Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ - ކެމްބޯޑިއާ ގުޅުންތައް

ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި

ކުރިއަށް އޮތްތަނުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 13:10
ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޯމަ ދުވަހު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ މަތީފަންތީގެ ވަފުދުތަކުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ މި ދަތުރުފުޅާއި އެކު ދެ ޤައުމުގެ ގުޅުމުގެ މުޅިން އައު ޞަފްހާއެއް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުން އިތުރަށް ކުރިއަރައިދިއުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދެގައުމުން އިސްކަންދޭ މުހިންމު އެކި ދާއިރާތަކުން ކުރިމަގުގައި ގުޅުންބަދަހި ކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ދެގައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމާއި އަދި ސަރަޙައްދީ، ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. ހަމައެހެންމެ ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާ އާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުންނާއި އަދި ސަލާމަތީ ދާއިރާތަކާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކޮށް ސްޕެޝަލައިޒްކުރުމާއި، ބިދޭސީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ހޯދުމާއި، ޖެނެރިކް އެންޑް ކޮންޓްރޯލްޑް ފާމަސޫޓިކަލްސް ހޯދުމަށް އަމާޒުކޮށް ރާއްޖެއިން ވަރަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ ދެޤައުމުން އިސްކަންދޭ ކަންކަމުގައާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާބެހޭގޮތުން އެ ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުންނާއި އަދި ސަލާމަތީ ދާއިރާތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކެމްބޯޑިއާއިން ދިވެހި ޒުވާނުންނަށް ތަޢުލީމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މިގޮތުން، އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ދިވެހި ދަރިވަރުންނަށް ކެމްބޯޑިއާއިން ފުރުޞަތު ހޯދައިދެއްވުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވައި އެއީ ޢިލްމީ ރޮނގުން އިތުރު ކުރިއެރުންތަކަށް މަގުފަހިވެގެންދާނެކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރާއްޖޭގެ ދަރިވަރުންނަށް ކެމްބޯޑިއާއިން ސްކޯލަރޝިޕްގެ 10 ފުރުޞަތު ދެއްވާނެކަން ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކެމްބޯޑިއާގެ ދަރިވަރުންނަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔެވުމަށް ސްކޯލަރޝިޕްގެ ދެ ފުރުޞަތެއް ހަމަޖައްސަވައިދެއްވާނެކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އެކި ސިނާޢަތްތަކަށް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި އިންވެސްޓްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދެފަރާތަށްވެސް ފަހިވާގޮތަށް މާނަހުރި ގޮތެއްގައި މި ފުރުޞަތުގެ ބޭނުން ބޭނުން ހިފައިގެން ދިވެހި ވިޔަފާރިތަކާއެކު އެއްބަސްވުންތައް އެކުލަވާލެއްވުމަށް ކެމްބޯޑިއާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެެވެ. އަދި ދެ ގައުމުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރުންގެ މެދުގައި ކުރިއަށްދިޔަ ބިޒްނަސް ފޯރަމުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ދެބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤައިމުކުރުމާއި ކެމްބޯޑިއާގެ ދަނޑުވެރިކަމާގުޅޭ މުއައްސަސާތަކުން ދިވެހިންނަށް ހުނަރާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދަވެރި ރޭޓެއްގައި ކެމްބޯޑިއާއިން ރާއްޖެއަށް ހަނޑޫ އެތެރެކުރުމުގެ ފުރުސަތު ހޯއްދެވުމަށާއި ދަނޑުވެރިކަމުގެ އެހެނިހެން ބާވަތްތަކާއި ކާބޯތަކެތި ނޫން ބާވަތްތައް ވެސް ކެމްބޯޑިއާއިން ރާއްޖެއަށް އެތެރެކުރުމަށް ރާއްޖެއިން ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދު ބަދަލުކުރެވޭ އެއްބަސްވުންތަކަށް އަލިއަޅުވާލައްވަމުން، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިއަދު ބަދަލުކުރެވޭ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުން ޙިއްޞާކުރާ އަމާޒުތަކަށް ވާޞިލުވުމަށްޓަކައި ޖޮއިންޓް ވޯކިންގ ގްރޫޕެއް އެކުލަވާލައި، ޖޮއިންޓް މާކެޓިންގ އެންޑް ޕްރޮމޯޝަންއާއި، އެއަރ ލިންކް ޤާއިމުކުރުމާއި، މިދާއިރާގެ އެކްސްޗޭންޖް އިނީޝިއޭޓިވްސް އެއް ޤާއިމުކޮށް ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވައިގެ ޙިދުމަތާގުޅޭ ދާއިރާއިން އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކަށް އަލި އަޅުވާލައްވައި އެކަން ކައިރި މުސްތަޤުބަލެއްގައި ފުރިހަމަވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ.. އަދި މިއީ ކުރިޔަށް އޮތް ތަނުގައި އިތުރު އެހެން ދާއިރާއަކުން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު ބާރަކަށް ވެގެންދާނެކަމެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅު ނިންމަވައިލައްވާފައި ވަނީ ކުރިއަށް އޮތްތަނުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުކެމްބޯޑިއާކެމްބޯޑިއާގެ ބޮޑުވަޒީރުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

01 ޖުލައި 2025
ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި

01 ޖުލައި 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު