Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނަށް ދިން ޑްރޯން ހަމަލާ

އީރާނަށް ދެވުނު ޑްރޯން ހަމަލާގެ ފަހަތުގައި އިސްރާއީލުގެ އަތެއް ވާކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފި

30 ޖެނުއަރީ 2023 | ހޯމަ 14:00

މީހަކަށްވެސް އަދި އިމާރާތަށްވެސް ގެއްލުމެއް ނުލިބޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 ޖެނުއަރީ 2023 | ހޯމަ 14:00
އީރާނަށް ދެވުނު ޑްރޯން ހަމަލާ

އީރާނަށް ދެވުނު ޑްރޯން ހަމަލާ

އީރާންގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަކަށް ހޮނިހިރު ދުވަހުގެ ރޭ ދިން ޑްރޯން ހަމަލާގެ ފަހަތުގައި އިސްރާއީލުގެ އަތެއް ވާކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ. ނަން ހާމަކޮށްފައިނުވާ، އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ވޯލް-ސްޓްރީޓް ޖަރނަލް އަދި ނިއުޔޯކް ޓައިމްސްގައި ބުނެފައިވާގޮތުގައި މިހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލެވެ.

މިކަމާބެހޭގޮތުން އިސްރާއީލުން އަދި އެއްޗެއް ނުބުނެއެވެ.

Advertisement - worldAdvertisement

ހަމަލާދެވުނު ތަނަކީ ބޮމާއި ހަތިޔާރުގެ ވަޒަންފަދަ ގޮވާތަކެތި އުފައްދާ ތަނެއް ކަމަށް ވެއެވެ. ބައެއް ރިޕޯޓްތަކުގައި، މިތަނަކީ މިސައިލް އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދާ ތަނެއް ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާގޮތުގައި އިސްފަހާންގެ ސެންޓްރަލް ޕްރޮވިންސްގައި ހުރި އިމާރާތަށް ދިން މި ހަމަލާގައި މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. އަދި އެ ސައިޓަށްވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ހަމަލާދިނުމަށް ބޭނުންކުރި އެއް ޑްރޯން ހަލާކުކޮށްލައި ވައްޓާލެވިފައިވާއިރު، ގޮއްވާލާފައިވަނީ ދެ ޑްރޯނެވެ. ހޮނިހިރު ދުވަހުގެ ރޭ އެގައުމަށް ދަންވަރުގެ ވަގުތެއްގައި ދިން ހަމަލާގެ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި، ޑްރޯންތައް ގޮވުމާއެކު ރޭގަނޑުގެ އަނދިރިކަމުގެ ތެރޭން ބޮޑު އަލިފާން ގުޅައެއް ފެނިގެން ދިޔައެވެ.

އިސްފަހާން ޕްރޮވިންސްގައި ވަރަށް ބޮޑު އެއަރބޭހައަކާއި، ބޮޑު މިސައިލް ޕްރޮޑަކްޝަން ކޮމްޕްލެކްސްއަކާއި އެތައް ނިއުކްލިއަރ ސައިޓްތައް ހުންނަ ކަމަށް ވެއެވެ.

ޕެންޓަގަންގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވިދާޅުވިކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާގޮތުގައި، ހަމަލާތައް ދިނުމުގައި އެމެރިކާގެ އަސްކަރިއްޔާގެ ދައުރެއް ނުވެއެވެ. ނަމަވެސް މީގެ އިތުރަށް އޭނާ އެއްޗެއް ވިދާޅުނުވާކަމަށްވެއެވެ. އެއީ އިސްރާއީލްގެ މޮސާޑުން ކުރި ކަމެއް ކަމަށް ސާބިތުވެއްޖެނަމަ އެކަން ވެގެންދާނީ ބެންޖަމިން ނަތަންޔާހޫ މިދިޔަ ޑިސެމްބަރު މަހު އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން އީރާނުގެ ތަނަކަށް ދިން ފުރަތަމަ ހަމަލާ ކަމުގައެވެ.

ސީރިޔާގައި ހަރަކާތްތެރިވާ ލުބްނާންގެ ހަނގުރާމަވެރިންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭކަމަށް އިސްރާއީލުން ތުހުމަތު ކުރަމުން ދާއިރު، ސީރިޔާގައިވާ، އީރާނުގެ ޓާގެޓްތަކަށް އެތައް ސަތޭކަ ހަމަލާ ދީފައި ވާނެކަމަށް އިސްރާއީލުން ވަނީ މީގެ ކުރިން އިއުތިރާފްވެފައެވެ.

ހޮނިހިރު ދުވަހުގެ ހަމަލާއާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރ ހުސައިން އާމިރު އަބްދުއްލަހްޔާން ވިދާޅުވީ އެއީ އެގައުމު ހަމަނުޖެހުމަށް ވައްޓާލުމުގެ މަގުސަދުގައި ދިން ފިނޑި ހަމަލާއެއް ކަމުގައެވެ.

އިރާނަށް ޑްރޯން ހަމަލާދީފައި މިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭކަމަށް ބުނެ ލިބޭ ޚަބަރުތަކާމެދުވެސް ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.  

 މައުލޫމާތު: ބީބީސީ  

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

02 ޖޫން 2017

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

02 ޖޫން 2017
ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން
24 މެއި 2017

މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ

24 މެއި 2017
މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
23 މެއި 2017

ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް

23 މެއި 2017
ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް
17 މެއި 2017

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
08 އެޕްރީލު 2017

ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި

08 އެޕްރީލު 2017
ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް