Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލްއަށް 40 އަހަރު ފުރުން

މަސްވެރިކަމާއި ފަތުރުވެރިކަމުގެ މަތީގައި ރާއްޖެ ދެމިއޮތީ ބީއެމްއެލްގެ ފަންވަރުގެ ސަބަބުން: ރައީސް

12 ޖެނުއަރީ 2023 | ބުރާސްފަތި 17:54

ކޮވިޑްގެ އާލަމީ ވަބާގެ ހާލަތު ރާއްޖެއަށް މެދުވެރިވިއިރު ބީއެމްއެލްއިން ދީފައިވާ އެހީތެރިކަން ރައީސް ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖެނުއަރީ 2023 | ބުރާސްފަތި 17:54
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގެ ތެރެއިން

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގެ ތެރެއިން

ރާއްޖޭގެ އިގްތިސާދުގެ ދެ ތަނބު ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މަތީގައި ރާއްޖެ ދެމިއޮތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަންވަރުގެ ސަބަބުން ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ބޭންކް ކަަމަށް ވާއިރު، އެ ބޭންކް އުފެއްދީ ބަންގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭންކް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަސައްކަތްތަކުގައި ހަރަކާތްތެރިވި އެހެން ފަރާތްތަކުން އަދާކުރި ދައުރު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ބީއެމްއެލްއިން ވަނީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ދިރުން ގެނެސްދީފައި ކަމަށެވެ. މީގެ އިތުރުން އެ ބޭންކުން ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން ސިނާއަތުތައް ކުރިއަރައިގެން ދިޔަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްވެރިކަން ކުރިއެރުވުމަށް އެ ބޭންކުން ކޮށްފައިވާ މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ބީއެމްއެލްއިން މަސްވެރިކަމަށް ޚާއްސަކޮށް ދޫކުރި ލޯންތަކުގެ ސަބަބުން އެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރިކަމަށާއި، މަސްވެރިންނަށް ލަކުޑި ދޯނިތައް ދޫކޮށް ފައިބަރު ދޯނިތަކުގައި މަސްވެރިކަން ކުރަން ފެށުނީ އެކަމުގެ ސަބަބުން ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުމްރާނީ ތަރައްގީގެ ކުއްލި ބަދަލުތަކެއް ބީއެމްއެލްގެ ސަބަބުން ރާއްޖެއިން ފެނިގެން ދިޔަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގައި އިމާރާތްތައް ބުރިބުރިއަށް ނަގައި، ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ، ވިޔަފާރީގެ ފުރުސަތުތައް ލިބިގެން ދިޔައީ ބީއެމްއެލްއިން ފޯރުކޮށްދިން މާލީ އެހީގެ ސަބަބުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ބީއެމްއެލް ހުޅުވުމުގެ ކުރިން ބައިނަލްއަގުވާމީ 3 ބޭންކް ހިނގަމުން ދިޔަނަމަވެސް، ބޭންކެއްގެ ހަގީގީ މަންފާ ލިބުނީ ބީއެމްއެލްގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ، ބީއެމްއެލްގެ ދައުރު ފެނިގެން ދަނީ ހަމައެކަނި އިގްތިސާދީ ދާއިރާ ކުރިއެރުވުމުގައި ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދޭ މާލީ ފުރުސަތުތަކުގައިވެސް ބީއެމްއެލްއިން މުހިންމު ދައުރެއް އަދާކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ސަރުކާރުން ދޭ ހިލޭ އެހީއާއި ލޯން ސްކީމްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ބީއެމްއެލް މެދުވެރިވެގެންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ ކޮވިޑްގެ އާލަމީ ވަބާގެ ހާލަތު ރާއްޖެއަށް މެދުވެރިވިއިރު ބީއެމްއެލްއިން ދީފައިވާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިޖުތިމާއީ ޒިންމާގެ ދަށުން އެ ބޭންކުން ހިންގާ ހަރަކާތްތަކަށް ރައީސް ވަނީ ތައުރީފް ކުރައްވާފައެވެ. އޭގެ ތެރޭގައި ސްކޫލްތަކުގައި ހިންގާ ސެން ކްލާސްތަކުގައި ބޭނުންކުރާ ތަކެތި ހަދިޔާ ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ދަތިވާ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކުރުުން ފަދަ ކަންކަމަކީ މުހިންމު ކަންތައްތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރަައީސް ވަނީ، ކުރިއަށް އޮތް އަަހަރުތަކުގައި ބޭންކުގެ ޚިދުމަތްތައް މިހާރަށްވުރެ ފުޅާވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، މިހާރު ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 35 ގޮފި ހުރިއިރު، ބޭންކްގެ އެންމެ އިސް ޒިންމާއަކަށް ވާންވާނީ އާއްމުން ބޭންކްގައި ރައްކާކުރަން ބަހައްޓާ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ޒިންމާ އަދާކުރުމުގައި މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް އުންމީދުކުރައްވާ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް