Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑްރަގް އަތުލައިގަތުން

ގެރި އުފުލާ ކާގޯ ބޯޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި 4500 ކިލޯގެ ޑްރަގް ފެނިއްޖެ

މިމަހު އެކަނިވެސް ސްޕެއިން ފުލުހުން ވަނީ 9 ޓަނުގެ ޑްރަގް އަތުލައިގެންފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ޖެނުއަރީ 2023 | ހޮނިހިރު 17:35
ސްޕެއިން ފުލުހުން ބަލައި ފާސްކުރި ބޯޓު

ސްޕެއިން ފުލުހުން ބަލައި ފާސްކުރި ބޯޓު

މައިގަޑު ކާގޯއެއްގެގޮތުގައި ގެރި/ބަކަރި އަރުވައިގެން ކެނަރީ އައިލަންޑްސްއިން މެދުއިރުމައްޗަށް ދަތުރުކުރި ބޮޑު ކާގޯ އުފުލާ ބޯޓެއް، ބަލައި ފާސް ކުރުމުގެ ތެރޭގައި ސްޕެނިޝް ފުލުހުން 4،500 ކިލޯގްރާމްގެ ކޮކެއިން  އަތުލައިގެންފިއެވެ. މިތަކެތީގެ އަގު 114 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެއެވެ.

ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ ބޯޓު، އޮރިއޯން-ވީއަކީ އާންމުގޮތެއްގައި ލެޓިން އެމެރިކާއިން މެދުއިރުމައްޗަށް ގެރި ބަކަރި އުފުލާ ބޯޓެއްކަމަށް ވެއެވެ. މިބޯޓުގައި ޑްރަގް ސްމަގްލްކުރާ ކަމުގެ ރިޕޯޓްތައް ލިބެމުން ދިއުމާއެކު ބޯޓަށް ފާރަލަމުން އަންނަތާ ދެއަހަރެއްހާ ދުވަސް ވެފައިވާ ކަމަށް ވެއެވެ.

އޭއެފްޕީން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާގޮތުގައި ސްޕެނިޝް ފުލުހުންނާއި އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ އިތުރުން މެރިޓައިމް އެނޭލިސިސް އެންޑް އޮޕަރޭޝަންސް ސެންޓަރ ފޯރ ނާކޮޓިކްސް ގުޅިގެން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ފެނިފައިވަނީ، ޖަނަވާރުތަކަށް ކާންދޭ ތަކެތި އަޅާ ކޮންޓެއިނަރެއްގެ ތެރެއިން ކަމަށް ވެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކެނަރީ އައިލަންޑްސްއާ 62 މޭލު ބޭރުގައި ބޯޓު އޮއްވައެވެ. ނުވަ ގައުމަކަށް ނިސްބަތްވާ 28 ފަޅުވެރިން ބޯޓުގައި ތިބިއިރު މި އެންމެން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޖަނަވަރީ މެދެއްހާތަނުގައި، ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ އެހެން ބޯޓެއް ކަމަށްވާ ބްލޫމަށްވެސް ފުލުހުން އަރައި ފާސްކުރުމުގެ ތެރޭގައި ހަމަ މިއަދަދަށް ވަނީ ޑްރަގް އަތުލައިގެންފައެވެ. އެހެންކަމުން މިމަހު އެކަނިވެސް 9 ޓަނުގެ ޑްރަގް މިވަނީ ސްޕްނިޝް ފުލުހުން އަތުލައި ގަނެފައެވެ.

5000 ޓަނުގެ، ބާވެފައި ހުންނަ އިލެކްޓްރޯނިކް ސާމާނު އެފްރިކާގެ ބައެއް ގައުމުތަކަށް ވަގަށް އެތެރެކުރަން އުޅުނު ބަޔަކުވެސް ހަމަ މިމަހު ސްޕެނިޝް ފުލުހުން ވަނީ އަތުލައިގެންފައެވެ. ސްޕެއިންގެ ކަމާބެހޭ އިދާރާ ތަކުން ހާމަކޮށްފައިވާގޮތުގައި، ބޭނުންކޮށްފައި ހުންނަ އިލެކްޓްރޯނިކް ސާމާނުގެ 331 ކޮންޓެއިނަރު ވަގަށް އެތެރެކުރަން މަސައްކަތްކުރި 43 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު