Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީޓާލިއަން ލީގު

ޑަމްފްރީސް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު އިންޓަ އިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

މޮންޒާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވޯީ 2-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2023 | އާދީއްތަ 05:56
އިޓާލިއަން ލީގުގައި މޮންޒާ އާއި އިންޓަ މިލާން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި މޮންޒާ އާއި އިންޓަ މިލާން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން އިންޓަ މިލާނަށް ޖެހިއްޖެ އެވެ.

މޮންޒާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. އިންޓައިން މޮންޒާއާ ދެކޮޅަށް ނުކުތީ ރަނގަޅު ފޯމެއްގައި އޮވެ އެވެ. އޭގެ ކުރީ މެޗުގައި އެ ޓީމުން ވަނީ މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފަ އެވެ. މޮންޒާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ފަހު ވަގުތު އިންޓަގެ ނެދަލެންޑްސް ސެންޓަބެކް ޑެންޒެލް ޑަމްފްރީސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އިންޓަ އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އަލެސާންޑްރޯ ބަސްޓޮނީ ހުރަސްކޮށްދިން ބޯޅައެއް، މޮންޒާގެ އޭރިޔާ ތެރޭގައި ހުރެ ފައިން ޖަގާ ގޯލަށް ފޮނުވާލައިގެން އިންޓަ އަށް ލީޑު ނަގައިދިނީ މަޓެއޯ ޑާމިއަން އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން މޮންޒާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިންޓަގެ އޭރިޔާ ބޭރުން މަޓެއޯ ޕެސެނީ ދިން ބޯޅައެއް ގޯލުގެ އަރިމަތީ ދާގަނޑުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަކޮށްދިނީ ޕެޓްރިކް ޗިއުރިއާ އެވެ. ދެ ވަނަ ފަހަރަށް އިންޓަ އަށް މެޗުގައި ލީޑު ނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. އެއީ މެޗުގެ 22 ވަނަ މިނެޓުގައި މޮންޒާގެ ޑިފެންޑަރު ޕަބްލޯ މާރީ އަށް ހެދުނު ގޯހެއްގައި ބޯޅަ ހޯދައި، ގޯލަށް ފޮނުވާލައިގެންނެވެ. ދެ ވަނަ ފަހަރަށް މޮންޒާ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޗިއުރިއާ ހުރަސްކުރި ބޯޅައެއް ބޭރުކޮށްލަން އުޅުމުގެ ތެރޭގައި އިންޓަގެ ޑަމްފްރީސް އަތުން ގޯލަށް ވަން ލަނޑުންނެވެ.

މެޗު އެއްވަރުވުމުން އިންޓަ އޮތީ ކުޅުނު 17 މެޗުން 24 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. މޮންޒާ އޮތީ ކުޅުނު 17 މެޗުން 18 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު