Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ހިތާމައިގެ ހާލު - "ޢަޞްރު ދިޔައީ ގެއްލިގެން"

22 ޖެނުއަރީ 2023 | އާދީއްތަ 06:40

"ހިތާމައިގެ ހާލު" ދައުރަކީ އަމީނީ ދައުރު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 22 ޖެނުއަރީ 2023 | އާދީއްތަ 06:40
"އަސްރު ދިޔައީ ގެއްލިގެން" މި އަސަރުގަދަ ފުރިހަމަ ރިވެތި ދެ ޅެމުގެ ސަބަބުތައް ކަމުގައި ބުނެވޭ ކަންކަން ވަރަށް ގިނަ

"އަސްރު ދިޔައީ ގެއްލިގެން" މި އަސަރުގަދަ ފުރިހަމަ ރިވެތި ދެ ޅެމުގެ ސަބަބުތައް ކަމުގައި ބުނެވޭ ކަންކަން ވަރަށް ގިނަ

ދިވެހިރާއްޖޭގެ ޅެންވެެރިންގެ ދުވަސް ފާހަގަކުރަން ފެށުނުތާ 34 އަހަރުވީއެވެ. ޅެންވެރިންގެ ދުވަސް ފާހަގަކުރަން ފެށުނީ 15 ޖަނަވަރީ 1988ގަައެވެ. އެއީ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު އަވަހާރަވީ 15 ޖަނަވަރީ 1988ގަައި ކަމަށް ވާތީ، އެމަނިކުފާނަށް ޚާއްޞަކުރެވޭ ގޮތުންނެވެ. އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، އެންމެ މޮޅު ޢިބުރަތްތެރި ފަށުވި ޅެންތަކުގެ ޝާއިރެއް ކަމުގައި ވިޔަސް، އެންމެ ކުޅަދާނަ ފަޞާޙާތްތެެރި ބަލާޣާތްތެެރި "ރިހިދުލުގެ ވެރިޔާގެ" ލަޤަބު ޙައްޤުކަން ބޮޑެވެ..!! އޮނަރަބަލް އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ އެއް ކިހުނުފައް (އެއްބަނޑު އެއްބަފާ) ދެ އުޚުތުން ދައިތާފުޅު އަންނަބީލާ ފާތިމަތު ސައީދުގެ "ހިތާމައިގެ ހާލު" އަދި ކޮއްކޯފުޅު އަންނަބީލާ މަރިޔަމް ސައީދުގެ "އަސްރު ދިޔައީ ގެއްލިގެން" މި އަސަރުގަދަ ފުރިހަމަ ރިވެތި ދެ ޅެމުގެ ސަބަބުތައް ކަމުގައި ބުނެވޭ ކަންކަމަސް ބަަލާލުމެކެވެ.

"ހިތާމައިގެ ހާލު" ދައުރަކީ އަމީނީ ދައުރެވެ. ރަށްވެހިފަތިސް އަލިވިލުނު ދުވަސްވަރެވެ އައްވަލު ޖުމުހޫރީ ދުވަސްވަރެވެ. ޅެންވެެރިކަމުގެ ބަހާރު މޫސުމުގެ ތެރެއިންނެވެ. ޅެންވެރިކަމުގެ ގުލްޒާރުން އެންމެ ވަސްމީރު މާތައް ފަރިވެފޮޅުނު ދުވަސްވަރުގެ ތެރެއިންނެވެ. "ވަސްލުގެ ބަގީޗާއިން މާމެލާމެލި ފަރިވަޅުންނެވެ. "އެހެނަސް" މަހާރެހެންދި އެންމެ ހިތާމަފުޅުގައެވެ." ނާދިއްތަމަހައްދުން ހުޅުވި، ދިވެހި އިލްމީ އަދަބީ "ޗަމަން ޕޫލުވި" ދުވަސްވަރެވެ. ނާދީގައި ކޮންމެ ރެއަކު ޅެން ކިޔުން އޮވެއެވެ. އަލަށް ހެދޭ ޅެންވެސް މެއެވެ. އެއްދުވަހެއްގެ ހަވީރެއްގެ ހިތްފަސޭހަ ވަގުތެވެ. ގައުމުގެ ރައީސް އަރިހު މަސްއޮޑިފުޅަކު (އެންމެ ރިވެތިކޮށް ލަވަކިޔުމުގެ މަޝްހޫރު މަސްއޮޑިފުޅަކު) އެބަދަންނަވައެވެ. ސާހިބު މަނިކުފާނެވެ. އަދިވެސް މިރޭގެ ޅެން ނުލިބެއެވެ. ރިވެތިކޮށް ކިޔުމަށް ފަރިތަކޮށްލުން މުހިއްމުވާނެ ނޫންތޯ؟ ސާހިބުލް ފަޚާމަތު ވިދާޅުވިއެވެ. ގޮތް އެބައޮތެވެ. ވާނެ ގޮތް އެބައޮތެވެ. ދާށެވެ. އާގެއަށް (އަތިރީގެ އާގެއަށް) ދާށެވެ. އެކަމަނާ އަރިހު ދަންނަވާށެވެ. ހަމައެވަގުރު ފުޅު އާގެއަށް ދިޔައެވެ. އެކަމަނާ އަރިހު ދެންނެވުން އެކަމަނާ ވިދާޅުވީ އެމަނިކުފާނު ވަކި މައުޒޫއެއް ވިދާޅުވިހެއްޔެވެ؟ ފުޅު ދެންނެވިއެވެ. ވިދާޅެއް ނުވެއެވެ. ދެން، މަޑުކޮށްލަން ވިދާޅުވެފައި އެކަމަނާ ފުޅުއަތަށް އެޅެން ދެއްވީ އެންމެ ދޮލަހަކަށް މިނެޓެއްހާއިރުވެސް ނުވާހައި ކުޑަވަގުތުކޮޅެއްގެ ކަމުގައެވެ! އެރޭ ނާދީގައި އެޅެން ކިޔުން އޮތެވެ. ޅެން ކިޔުން ރިވެތި ފުރިހަމަކަމަށްވުރެ ޅެމުގެ އެންމެ ވަރުގަދަ އަސަރުން "ތީރު އަމާޒުވީ އެންމެ މަތީ ވެރިޔާގެ ހިތްޕުޅަށް.." ޅެން ފެށުނީއްސުރެ ޅެން ނިމެންދެން ޞާޙިބުލްފަޙާމަތު އިންނެވީ އިސްޖައްސަވައިގެން ކަމުގައެވެ! ދެލޯފުޅުގައި ވަނީ ކަރުނަ ކަމުގައެވެ. ހިތާމަފުޅުގެ ޙާލުކޮޅުގައެވެ. ދާންވީހޭ މަރުވެގެން ހިތާމައިން މިހާލުގައި ވާންވީ ގޮތެއްވެގެން މިދުނިޔެއާއި ވަކިވެހިނގާ އެކަމަނާގެ "ހިތާމައިގެ ހާލު" ކަމުގައެވެ.!

"އަޞްރު ދިޔައީ ގެއްލިގެން" ކީއްވެގެން ހެއްޔެވެ! ހާހާނުވަސައްތަ ފަސްދޮޅޯހުގެ އަހަރުތަކުގެ ތެރެއިންނެވެ. ރާއްޖެ މިނިވަންވި ފަހުންނެވެ.

އެކަމަނާ "މިނިވަން" ވުމެވެ!. އަސުރު ވަގުތުގެ ފަހުންނެވެ. އެހެނަސް ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. ދިވެހި ސަރުކާރުގެ ވެރިޔާ ޞާޙިބުއްދައުލަތު ބޮޑުވަޒީރު އެމަނިކުފާނު ވެރިކަން ހިންގާ މަޖިލިސް އަޞްޙާބުއްސަޢާދަތުގެ ދެމެންބަރަކަށާ (ކެބިނެޓުގެ ދެ ވަޒީރަކަށް) ހަވީރު ސައިފޮދަކަށް އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅަށް ވަޑައިގެންނެވުމުގެ ދައުވަތު ދެއްވައި އެ ސައިފޮދު ބޭއްވެވި ކަމުގައެވެ.! ދެ ވަޒީރުންނަކީ ބޮޑުވަޒީރު އަނބިކަނބަލުންގެ ބައްޕަގެ މަޤާމުގައި ތިއްބެވި އެކަމަނާގެއެއް ކިހުނުފައް ދެ އަޚުން ކަމުގައެވެ. މި ސައިފޮދުގައި، ޞާޙިބުއްދައުލަތު ވިދާޅުވި ކަމުގައެވެ. އެމަނިކުފާނުގެ އަނބިކަނބަލުންގެ "ބައެއް ކަންކަމުގެ ސަބަބުން" އެމަނިކުފާނުގެ "ޒާތަށް އުނދަގޫތަކެއް އިހުސާސް ކުރެއްވޭ" ކަމުގައެވެ. ދެން އަނބިކަނބަލުންގެ ދޮށީ އަޚު ވިދާޅުވި ކަމުގައެވެ. އެބޭފުޅުންގެ އުޚުތުގެ ސަބަބުން ޞާޙިބުއްދައުލަތުގެ ޒާތަށް ދަތިފުޅުވެގެންވިޔަ ނުދެއްވާނެ ކަމުގައެވެ. އުޚުތު ގެންދަވާނީ ކަމުގައެވެ.! އެހެންވުމުން އެކަމަނާގެ ގެކޮޅަށް އެކަމަނާ ގެންދަވާތީ ޞާޙިބުއްދައުލަތުގެ އަނބިކަނބަލުންނާއި ވަކިވެވަޑައިގަތީ ކަމުގައެވެ! ސީދާ ޞާޙިބުއްދައުލަތުގެ ދޫފުޅުން ވަކިވެވަޑައިގަތުމުގެ ބަސްފުޅު ވިދާޅުވާކަށެއްވެސް ޖެހިވަޑައެއް ނުގަންނަވާ ފަދަ ގޮތަކަށް އަނބިކަނބަލުން ދޫކޮށްލެއްވުނީ ކަމުގައެވެ.!

ޖެހިގެން އައި ދުވަހެވެ! ސަރުކާރުގެ ވެރިޔާ ޞާޙިބުއްދައުލަތު ބޮޑުވަޒީރު ވިދާޅުވެގެން މަހުކަމަތުއް ޝަރުޢިއްޔާގެ ވެރިޔާ (ޞާޙިބުއްދައުލަތު ވަޒީރަކު) ބޮޑުވަޒީރުގެ އޮފީހަށް ވަޑައިގެންނެވި ކަމުގައެވެ! ޞާޙިބުއްދައުލަތު ވިދާޅުވި ކަމުގައެވެ.

އެމަނިކުފާނުގެ އަނބިކަނބަލުން މިނިވަންކުރައްވައިފީމުއެވެ. ޞާޙިބުއްސަޢާދަތު ޙައިރާންފުޅުކަމާއެކު ވިދާޅުވި ކަމުގައެވެ. ދެން އަޅުގަނޑު... ޞާޙިބުއްދައުލަތު ވިދާޅުވި ކަމުގައެވެ. ތިޔައީ ޝަރުޢިއްޔާގެ ވެރިޔާއެވެ.

ވީމާ، އެކަން (ވަރީގެ ކަންކަން) ހަމަޖައްސަވަންވެގެން ގެންނެވިގެންނެވުމަށެވެ! (އެބަހީ ސަރުކާރުގެ ވެރިޔާ އަމިއްލަފުޅު ގޮތުން ޝަރުޢިއްޔާއަށް ވަޑައިނުގެންވެސް އެކަން ހަމަޖެއްސެވުމަށްޓަކައެވެ! ވީމާ، މިކަން އެކަމަނާގެ އެންމެ އަސަރުގަދަ އެންމެ ފުރިހަމަ ޅެމުން ސިފަވެފައި މިވަނީ، "ޢަޞްރު ދިޔައީ ގެއްލިގެން" ކަމުގައެވެ! ނުސީދާ ވާހަކަކޮޅެކެވެ. ސީދާ އިބުރަތެވެ!

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2023

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

11 ނޮވެމްބަރު 2023
"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް
03 ނޮވެމްބަރު 2023

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!
06 ސެޕްޓެމްބަރު 2023

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް
28 އޯގަސްޓު 2023

ދައުލަތުގެ ރައީސުންގެ ވާހަކަ

28 އޯގަސްޓު 2023
ދައުލަތުގެ ރައީސުންގެ ވާހަކަ
22 އޯގަސްޓު 2023

ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

22 އޯގަސްޓު 2023
ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު
16 އޯގަސްޓު 2023

ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ

16 އޯގަސްޓު 2023
ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ
08 އޯގަސްޓު 2023

ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީއަށް 15 އަހަރު

08 އޯގަސްޓު 2023
ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީއަށް 15 އަހަރު
02 އޯގަސްޓު 2023

ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 61 އަހަރު

02 އޯގަސްޓު 2023
ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 61 އަހަރު
24 ޖުލައި 2023

ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

24 ޖުލައި 2023
ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް