Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ބަނޑުފިލާ ޗެލެންޖު

ގައުމީ ލީގު ޗެމްޕިއަނަކަށް ކުޑަ އައްޔަ، ޖޫނިއަރ ޗެމްޕިއަނަކަށް އާމިން

ކުޑަ އައްޔަ ވަނީ ޖުމުލަ 2800 ޕޮއިންޓު ހޯދާފައި، އާމިން ވަނީ 2174 ޕޮއިންޓު ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2022 | ހުކުރު 23:07
ގައުމީ ބަނޑުފިލާ ޗެލެންޖުގައި ކުޑަ އައްޔަ ވާދަކުރަނީ

ގައުމީ ބަނޑުފިލާ ޗެލެންޖުގައި ކުޑަ އައްޔަ ވާދަކުރަނީ

ގައުމީ ބޮޑީބޯޑިންގ ލީގު ޗެމްޕިއަނަކަށް އަލީ ޚުޝްރުވާން އަހުމަދު (ކުޑައައްޔަ) ހޮވުނުއިރު، ޖޫނިއަރ ލީގު ޗެމްޕިއަނަކަށް އާމިން އުމަރު މޫސާ ހޮވިއްޖެއެވެ.

މިއަހަރުގެ ލީގު ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ޖުމުލަ 2800 ޕޮއިންޓާއެކުއެވެ. ޖޫނިއާ ޗެމްޕިއަަންކަން އާމިން ހޯދީ ޖުމުލަ 2174 ޕޮއިންޓާއެކުއެވެ. ހުކުރު ދުވަހު ނިމުނު އެމްޓީޓީސީ ބަނޑުފިލާ ޗެލެންޖުގައި ވާދަކޮށް ކުޑަ އައްޔަ ވަނީ ޑްރޮޕްނީއާއި މެންސް އޯޕަންގެ އެއްވަނަ ހޯދާފައެވެ. އާމިން ވަނީ ޖޫނިއަރ މެންސްގެ ޗެމްޕިއަންކަމާއި، މެންސް އޯޕަންގެ ތިންވަނަ ހޯދާފައެވެ.

ޑްރޮޕްނީގެ އެއްވަނަ ކުޑަ އައްޔަ ހޯދީ ފައިނަލްގައި އަލީ ޝަމް ރާފިއުގެ މައްޗަށް 9.33ގެ ސްކޯއަކުން ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ކުޑަ އައްޔަ ވަނީ ދެ ވަނަ ރާޅުގައި 5.33ގެ ސްކޯއަކާއި، ތިން ވަނަ ރާޅުގައި 7.00ގެ ސްކޯއެއް ހޯދާފައެވެ. ދެ ރާޅު އެއްކޮށް ކުޑަ އައްޔައަށް ލިބުނީ 12.33ގެ ސްކޯއެކެވެ. ޝާމް ވަނީ ދެ ވަނަ ރާޅުގައި 1.67ގެ ސްކޯއަކާއި ތިން ވަނަ ރާޅުގައި 1.33ގެ ސްކޯއެއް ހޯދާފައެވެ. ޝާމްއަށް ޖުމުލަ ލިބުނީ 3.00ގެ ސްކޯއެކެވެ.

މާސްޓަރސްގެ ފައިނަލް ހީޓުގައި ވާދަކޮށް އިބްރާހީމް ޝިމާން ވަނީ 4.8ގެ ސްކޯއަކުން މުހައްމަދު ރިޟްވާންގެ މައްޗަށް ކުރިހޯދާފައެވެ. ޝިމާންގެ ފުރަތަމަ ރާޅުގައި އޭނާ ވަނީ 5.67ގެ ސްކޯއެއް ހޯދާފައެވެ. ތިންވަނަ ރާޅުގައި އޭނާއަށް ވަނީ 4.00ގެ ސްކޯއެއް ލިބިފައެވެ. ދެ ރާޅު އެއްކޮށް ޝިމާން ވަނީ 9.67ގެ ސްކޯއެއް ހޯދާފައެވެ. ފައިނަލް ހީޓުގައި ރިޟްވާންއަށް ލިބުނީ ޖުމުލަ 4.87ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުގައި ލިބުނު 3.00ގެ ސްކޯއާއި ހަތަރުވަނަ ރާޅުގައި ލިބުނު 1.87ގެ ސްކޯއެވެ.

ޖޫނިއަރ މެންސްގެ އެއްވަނަ އާމިން ހޯދީ ފައިނަލް ހީޓުގައި މުހައްމަދު ޖަރީޝް ޖިހާދު ބަލިކޮށްގެންނެވެ. ފައިނަލް ހީޓު އާމިން ކާމިޔާބު ކުރީ 11.53ގެ ސްކޯއަކުންނެވެ. އާމިން ވަނީ ޖުމުލަ 14.33ގެ ސްކޯއެއް ހޯދާފައެވެ. އެއީ އާމިންގެ ފުރަތަމަ ރާޅުގައި 6.00ގެ ސްކޯއަކާއި، ތިންވަނަ ރާޅުގައި 8.33ގެ ސްކޯއަކުންނެވެ. އާމިންއާ ވާދަކުރި ޖަރީޝަށް ލިބުނީ ޖުމުލަ 2.80ގެ ސްކޯއެވެ. އެއީ ފުރަތަމަ ރާޅުގައި 1.17ގެ ސްކޯއަކާއި، ދެ ވަނަ ރާޅުގައި 1.63 ސްކޯއެވެ.

ހުކުރު ދުވަހު އެންމެ ފަހުން ކުރިއަށް ދިޔައީ މެންސް އޯޕަން ބައިގެ ފައިނަލް ހީޓެވެ. މެންސް އޯޕަންގެ ފައިނަލްގައި ވާދަކޮށްފައިވަނީ ކުޑަ އައްޔައާއި އަޙުމަދު ނަޒްމީންއެވެ. ފައިނަލްގައި ނަޒްމީންގެ މައްޗަށް ކުޑަ އައްޔަ ކުރިހޯދީ 5.19ގެ ސްކޯއަކުންނެވެ. ދެ ރާޅުގެ އެކު ޖުމުލަ އައްޔަ ވަނީ 12.00ގެ ސްކޯއެއް ހޯދާފައެވެ. ނަޒްމީންއަށް ދެ ރާޅު އެކު ޖުމުލަ ލިބުނީ 6.81ގެ ސްކޯއެކެވެ.

ފައިނަލް ހީޓުތަކަށްފަހު ވަނީ، ބަނޑުފިލާ ޗެލެންޖުގެ އެކިއެކި ވަނަތައް ހޯދި ބޮޑީބޯޑަރުންނަށް އިނާމު ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު