Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނިކެހުމުގައި އުޅުނު ވެމްކޯގެ މުވައްޒަފުން

ކުނިކެހުމުގައި ހަރަކާތްތެރިވި މުވައްޒަފުންނަށް ކުންފުނީގެ ތެރެއިން މިއަންނަނީ ވަޒީފާ ހަމަޖައްސައިދެމުން: ވެމްކޯގެ އެމްޑީ

7 ޖެނުއަރީ 2023 | ހޮނިހިރު 01:21

ސިޓީ ކައުންސިލުން ކުނިކެހުމުގެ މަސައްކަތުގެ ވަޒީފާއަށް ހަމަޖެހިގެން ދިޔައީ ވެމްކޯގައި އެމަސައްކަތްކުރަމުންދިޔަ މީހުންގެ ތެރެއިން 11 މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖެނުއަރީ 2023 | ހޮނިހިރު 01:21
މާލޭގެ މަގުތައް ސާފުކުރުމުގައި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ

މާލޭގެ މަގުތައް ސާފުކުރުމުގައި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ

މާލެއާއި ވިލިމާލެ މަގުތަކުންނާއި ގޯޅިތަކާއި ޕާކުތައް އަދި މައިޒާންތައް ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ކުރުމަށް ވެމްކޯ އާއެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެމަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަން ފެށުމުން އެމަސައްކަތުގައި ކުރިން ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފުންނަށް ކުންފުނީގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެމުން އަންނަކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މާލެ ސިޓީ ކައުންސިލުން ވެމްކޯ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާއިރު އެއެއްބަސްވުން އައުނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއެކު ވެމްކޯއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 200އެއްހާ ދިވެހި މުވައްޒަފުންގެ ވަޒީފާއެވެ. ސިޓީ ކައުންސިލުން ވަނީ މާލެ އާއި ވިލިމާލެ ސާފުކުރުމަށް މުވައްޒަފުން ނަގާފައެވެ.

Advertisement - newsAdvertisement

އެގޮތުން 108 މީހުން ހޯދަން އިއުލާންކުރިއެވެ. އަދި އިތުރު މީހުންވެސް ނަގާނެކަމަށް، މިމަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށުމާއެކު އެކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކުނިކަހާ މީހުން ހޯދުމަށް ހުޅުވާލުމުން 400 އެޕްލިކޭޝަން ލިބުނުކަމަށެވެ. އަދި އޭގެތެރޭގައި ކުރީގައި ވެމްކޯގައި ކުނި ކެހުމުގެ މަސައްކަތުގައި އުޅުނު މީހުންވެސް ހިމެނޭކަމަށް މޭޔަރު ވިދާޅުވިއެވެ.

ވެމްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު ވިދާޅުވީ ސިޓީ ކައުންސިލުން ކުނިކެހުމުގެ މަސައްކަތުގެ ވަޒީފާއަށް ހަމަޖެހިގެން ދިޔައީ ވެމްކޯގައި އެމަސައްކަތްކުރަމުންދިޔަ މީހުންގެ ތެރެއިން 11 މީހުންނަށް ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށެވެ. ސިރާޖު ވިދާޅުވީ ކުނިކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފުންނަށް ކުންފުނީގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

ވެމްކޯއިން މާލެ އާއި ވިލިމާލެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތްކުރަމުން ގެންދިޔައީ ރޭގަނޑު 11 ން ފެށިގެން މެންދަން ވަންދެންނެވެ. ސިޓީ ކައުންސިލުން އެމަސައްކަތްކުރަމުންދަނީ ދެ ޝިފްޓަކަށް ބަހާލައިގެންނެވެ. ކުނި ކެހުމުގެ މަސައްކަތް ރޭގަނޑު 10ން ހެނދުނު 6ށް އަދި ހެނދުނު 6ން މެންދުރު 12ށް ކުރިޔަށް ގެންދެއެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

5

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް