Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތޫރް 2023

އަހަރުގެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރ، ފިތޫރް 2023 ގައި

މި ހަރަކާތް ކުރިޔަށް ދަނީ ޖެނުއަރީ 18 އިން 22 އަށް ސްޕެއިންގެ މެޑްރިޑްގެ އިފެމާ މެޑްރިޑްގެ ރެސިންޓޯ ފެރިއާގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖެނުއަރީ 2023 | ހުކުރު 07:32
ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވަނީ

ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވަނީ

ފަތުރުވެރިކަމުގެ ކޮންސިއުމަރުން އަދި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުކުރުމަށާއި އިންބައުންޑް އަދި އައުޓްބައުންޑް މާކެޓްތަކަށް ހާއްސަކޮށް ބާއްވާ ފިތޫރް 2023 ގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އަދި އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެއްޖެއެވެ. މި އަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރކަމަށްވާ ފިތޫރ 2023 ގައި ރާއްޖޭގެ އަޖައިބުކުރުވަނިވި ތަޖުރިބާތައް ވިޒިޓް މޯލްޑިވްސްއިން މާކެޓް ކުރަން ފަށައިފިއެވެ.

މި ހަރަކާތް ކުރިޔަށް ދަނީ ޖެނުއަރީ 18 އިން 22 އަށް ސްޕެއިންގެ މެޑްރިޑްގެ އިފެމާ މެޑްރިޑްގެ ރެސިންޓޯ ފެރިއާގައެވެ.

Advertisement - newsAdvertisement

ފިތޫރްއަކީ ޓްރެވަލް އެޖެންސީތަކާއި، ހޯލްސޭލަރުންނާއި، ހޮޓަލްތަކާއި އެކޮމޮޑޭޝަންތަކާއި، އެއަރލައިންތަކާއި، ފަތުރުވެރިކަމުގެ ލެޝާރ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މަންޒިލްތަކާއި، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރާ ފަރާތްތަކާއި، ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ބައިވެރިވާ ފެއަރއެކެވެ. މިއީ ވިޔަފާރީގެ ރަގަނޅު ފުރުސަތުތަކެއް ފަހިކޮށްދޭ ފެއަރއަކަށްވާއިރު، މި ފެއަރއަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ގަންނަން ބޭނުން ފަރާތްތަކާއި، އިންފްލުއެންސަރުންނާއި މާކެޓް ޕްރޮފެޝަނަލުންޒިޔާރަތްކުރެއެވެ.

އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި އިންޑަސްޓްރީގެ 23 ކުންފުންޏަކުން 41 ފަރާތެއް ބައިބެރިވެ، އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް މާކެޓްކުރަމުން އެބަދެއެވެ. އެމްއެމްޕީއާރުސީއިން މި ފެއަރ މެދުވެރިކޮށް ސަނީ ސައިޑް އޮފް ލައިފްއިން ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމަންޓުތައް ޕްރޮމޯޓުކުރަމުންދެއެވެ.

ފިތޫރް 2023 ގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ މަޤްޞަދުގެ ތެރޭގައި ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އުފެއްދުންތަކާއި މަންޒިލުން ލިބޭ ތަޖުރިބާތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމާއި، ސްޕެއިންގެ އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ފިތުރު 2023 ގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑުގައި އެމްއެމްޕިއާރުސީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ނަސީބުވެރި ހަތަރު ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުުރުމުގެ ފުރުސަތު ލިބޭ ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ކޮންސިއުމަރުންނާއި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނަށް ބައިވެރިވެވޭނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދާނީ ފެއަރގެ އެއްވަނަ، ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ ދުވަހުއެވެ. އަދި މިއިން ކޮންމެ ދުވަހަކު ހޮވާނީ އެއް ނަސީބުވެރިއެކެވެ. ކުއެސްޝަނިއާއެއް މެދުވެރިކޮށް ބައިވެރިވެވޭ މި ގުރުއަތުން ދެވޭ ހިލޭ ޗުއްޓީތައް ސްޕޮންސާކޮށްފައި ވަނީ އަދާރަން ސެލެކްޓް ހުދުރަންފުށި، ސަން ސިޔާމް ރިސޯޓްސް، ބްރެނިއާ މޯލްޑިވްސް، އަދި އަންގްސާނާ ވެލަވަރު ރިސޯޓުންނެވެ.

ސްޕެއިން އަކީ 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 މާކެޓުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސްޕެއިންއިން ވަނީ ރާއްޖެއަށް 42،148 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މިގޮތުން މި މާކެޓަށް އަމާޒުކޮށް މި އަހަރު ވެސް ފިޒިކަލް ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި މި މާކެޓްގެ ޓޮޕް ޓުއަރ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އެޖެންސީތަކާ އެކު ކެމްޕޭންތައް ހިންގުމަށް ވަނީ ރާވާފައެވެ. އަދި ނޫސްވެރިންނަށް ރާއްޖެ އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މާކެޓަށް އަމާޒުކޮށްގެން މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތައްވެސް މިއަހަރު ތެރޭގައި ހިންގުމަށް ވަނީ ނިންމާފައެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 176 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 42 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި އެހެނިހެން 10 އިވެންޓެއްދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ. މި ހަރަކާތްތަކުގެ ޓޯޓަލް ރީޗްއަކީ 8,799,249,501 އެވެ.

މި މަސައްކަތްތަކުގެ ސަބަބުން 2022ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ. މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން ވަނީ ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު