Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ކޮވިޑްގެ ހާލަތު

ޗައިނާގެ ކޮވިޑްގެ މައުލޫމާތު އޮޅުން ނުފިލާތީ ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން

30 ޑިސެމްބަރު 2022 | ހުކުރު 12:02

ޗައިނާގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމާއި އެކު އެ ގައުމުގައި ކޮވިޑް ފެތުރުން ވަނީ އިންތިހާ އަށް އިތުރުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޑިސެމްބަރު 2022 | ހުކުރު 12:02
ޓެޑްރޮސް އަދަނޮމް - ޑަބްލިއެޗްއޯ ޗީފް

ޓެޑްރޮސް އަދަނޮމް - ޑަބްލިއެޗްއޯ ޗީފް

ޗައިނާގެ ކޮވިޑްގެ ހާލަތާއި ގުޅޭ މައުލޫމާތު ސާފުކޮށް ހާމަކުރަމުން ނުދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ޗައިނާ އިން އެ ގައުމުގައި ކޮވިޑް ފެތުރުން އިތުރުވެފައިވާ އިރު ކޮވިޑް ޖެހުނު މީހުންގެ މައުލޫމާތުތައް ހާމަކުރުން ހުއްޓާލުމުން ކަންބޮޑުވާ ކަމަށެވެ. އަދި ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި ސީރިއަސް ހާލަތަށް ދާ މީހުންގެ މައުލޫމާތު ސާފުކޮށް ނޭނގި އެ ގައުމުގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ސާފުކޮށް ދެނެގަނެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޗައިނާގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމާއި އެކު އެ ގައުމުގައި ކޮވިޑް ފެތުރުން ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެ ގައުމުގެ ހޮސްޕިޓަލްތަކާއި ހަށިތައް އެންދުމުގެ މަސައްކަތްކުރާ ތަންތަނަށް ނުކަތާ މިންވަރަށް ބާރު ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗާއިނާ އިން އެ ގައުމުގެ ޒީރޯ-ކޮވިޑް ޕޮލިސީ އުވާލުމާއި އެކު ޕީސީއާރު ޓެސްޓްކުރުން ވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން ކޮވިޑާއި ގުޅޭ ތަފާސް ހިސާބުތައް އާއްމުކުރުން ވަނީ ހުއްޓާލާފައެވެ. އެހެންކަމުން ރިސްކް އެސެސްމެންޓް ހެދުމަށްޓަކާ ތަފްސީލް މައުލޫމާތުތައް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ޗައިނާގެ ކޮވިޑްގެ ހާލަތާއި މެދު މީޑިއާތަކާއި ބައިނަލްއަގުވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އެކަަމަށް ޗައިނާ އިން ރައްދު ދީފައެއް ނުވެއެވެ.

އަނެއް ކޮޅުން ޚަބަރު ލިބޭ ގޮތުގައި އައު އަހަރާއެކު ޗައިނާގެ ބޯޑަރުތައް ވެސް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އެއާއެކު އަނެއްކާވެސް ދުނިޔޭގެ ގައުމުތަކަށް ކޮވިޑް ފެތުރިގެން ހިނގައިދާނެ ކަމުގެކަންބޮޑުވުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

އެމެރިކާއާއި ޖަޕާން ފަދަ ބައެއް ގައުމު ތަކުން ވަނީ ޗައިނާއިން އެތެރެވާ ފަސިންޖަރުން ޕީސީ އާރު ޓެސްޓް ހަދަން މަޖްބޫރު ކޮށްފައެވެ. ތިން އަހަރަށް ފަހު ރާއްޖެ އަށް ވެސް ޗައިނާގެ ފަތުރު ވެރިން އަންނަން ތައްޔާރު ވެފައިވާއިރު ރާއްޖެ އިން އެފަދަ ޚާއްސަ ފިޔަވަޅެއް އަޅާނެކަން ނުވަތަ ނޫންކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
18 މެއި 2017

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
16 މެއި 2017

ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

16 މެއި 2017
ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް