށް އެދެވިދާނެއެވެ. އަދި ޞިއްޙީ ސަބަބަކާހުރެވެސް މަޤާމުން މުސްކުޅިކޮށްދިނުމަށް އެދެވިދާނެއެވެ.

ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް 3 ގޮތަކަށް އިނާޔަތް ލިބިދެއެވެ. އޭގެ ތެރޭގައި އެއްފަހަރާ ދެވޭ ޢިނާޔަތާއި، މުޅި އުމުރަށް، މަހުން މަހަށް ދެވޭ ޢިނާޔަތާއި، އެހެނިހެން ޢިނާޔަތްތައް ހިމެނެއެވެ.

ޤާނޫނަކަށް ގެނެވޭ އިޞްލާޙެއްގެ ސަބަބުން، ނުވަތަ އަލަށް ތަޞްދީޤުކުރާ ޤާނޫނަކުން، ނުވަތަ އެހެން ސަބަބަކާހުރެވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރިއިރު ދައުލަތަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް، ނުވަތަ ފަނޑިޔާރުކަމުގައި ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ ޢިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަޤާމުން މުސްކުޅިކުރާ ހާލަތުގައި، އެފަދަ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އެއްފަހަރާ ދޭ ޢިނާޔަތާއި މަހުންމަހަށް ދޭ ޢިނާޔަތް ދިނުމުގައި މުއްދަތު ބަލާނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ޢިނާޔަތް ލިބުން އިސްތިސްނާ ވާ ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅި ކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ ނުވަތަ އެ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުން ހިމެނެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ފަނޑިޔާރަކު މަޤާމުން މުސްކުޅިކޮށްދެވޭނީ، އެ މައްސަލައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގޮތެއް ނިންމުމަށް ފަހުގައެވެ.

މި ގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވޭ ފަނޑިޔާރުންނަށް ދެވޭ ލަޤަބަށް ބަލާއިރު، އެމީހަކީ ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ، އެ މީހަކަށް މުޚާޠަބު ކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަސްޓިސް ރިޓަޔަރޑް" މި ލަޤަބު ބޭނުންކުރެވެއެވެ.

އަދި އެ މީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ "ޖަޖް ރިޓަޔަރޑް" މި ލަޤަބު ބޭނުންކުރެވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް