Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޅައިމަގުގެ މަޝްރޫޢުތައް

ޅައިމަގަށް ކުރި ދަތުރާއި އެރަށުން ފެނުނު މަންޒަރު!

ޅައިމަގުގައި އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2023 | ބުދަ 07:09
ޅައިމަގު ބަނދަރު ނިމުމަކާ ގާތުގައި

ޅައިމަގު ބަނދަރު ނިމުމަކާ ގާތުގައި

"އިބްރާހީމް މުޙައްމަދު ޞާލިހުގެ މި ފަސް އަހަރުގެ ދައުރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތްކަން މި ޅައިމަގުން ވެސް މިއޮތީ ޔަޤީންވެ ކަށަވަރުވާން." ށ. ޅއިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރުއާ އެރަށުން މިޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ބައްދަލުވުމުން ވިދާޅުވިއެވެ.

ޅައިމަގުގެ އާބާދީގައި އަދި ގުނަމުން ދަނީ އަށްސަތޭކައިގެ އަދަދުތަކެވެ. އެކަމަކު އެރަށުގެ ރައްޔިތުން ބޭނުންވާ ހަމަ ހުރިހާ މަޝްރޫޢުތަކެއް ހިނގަމުންދަނީއެވެ. ކައުންސިލް ރައީސް އިޝާރާތްކުރެއްވީ އެކަމަށެވެ. ތަފްސީލުތައް ދެއްވަމުން ފެށީ ފެނާއި ނަރުދަމާގެ ހިސާބުންނެވެ. މިދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިއްމު ވައުދެކެވެ. އަސާސީ އެޚިދުމަތް ޤާއިމުކުރެއްވުމުގެ މަސައްކަތް ހަމަ ހުރިހާ ރަށެއްގައިވެސް އެކި މަރުހަލާތަކުގައި ހިނގަމުން ދެއެވެ. ޅައިމަގުގައި އެމަސައްކަތް ކުރަމުންދަނީ އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ދެވަނަ މަޝްރޫއެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވީ ރަށުގެ ބަނދަރު މަސައްކަތެވެ. ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. ބަނދަރު އަޕްގްރޭޑްކުރުމަށްވުރެ ކައުންސިލް ރައީސް ފާހަގަކުރައްވަނީ މުޅިން އައު ބަނދަރެއް ހެދުންފަދަ މަޝްރޫއެއްގެ ގޮތުގައެވެ. އެމަސައްކަތް މިހާރުވަނީ ނިމުމަކާ ގާތުގައެވެ. ބަނދަރު މަޝްރޫއާއެކު އެމްޓީސީސީއާ ވަރަށް މުހިއްމު އެހެން މަޝްރޫއެއް ވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމެވެ. ބަނދަރު މަޝްރޫއާއެކު ރަށްގިރުން ހައްލުކުރުމުގެ މަޝްރޫއު ވެސް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ބަނދަރުގެ މަސައްކަތް ނިމުމާއެކު 500 މީޓަރު ހިލާގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް ފަށާނެކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ރަށުގެ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ ބޮޑު މަޝްރޫއު ވެސް ދަނީ ހިގަމުންނެވެ. އެއީ ދެ ކެމްޕަސްއެއްގައި ކިޔަވައިދިނުން ނިމުމަކަށް ގެނެސް އެއް ދަންފަޅިއަކަށް ކިޔަވައިދެވޭނެ ގޮތެއް ހޯދުމެވެ. ދެ ކެމްޕަސްގައި ކިޔަވައިދޭތީ ބެލެނިވެރިން އެއް ކެމްޕަހަށް އެއްދަރިއަކު ލާފަ އަނެއް ކެމްޕަހަށް އަނެއް ދަރިއަކު ގޮވައިގެން ދާންޖެހޭތީ އޮތް ތަކުލީފު ބޮޑެވެ. އެކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

ޞިއްޙީ ނިޒާމަށް އޮތް ގޮންޖެހުން ހައްލުކުރުމަށް ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އައު އިމާރާތުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. މިދައުރުގެ ތެރޭގައި ނިމޭ މަސައްކަތްތަކުގެ ތެރޭގައި އެމަސައްކަތް ވެސް ހިމެނެއެވެ.

ދައުރުގެ މިހިސާބަށް އައިއިރު ބައެއް މުހިއްމު މަސައްކަތްތައް ނިމިފައިވާކަން ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގައި ހުރި ބާ އިންޖީނުގެ އައު އިމާރާތަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތް ދަނީ ދެމުންނެވެ. އާއިންޖީނުގެ އިމާރާތްކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. މިއީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއްގެ ނިމުމެވެ.

ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފުޓްސަލް ދަނޑެއްގެ މަސައްކަތް ނިމި އެދަނޑުގައި ޒުވާނުން މިހާރު ދަނީ ކުޅެމުންނެވެ. ބޮޑު ފުޓްބޯޅަ ދަނޑަކަށް ކުރާ އުއްމީދު މިއަހަރުގެ ތެރޭގައި ހާސިލްވާނެއެވެ. ބޮޑު ފުޓްބޯޅަ ދަނޑެއް ހެދުމަށް މިހާރު ވަނީ ބަޖެޓުކޮށްފައެވެ. ކައުންސިލް ރައީސް ވިދާޅުވީ އެއީ ޅައިމަގު ޒުވާނުންގެ ދުވަސްވީ ހުވަފެނެއް ހަޤީގަތަކަށްވުން ކަމަށެވެ.

އަށްސަތޭކައިގެ އާބާދީއަކުން ފެނުނު މިމަންޒަރުތައް ބުނެދެނީ ތަފާތުކުރުމެއް ނެތި, ހުރިހާ ރަށެއްގައި ޚިދުމަތްތައް ފުޅާކުރުމާއި, މަޝްރޫއުތައް ހިންގުމަށް ސަރުކާރުގައި އޮތް ސަމާލުކަމެވެ. އަސާސީ ޚިދުމަތްތަކަށްދޭ އިސްކަމެވެ. އަތޮޅުތަކުގެ ރަށްރަށަށް އޮތް ޚާއްޞަ އިސްކަމެވެ. މިއީ ހަމައެކަނި ޅައިމަގުން ފެނުނު މަންޒަރެވެ.

ށ.ޅައިމަގު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ ސަސްޕެންޑުކޮށްފި

ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ ސަސްޕެންޑުކޮށްފި

21 އޯގަސްޓު 2025
ޅައިމަގު ބަނދަރު އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެ

ޅައިމަގު ބަނދަރު އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެ

30 ސެޕްޓެމްބަރު 2022
4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި

19 ސެޕްޓެމްބަރު 2022
ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަލުވިިކަމާއެކު ކުރިއަށް

ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަލުވިިކަމާއެކު ކުރިއަށް

02 ފެބުރުއަރީ 2022
ޅައިމަގު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ޅައިމަގު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

18 މާރިޗު 2021

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު