Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގައި މަރުގެ އަދަބު ދިނުން

އީރާނުގައި ޖަލަށްލާފައި ހުރި އިނގިރޭސި ރައްޔިތަކަށް މަރުގެ އަދަބު ދީފި

އަލީ ރިޒާ އަކްބަރީއަށް މަރުގެ އަދަބު ދިނީ އިނގިރޭސި ސަރުކާރުންވެސް އެކަން ނުކުރުމަށް ގޮވާލާފައި ވަނިކޮށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 14 ޖެނުއަރީ 2023 | ހޮނިހިރު 09:43
އަލީ ރިޒާ އަކްބަރީ

އަލީ ރިޒާ އަކްބަރީ

އީރާނުގައި ޖަލަށްލައި، މަރުގެ ހުކުމް އިއްވާފައި ހުރި އިނގިރޭސި ރައްޔިތެއް ކަމަށްވާ އަލީ ރިޒާ އަކްބަރީގެ ހުކުމް ތަންފީޒުކޮށް, އޭނާއަށް މަރުގެ އަދަބު ދީފައިވާކަމަށް، އީރާނުގެ ސްޓޭޓް މީޑިއާ ބުނެފިއެވެ. އަކްބަރީއަކީ އީރާނުގެވެސް ރައްޔިތެކެވެ.

އީރާންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަކްބަރީ ޖަލަށް ލާފައިވަނީ އިނގިރޭސިވިލާތަށް ޖާސޫސު ކޮށްދެއްވި ކަމުގެ ކުށުގައި، 2019 ވަނަ އަހަރުއެވެ. ނަމަވެސް އޭނާވަނީ އެކަން ދޮގުކުރައްވާފައެވެ.

އަކްބަރީއަށް މަރުގެ އަދަބު ދިނުމުގެ ކުރިން, އެންމެ ފަހު ފަހަރަށް ބައްދަލުވުމަކަށް ދިއުމަށް އޭނާގެ އާއިލާއަށް އެންގުނު ކަމަށްވެއެވެ. އޭރުވެސް އޭނާ ބަހައްޓާފައި ހުރީ ބަންދު ގޮޅިއެއްގައި އެކަނި ކަމަށް އޭނާގެ އަންހެނުން ބުނެފައިވެއެވެ.

އަކްބަރީއަށް އިއްވުނު މަރުގެ ހުކުމް ތަންފީޒް ނުކޮށް އޭނާ އަވަހަށް ދޫކޮށްލުމަށް އިނގިރޭސި ސަރުކާރުންވެސް އައީ އީރާނަށް ގޮވާލަމުންނެވެ. މިއީ ސިޔާސީ މަގުސަދެއްގައި ހިންގަން އުޅޭ ޖަރީމާއެއް ކަމަށާއި، އިންސާނުންގެ ފުރާނައަށް އީރާނުން އިހްތިރާމް ނުކުރާކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީ އޭރު ވިދާޅުވެފައިވެއެވެ.

އީރާނުން ވަނީ އަކްބަރީ ޖާސޫސުކުރި ކަމަށް އެއްބަސްވާ ތަން ފެންނަ ވީޑީއޯއެއް، ނިމުނު ހަފުތާގައި އާންމުކޮށްފައެވެ. ނަމަވެސް ބީބީސީ ޕަރޝިއަން ރޭޑިއޯއަށް ދެއްވި އިންޓަރވިއުއެއްގައި އަކްބަރީ ވިދާޅުވެފައިވަނީ، އޭނާ ލައްވައި އެއްބަސް ކުރުވީ އަނިޔާކޮށް މަޖުބޫރުކޮށްގެން ކަމުގައެވެ.

އީރާންދުނިޔެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު