Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނީލަން ފިހާރައިގައި ރޯވުން

ރޯވި ނީލަން ފިހާރަ ހިންގަން އިންޑަސްޓްރިއަލް ޒޯނުން ޖާގަ ދިނުން ރަނގަޅު: ސިޓީ ކައުންސިލް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ހާލުގައިޖެހުނު މީހުން މިހާރު ތިބީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖެނުއަރީ 2023 | ބުދަ 14:19
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

ހޯމަ ދުވަހު ރޯވި ނީލަން ފިހާރަ ހިންގަން އިންޑަސްޓްރިއަލް ޒޯނުން ޖާގަ ދިނުން ރަނގަޅުކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ނީލަން ފިހާރަ ކުރިން ހިންގަމުން ތަނުގައި އަލުން އެ ވިޔަފާރި ކުރުމަށް ފުރުސަތު ނުދިނުމަށް ސިޓީ ކައުންސިލުން ވަނީ ބުދަ ދުވަހު ބުނެފައެވެ.

Advertisement - newsAdvertisement

ނީލަން ފިހާރައިގައި ރޯވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ ހާދިސާގައި ނީލަން ފިހާރަ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އެތަނަކީ ގިނަ އަދަދަކަށް ލަކުޑިފަދަ ތަކެތި ހުރި ތަނެކެވެ. ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު އެ ދުވަހު އެއްކޮށް ނިންވާލިނަމަވެސް އަދިވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު އެބަހުއްޓެވެ.

ސިޓީ ކައުންސިލްގެ މޭޔަރ މުއިއްޒު ވިދާޅުވީ، ކުރިން ނީލަން ފިހާރަ ހިންގި ތަނުގައި އެތަން ހިންގަން ޖާގަ ދެވެން ނެތްކަމަށެވެ. އެހެންނަމަވެސް މާލޭގެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދިނުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ހާލުގައި ޖެހުނު މީހުން މިހާރު ތިބީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެކޮމޮޑޭޝަން ބްލޮކްގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. އެ މީހުން ވަގުތީ ގޮތުން މިހާރު ކޮވިޑް ފެސިލިޓީގައި ބައިތިއްބާފައި ތިބިއިރު، އެ މީހުންގެ އެކޮމޮޑޭޝަނަށް އިތުރު އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އެ އެންމެންގެ ކަންކަން ވަރަށް ކައިރިން ބަލަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު ފެތުރި، ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވުމާއެކު އެތަނުގައި ތިބި ބިދޭސީންނަށް އެހީވުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތަކުން ވަނީ ފަށާފައެވެ. ނޭޝަނަން ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބަރ ކުއާޓަރސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ ރޯވި އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔައީ 202 ސްޓާފުންކަމަށެވެ. އެ އެންމެން އެންމެ ފުރަތަމަ ބޭތިއްބީ އިމާދުއްދީން ސްކޫލްގައެވެ.

ނީލަން ފިހާރާގައި ރޯވުންއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
12 ޑިސެމްބަރު 2024

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި
12 ޑިސެމްބަރު 2024

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް
17 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

17 ސެޕްޓެމްބަރު 2024
ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު