Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ޑްރޯން ހަމަލާ

އީރާނުގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަކަށް ޑްރޯން ހަމަލާއެއް ދީފި

މިހަމަލާގައި މީހަކަށް ގެއްލުންވެފައެއްނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ޖެނުއަރީ 2023 | އާދީއްތަ 16:18
އީރާނުގެ ޑްރޯން ހަމަލާ

އީރާނުގެ ޑްރޯން ހަމަލާ

އީރާންގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން އެތަނުގައި ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ. މިހަމަލާ އައިސްފައިމިވަނީ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމްގެ ރައްކާތެރިކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.  

ހަމަލާއާ ގުޅިގެން އީރާނުން ބުނެފައިވަނީ، އިސްފަހާންގެ ސެންޓްރަލް ޕްރޮވިންސްގައި ހުރި އިމާރާތަށް ދިން މި ހަމަލާގައި މީހެއްގެ ފުރާނައަށް ގެއްލުންވެފައި ނުވާކަމަށާއި، އެ ސައިޓަށްވެސް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި ހަމަލާ ދިނުމަށް ބޭނުންކުރި އެއް ޑްރޯން ހަލާކުކޮށްލައި ވައްޓާލެވިފައިވާއިރު ގޮއްވާލާފައިވަނީ ދެޑްރޯނެވެ. ރޭ އެގައުމަށް ދަންވަރުގެ ވަގުތެއްގައި ދިން ހަމަލާގެ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި، ޑްރޯންތައް ގޮވުމާއެކު ރޭގަނޑުގެ އަނދިރިކަމުގެ ތެރޭން ބޮޑު އަލިފާން ގުޅައެއް ފެނިގެން ދިޔައެވެ. ހަމަލާދިން ތަނަކީ "އެމިއުނިޝަން" ނުވަތަ ބޮމާއި ހަތިޔާރުގެ ވަޒަންފަދަ ގޮވާތަކެތި އުފައްދާ ތަނެއް ކަމަށް ވެއެވެ.

މެހެރް ނިއުސް އެޖެންސީއާ ވާހަކަ ދައްކަވަމުން އީރާނުގެ ޕާލަމެންޓް މެމްބަރަކު ވިދާޅުވީ، މިހަމަލާއަކީ އީރާނުގެ ދުޝްމަނުން އެގައުމުގެ ދިފާއީ ބާރު ކުޑަކޮށްލުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ކަމުގައެވެ.

ޑްރޯން ހަމަލާގެ ދެތިން ގަޑިއިރު ކުރިން، އުތުރު ފަރާތުން އީރާނުގެ އިމާ ކައިރީގައިވާ އަޒަރުބައިޖާންގެ މޯޓަރ އޮއިލް ޕްރޮޑަކްޝަން ޕްލާންޓެއްގައިވެސް ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ޚަބަރު ލިބެއެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު