Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު ހިޔާނާތުގެ މައްސަަލަ

އާރަށު ހިޔާނަތް: ޔޫސުފް ނައީމަށް ކުރި ޙުކުމް އިސްތިއުނާފު ކުރާނެ

ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2023 | އަންގާރަ 09:17
ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުމުގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުމުގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި، މިހާރުވެސް އިސްތިއުނާފަށް ހުށައެޅުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާކަމަށެވެ.

މި މައްސަލައިގައި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަރ ކޮށްފައިވާތީ ޔާމީނުގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ޔާމީނުގެ ވަކީލުންވެސް ވިދާޅުވެފައިވަނީ ޙުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބެއެވެ.

ދިވެހިރާއްޖޭގައި ޑޮލަރުގެ ސައްޙަ ވިޔަފާރިކުރާ އެތައް ބަޔަކު ތިއްބައި، ޔޫސުފް ނައީމް ފިޔަވައި ޔާމީނަށް ޑޮލަރު ވިއްކާނެ އެހެން ފަރާތެއް ނުވުމަކީ ހަމަ އިއްތިފާޤެއްކަމަށް ދިފާއުން ބުނާއިރު، އެހާ ގިނަ އިއްތިފާޤުތަކެއް ހަމަ އެންމެ ޓްރާންސެކްޝަނަކާއި ގުޅިގެން ހިނގާ ދިއުމަކީ ހަމަ ބުއްދިއަށް ޤަބޫލު ނުކުރެވޭ ނާދިރު ކަމެއްކަމަށް އިސްގާޒީ އަހުމަދު ޝަކީލު އިއްވެވި ޙުކުމުގައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ޔާމީނާއި ޔޫސުފް ނައީމްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތް ފެށުމުން، އެއް ހެކިތަކެއް ހުށައަޅާފައިވާއިރު، ހުރިހާ ހެކިވެރިންވެސް ވަނީ ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ވެފައިވަނީ ޑޮލަރު މާރު ކުރުމުގެ ވިޔަފާރީގެ މުއާމަލާތެއްކަމަށް ހެކިބަސް ދީފައެވެ.

އެހެންނަމަވެސް، އެ ހެކިވެރިންނަކީ އޮޅުވާލައިގެން، ވަކި ކަމެއް ވަކި ގޮތަކަށް ހިނގިކަން ދެއްކުމަށް އުފައްދާފައިވާ ހެކިންކަން ސާބިތުވާކަމަށް ޙުކުމުގައި ބުނެއެވެ.

ކްރިމިނަލް ކޯޓްޔާމީންއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު