Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓުގެ މައްސަލަ

މިރޭ އަލިފުށްޓަށް ކަރަންޓް ދެވޭނެ: ޝަރީފް

27 ޖޫން 2017 | އަންގާރަ 16:59

ކަރަންޓްދޭން ބޭނުންކުރާ ބޮޑު އިންޖީނު ވަނީ ހަލާކުވެފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 27 ޖޫން 2017 | އަންގާރަ 16:59
އަލިފުށިން ކަރަންޓު ކެނޑި ގިނައިރުތަކެއް ވުމުން އާއްމުން ހިތްހަމަ ނުޖެހުން ފާޅުކުރަނީ

އަލިފުށިން ކަރަންޓު ކެނޑި ގިނައިރުތަކެއް ވުމުން އާއްމުން ހިތްހަމަ ނުޖެހުން ފާޅުކުރަނީ

މިއަދު ހެނދުނު 11:00 އިން ފެށިގެން ދެފަހަރެއްގެ މަތިން ރ. އަލިފުށިން ކަރަންޓުގެ ޚިދުމަތް ކެޑިފައިވާއިރު، މިރޭ އެރަށަށް ކަރަންޓު ދެވޭވެވަރު ވާނެ ކަމަށް ފެނަކައިން ބުނެފިއެވެ.

އެރަށުގައި ކަރަންޓް ދިނުމަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުރެއެވެ. އެހެންނަމަވެސް 600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރ އެއްކޮށް ހަލާކުވުމުގެ ސަބަބުން އެ ޖަނަރޭޓަރު ބޭނުން ނުކުރެވޭކަމަށް ފެނަކައާއި ހަވާލާދީ ކައުންސިލުން ބުނެއެވެ. އަދި 400 ކިލޯވޮޓްގެ ޖަނަރޭޓަރުން ރަށަށް ކަރަންޓު ދެވޭވަރަށް ލޯޑް ނުހިފާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ، އެރަށުން ކަރަންޓް ގޮސްފައިވަނީ ބޭނުންކުރަމުން އައި އެއް ޖަނަރޭޓަރަށް ދިމާވި މައްސަލައަކުން ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ، ރޭޑިއޭޓަރު ހަލާކުވެފައިވާ 600 ކިލޯވޮޓްގެ ޖަނަރޭޓަރާއި، ރަނގަޅަށް މަސައްކަތްކުރާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސިންކްރޮނައިޒް ކުރުމުގެ މަސައްކަތް ކަމަށާ، މި މަސައްކަތް ނިމުމުން ކުރިއަށް އޮތް ދެ ގަޑިއެއްހާ އިރު ތެރޭގައި އަލިފުއްޓަށް ކަރަންޓް ދެވޭވަރު ވާނެކަމަށެވެ.

" 400 ކިލޯވޮޓްގެ ޖަނަރޭޓަރު ރަނގަޅު، އެކަމު އޭގެން ހިފަހައްޓާނީ، ބައެއް ހައި ވޯލްޓެޖް އެއްޗެހި ބޭނުން ކުރުން މަދުކުރުމުން، އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ" އޭނާ ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އެރަށުގެ އިންޖީނުގޭގައި މަސައްކަތްކުރާ ފެނަކައިގެ ޓީމާއި ހަވާލާދީ ކަމަށް ވިދާޅުވެ، ކައުންސިލުން ބުނީ، އެރަށުގައި ބޭނުންކުރާ ދެ އިންޖީނަށްވެސް މައްސަލަޖެހިފައިވާ ކަމަށާއި، މިރޭ އެރަށަށް ކަރަންޓް ލިބޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށެވެ.

އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބުދުއްރަހުމާން ޔޫސުފް ވިދާޅުވީ، އަލިފުށިން ހެނދުނު 11 ޖެހިއިރު ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓުގެ ޚިދުމަތް ލިބޭވަރުވީ، ހަވީރު 17:30 ހާއިރު ކަމަށެވެ. އަދި އޭގެފަހުން އަނެއްކާވެސް ގާތްގަނޑަކަށް 19:30 ހާއިރު ކަރަންޓު ކެނޑުނުގޮތަށް އަދިވެސް ކަރަންޓް ނުލިބޭކަމަށެވެ.

ގާތްގަނޑަކަށް 3000 މީހުންގެ އާބާދީއެއް އޮންނަ އަލިފުށީގައި ކަރަންޓު ނެތުމުގެ ސަބަބުން ބައެއް ރައްޔިތުންވަނީ މަގުތަކަށާއި، އިންޖީނުގެ ހުންނަ އިމާރާތް ކައިރިއަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށާފައެވެ.

އަލިފުށިން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާއިރު، ގދ. ނަޑެއްލާގައިވެސް އަންގާރަ ދުވަހުގެ މެންދުރު 14:30 އިން ފެށިގެން ވަނީ ކަރަންޓްގެ ޚިދުމަތް މެދު ކެނޑިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް