Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ފަތުރުވެރިކަން

ވާދަވެރިކަން ބޮޑު، މިއަހަރު ރާއްޖޭގެ އެންމެ މަގުބޫލު މާކެޓަކަށްވާނީ ކޮން ޤައުމެއް؟

ރާއްޖޭގެ މަގުބޫލު މާކެޓަށް ވުމަކީ ޤައުމުތަކުން ފަޚުރުވެރިވާ ކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 08:06
2023 ވަނަ އަހަރު އައިި ފުރަތަމަ ފަތުރުވެރިޔާ

2023 ވަނަ އަހަރު އައިި ފުރަތަމަ ފަތުރުވެރިޔާ

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވެއްޓުނު ނަމަވެސް މިހާރު މިވަނީ އެ ދާއިރާ އަލުން ކޮޅަށް ނެގިފައެވެ. އަހަރަކަށްފަހު އަހަރަކު އަންނަ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް 1.67 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއަހަރުވެސް އެ ދާއިރާއިން އޮތް އުއްމީދު ބޮޑެވެ. މިއަހަރު އެންމެ ބޮޑަށް އުފެދޭ ސުވާލަކީ މިއަހަރު ރާއްޖެގެ ޓޮޕް މާކެޓް ގެ ގޮތުގައި އޮންނާނީ ކޮން ޤައުމެއްތޯއެވެ.

ރާއްޖޭގެ ޓޮޕް މާކެޓަށް ވުމަކީ މިއަދު އެކި ޤައުމުތަކުން ޝަރަފުވެރިވާ ކަމެކެވެ. އެއީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެންމެ މަގުބޫލު މާކެޓަށް އެ ޤައުމެއްވާތީއެވެ. އެގޮތުން ފާއިތުވި ތިން އަހަރު ވެސް މި ލަގަބު ހޯދަމުން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެ ޤައުމުން މި ލަގަބު ހޯދަން ފެށީ ކޮވިޑާ ގުޅިގެން ޗައިނާގެ މާކެޓުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުމަކަށް އައި ފަހުންނެވެ.

މިއަހަރު ފެށިފައިވަނީ ވަނީ ވެސް ވަރަށް އުއްމީދީ ނަންބަރުތަކުންނެވެ. އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް މިހާރުވެސް 5،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު އިޓަލީން މިވަނީ ޓޮޕް މާކެޓުގެ ޖާގަ ހޮދައި އިންޑިއާ ތިންވަނައަށް ވައްޓާލައިފައެެވެ. ދެވަނައިގައި އޮތީ މިދިޔަ އަހަރު ނިމުނު އިރުވެސް ދެވަނައިގައި އޮތް ރަޝިއާއެވެ. ނަމަވެސް އަދިވެސް ލިސްޓުގެ ކުރިއަށް އެރުމުގެ ފުރުސަތު ކޮންމެ ޤައުމަކަށް ވެސް އެބައޮތެވެ.

އިންޑިއާއިން އަނެއްކާވެސް ލިސްޓުގެ ކުރިއަށް އަރަން މަސައްކަތް ކުރި ނަމަވެސް މިއަހަރު އެ ޤައުމަށް ލިސްޓުގެ އެއްވަނަ ދިފާއު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައިވާތީއެވެ. ޗައިނާއަކީ ކޮވިޑުގެ ކުރިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އައި މާކެޓެވެ. އެހެންކަމުން އެ ޤައުމުން އެ މަގާމު މިއަހަރުވެސް ދަމަހައްޓާނެ ކަމަށް ބެލެވެއެވެ.

ޗައިނާ ބަންދު ކޮށްފައި އޮންނަތާ ތިން އަހަރު މިވަނީ ވެފައެވެ. އެހެންކަމުން އެ ޤައުމުގައި ޗުއްޓީ ހޭދަ ކުރަން ދާން ބޭނުންވަފައި ތިބި މީހުންގެ އަދަދު ވެސް މަދު ނުވާނެ ކަން ޔަގީނެވެ. އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއެވެ. އެކަން އެންމެ ފަހުން ހެދި ދިރާސާތަކުން ވަނީ ދައްކައިފައެވެ. އެހެންކަމަށްވާނަމަ އެ ޤައުމު ހުޅުވާލުމާއެކު އެ ޤައުމުން ފަތުރުވެރިން ރާއްޖެއަށް "އޮއްސާލާނެ" ކަމަށް ބެލެވެއެވެ.

ޗައިނާގެ އިތުރުންވެސް ރާއްޖޭގެ މަގުބޫލުކަން އިތުރުވެ މިހާރު އައު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި އެމެރިކާ އާއި ކަޒަކިސްތާނު ހިމެނެއެވެ. އެމެރިކާގެ ޓީވީ ޝޯތަކާއި ސީރިޒްތަކާއި ފިލްމީ ތަރިންގެ ތެރޭގައި ވެސް އެންމެ މަގުބޫލު ވާހަކައަކަށް މިހާރު ވެފައި އޮންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ވާހަކަތަކެވެ. މިއީ އިންޑިއާއިން ރާއްޖޭގެ ޓޮޕް މާކެޓުގެ މަގާމު ހޯދުމުގެ ކުރިން އެ ޤައުމުގެ ފިލްމީ ތަރިންގެ ތެރޭގައި ވެސް ކަންކަން ވަމުން އައިގޮތެވެ.

މިއަހަރަށް ސަރުކާރުން ލަފާ ކުރަނީ ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓެކެވެ. އެ އަމާޒަށް ވާސިލުވުމަށް މިދިޔަ އަހަރަށްވުރެ ބޮޑަށް، މަސައްކަތް ކުރާނެ ކަމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވެސް ވަނީ ބުނެފައެވެ.

ދުނިޔޭގައި ކޮވިޑު ފަދަ އާލަމީ ވަބާ ފެތުރުނަމަވެސް ފަތުރުުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަމަށް ބަދަލެއް ނާންނަނީ ގުދުރަތީ ގޮތުން ރާއްޖެ އޮންނަ ގޮތުގެ ސަބަބުންނެވެ. ރާއްޖޭގެ ރަށްތަކާއި ރިސޯޓުތަކަކީ ވަކިވަކިން އޮންނަ ތަންތަނަށްވާއިރު ދުނިޔެ މި އޮތް ހާލަތްތަކަށް ބަލައި ރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި ގިނަ ފަތުރުވެރިން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު