Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގިއަލުންކާ ވިއައްލީ

ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް، އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ގިއަލުންކާ ވިއައްލީ މަރުވެއްޖެ

2017 ވަނަ އަހަރުން ފެށިގެން ވިއައްލީ އަންނަނީ ކެންސަރު ބަލި ޖެހިފައިވާކަން އެނގުމުން، އެކަމަށް ފަރުވާ ހޯދަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2023 | ހޮނިހިރު 01:04
ވިއައްލީ

ވިއައްލީ

އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ގިއަލުންކާ ވިއައްލީ މަރުވެއްޖެ އެވެ.

އުމުރުން 58 އަހަރުގައި ވިއައްލީ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. 2017 ވަނަ އަހަރުން ފެށިގެން ވިއައްލީ އަންނަނީ ކެންސަރު ބަލި ޖެހިފައިވާކަން އެނގުމުން، އެކަމަށް ފަރުވާ ހޯދަމުން ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ވިއައްލީ އޭނާގެ ސީނިއާ ކެރިއަރު ފެށީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން ވިއައްލީ ވަނީ ހަތަރު ކުލަބަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ސިރޮމޮނީސް، ސެމްޑޯރިއާ، ޔުވެންޓަސް އަދި ޗެލްސީ ހިމެނެ އެވެ. ވިއައްލީ އޭނާގެ ކުލަބު ފުޓުބޯޅަ ކެރިއަރު ހުއްޓާލީ 1999 ވަނަ އަހަރު ޗެލްސީންނެވެ. ކުލަބު ފުޓުބޯޅައިގައި ވިއައްލީ ވަނީ އޭނާ ކުޅުނު 673 މެޗުން 259 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ 13 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ވިއައްލީ އަށް އިޓަލީގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 1985 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް ކުޅެދިން އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ 59 މެޗު ކުޅެ، 16 ލަނޑު ޖަހައިފަ އެވެ. އިޓަލީއާއެކު ވިއައްލީ ވަނީ 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ލޯ މެޑަލް ހޯދާފަ އެވެ. ވިއައްލީ ފާހަގަވެގެން ގޮސްފައިވަނީ އެ ދުވަސްވަރު ކުޅުނު މޮޅު ފޯވާޑެއްގެ ގޮތުގަ އެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ވިއައްލީ ވަނީ 1998 ވަނަ އަހަރު ކޯޗިިންގެ ތެރެއަށް ނިކުމެފަ އެވެ. އޭނާ ވަނީ ޗެލްސީގެ އިތުރުން ވަޓްފޯޑުގެ ކޯޗުކަން ކޮށްފަ އެވެ. ކޯޗެއްގެ ގޮތުގައި ޗެލްސީއާއެކު ވެސް ވިއައްލީ ވަނީ ކާމިޔާބީތަކެއް ހޯދާފަ އެވެ. ވިއައްލީ މަރުވުމާއެކު، ފުޓުބޯޅައިގެ އެކި އެކި ފަރާތްތަކުން އަންނަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2017

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

21 ނޮވެމްބަރު 2017
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި
20 ނޮވެމްބަރު 2017

އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!

20 ނޮވެމްބަރު 2017
އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!
16 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!

16 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!
15 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި

15 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި
07 ނޮވެމްބަރު 2017

އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި

07 ނޮވެމްބަރު 2017
އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި
03 ސެޕްޓެމްބަރު 2017

ވޯލްޑް ކަޕް ކޮލިފައިން: އިސްކޯގެ ދެ ލަނޑުން އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދައިފި

03 ސެޕްޓެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: އިސްކޯގެ ދެ ލަނޑުން އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދައިފި
17 އޯގަސްޓު 2017

މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!

17 އޯގަސްޓު 2017
މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު