Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ ފާޑުވިދާޅުވުން ރައީސް ސާލިހަށް

ރައީސް ސާލިހުގެ ވިޝަންއެއް ނެތް: ރައީސް ނަޝީދު

8 ޖެނުއަރީ 2023 | އާދީއްތަ 13:27

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހުގެ ފަހަތްޕުޅަށް އެމްޑީޕީ މެމްބަރުން ނާރާނެކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖެނުއަރީ 2023 | އާދީއްތަ 13:27
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" ފްލެޓް ސަރަހައްދަށް ވަޑައިގެންފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" ފްލެޓް ސަރަހައްދަށް ވަޑައިގެންފައި

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެއްވެސް ތަސައްވުރެއް ނެތްކަަމަށް، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ، ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުކުރައްވައި ޚިދުމަތް ދެއްވާނެކަމަށް ރައީސް ވިދާޅުވާތީ އެކަމަށްވެސް ރައީސް ނަަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް ސާލިހު އެފަދައިން ވިދާޅުވަނީ ރަށްރަށާމެދު އަމަލުކުރަންޖެހޭ ގޮތް އެނގިވަޑައިނުގަންނަވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށިފަދަ ބޮޑެތި ތަންތަނާމެދު ރައީސް ނަޝީދުގެ ބޮޑު އުންމީދެއް އޮތްކަމަށް ވިދާޅުވިއެވެ. އަދި ކުދި ރަށްރަށާއި ބޮޑެތި ރަށްރަށާ ތަފާތު ނުކުރާނެކަމަށް ބުނެގެން ރަށްރަށަށް ކަންކަން ކޮށްނުދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،

މީގެ އިތުރުން، ރައީސް ނަޝީދު ވަނީ ރައީސް ސާލިހުގެ މަސައްކަތްޕުޅު ލަސްކަމަށް ސިފަކުރައްވައި އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ފިނިހަކައެއްގެ ދުވެލި ބާރުކަމަށް ނުބުނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ރަށްރަށަށް ދިޔުމުން ރައީސް ސާލިހަށް ވޯޓު ދޭން ނުބުނުމަށް ރައްޔިތުން އެދޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، އިތުރު އެހެން އެއްވެސް މީހަކަށް ރައީސް ސާލިހާ ދިމާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ. ރައީސް ސާލިހަށް ފާޑުވިދާޅުވާނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް އެހެން މީހުން ބޭނުންކުރައްވައިގެން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރައްވާ ކަަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހުގެ ފަހަތްޕުޅަށް އެމްޑީޕީ މެމްބަރުން ނާރާނެކަމަށެވެ.

އެމްޑީޕީއެމްޑީޕީގެ ރިޔާސީ ޕްރައިމަރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް