Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު މައްސަލަ

ޔާމީނުގެ ޙުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މުއްދަތުގެ ތެރޭގައި ކޯޓުން ދޫކޮށްފި

ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖެނުއަރީ 2023 | ހޯމަ 05:29
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޙުކުމުގެ ފައިނަލް ރިޕޯޓު ވަކީލުންނަށް ޙަވާލުކޮށްފިއެވެ.

މި ރިޕޯޓު ކްރިމިނަލް ކޯޓުން ވަކީލުންނަށް އަރުވާފައިވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ޙުކުމް ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ ޙުކުމް އިސްތިއުނާފު ކުރައްވާނެކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވެއެވެ. ޔާމީނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށެވެ.

މިހާރު ސުޕްރީމް ކޯޓުގެ އައު ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން ދޫކުރަނީ ޝަރީއަތް ނިމުނު ގޮތް ކަމަށް ވެބްސައިޓުގައި ހިމަނާފައިވާ ރިޕޯޓާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެވެ.

ޙުކުމް ކުރި ދުވަހުން ފެށިގެން ރަސްމީ 14 ދުވަސް ތެރޭގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ރިޕޯޓު މިވަނީ ދޫކޮށްފައެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި، މިހާރުވެސް އިސްތިއުނާފަށް ހުށައެޅުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާކަމަށް އޭނާގެ ވަކީލުވެސް ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބެއެވެ.

ކްރިމިނަލް ކޯޓްކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު