Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމް

އޭޕްރިލް، މެއި ހިސާބުގައި ހުޅުމާލެއިންނާއި ގުޅީފަޅުން ގޯތި ދޫކުރެވޭނެ: ޕްލޭނިންގ މިނިސްޓްރީ

31 ޖެނުއަރީ 2023 | އަންގާރަ 17:52

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއް މާޗު މަހުގެ ނިޔަލަށް ނެރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 ޖެނުއަރީ 2023 | އަންގާރަ 17:52
ގުޅީފަޅު ތަރައްްްޤީކުރުން

ގުޅީފަޅު ތަރައްްްޤީކުރުން

އަންނަ އޭޕްރިލް މަސް ނުވަތަ މެއި މަހުގެ ތެރޭގައި ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިންނާއި ގުޅީފަޅުން ގޯތި ދޫކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ ހުޅުމާލެއިން ގޯތި ދޫކުރާއިރު ގުޅީފަޅުގައި ގޯތި ދޫކުރަން ނިންމާފައިވާ ބިން ހިއްކައި މިނިސްޓްރީއަށް ލިބޭނެ ކަމަށެވެ. އެހެންކަމުން ދެ ސަރަހައްދުން ވެސް އެއްކޮށް ގޯތި ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާރިފް ވިދާޅުވި ގޮތުގައި ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއް މާޗު މަހުގެ ނިޔަލަށް ނެރެވޭނެއެވެ. އަދި ދާއިމީ ލިސްޓު ނެރުމަށްފަހު ވަގުތުން ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެގޮތުން، އަންނަ އޭޕްރިލް ނުވަތަ މެއި މަސް ތެރޭގައި ގޯތި ދޫކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅީފަޅުގެ ބައެއް މިހާރު ވެސް ހިއްކާފައިވާއިރު އިތުރަށް ހިއްކަން ޖެހޭ ސަރަހައްދު ހިއްކުމަށް ސަރުކާރުން މިހާރު ވަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައެވެ. ގާތްގަނޑަކަށް 120 މިލިއަން ޔޫރޯގެ މި މަޝްރޫއުގެ ދަށުން ގުޅީފަޅު ތަރައްގީކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ގުޅީފަޅުގެ ފުރަތަަމަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އެ ކުންފުނިންނެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޭ މި ގޯތިތައް ދިނުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެއިން ބިން ދޫކުރުމަށް 1،250،000 (އެއްމިލިއަން ދެލައްކަ ފަންސާސްހާސް) އަކަފޫޓުގެ ބިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ހަވާލު ކުރެވިފައެވެ. މިއީ 62 ސަރަހައްދަކުން ލިބިފައިވާ ބިންތަކެއް ކަމަށާއި، ބިން ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވެންވާއިރަށް މި ސަރަހައްދުތައް ސާފުކޮށް ނިންމައި، ކަޑަޖަހައި، ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް އާރިފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މެއި މަހު ބާއްވަނީ

31 ޑިސެމްބަރު 2017
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މެއި މަހު ބާއްވަނީ
16 ނޮވެމްބަރު 2017

މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ވަކި ބެޗެއް ވިއްކުން މަނާކޮށްފި

16 ނޮވެމްބަރު 2017
މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ވަކި ބެޗެއް ވިއްކުން މަނާކޮށްފި
10 އޮކްޓޯބަރު 2017

މެއި ޑޭ މުޒާރާއާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ދުވަސްވީ މީހަކު މަރުވެއްޖެ

10 އޮކްޓޯބަރު 2017
  މެއި ޑޭ މުޒާރާއާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ދުވަސްވީ މީހަކު މަރުވެއްޖެ
08 އޮކްޓޯބަރު 2017

ސުމެއިދު ގެއްލުނު ހާދިސާގައި ވީގޮތް ނޭނގޭތީ ކަންބޮޑުވޭ: ސުމެއިދުގެ ބައްޕަ

08 އޮކްޓޯބަރު 2017
ސުމެއިދު ގެއްލުނު ހާދިސާގައި ވީގޮތް ނޭނގޭތީ ކަންބޮޑުވޭ: ސުމެއިދުގެ ބައްޕަ
08 ޖޫން 2017

ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި

08 ޖޫން 2017
ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި
11 މެއި 2017

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
01 މެއި 2017

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017
މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ
15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
17 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

17 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް