Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިސްތިހާރު ހިއްޕުމާއި ބެނާ ހަރުކުރުން

އިންތިޚާބުތަކާއި ގުޅިގެން މާލޭގައި އިސްތިހާރު ހިއްޕުމާއި ބެނާ ހަރުކުރުމުގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި

ހުއްދަ ނެތި އިސްތިހާރު ނުވަތަ ބެނާ ހަރުކޮށްފިނަމަ އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް ހިއްޕި ނުވަތަ ދެމި ފަރާތެއް ދުވާލަކަށް އެއް ހާސް ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2022 | ހުކުރު 02:18
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މާލޭގައި ދިދަފަތި ދަމާފައި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މާލޭގައި ދިދަފަތި ދަމާފައި

އިންތިޚާބުތަކާއި ގުޅިގެން ކެމްޕެއިން ކުރުމަށް ތައްޔާރުކުރާ ޕޯސްޓަރުތަކާއި ބެނާތައް މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކުން މާލެ ސިޓީ ކައުންސިލުން އެކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓެއް އައްޔަން ކުރުމަށް ޕާޓީތަކުން ބާއްވާ އިންތިޚާބުތަކާއި އަދި ރިޔާސީ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ތައްޔާރުކުރާ ޕޯސްޓަރުތަކާއި ބެނާތައް މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމާއި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. މި އިޢުލާނުގައި ބުނެފައިވަނީ ހުއްދަ ނުނަގާ އެއްވެސް ކަހަލަ ކެމްޕޭނާ ގުޅޭ އިސްތިހާރެއް، މާލެ ސިޓީގެ މަގުތަކުގައި ނުވަތަ އެއްވެސް އާންމު ތަނެއްގައި ހިއްޕުމަކީ ނުވަތަ އެކަމާ ގުޅޭ ބެނާ ދެމުމަކީ މަނާކަމެއްކަމަށެވެ.

Advertisement - newsAdvertisement

އަދި ހުއްދަނެތި އިސްތިހާރު ހިއްޕާ ނުވަތަ ބެނާ ދަމާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ. އެގޮތުން ހުއްދަ ނެތި އިސްތިހާރު ނުވަތަ ބެނާ ހަރުކޮށްފިނަމަ އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް ހިއްޕި ނުވަތަ ދެމި ފަރާތެއް ދުވާލަކަށް އެއް ހާސް ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ހުއްދަނެތި ހިއްޕާ ކެމްޕޭނާ ގުޅުންހުރި އިސްތިހާރު ނުވަތަ ދަމާ ބެނާތައް ކައުންސިލްގެ ބެލުމުގެ ދަށުން ވަގުތުން ނަގާ ނައްތާލެވޭނެކަމަށާއި އަދި މިހެން ނައްތާލެވޭ އެއްވެސް އެއްޗަކަށް ކައުންސިލުން ޒިންމާނުވާނޭކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން މިގޮތަށް އިއުލާނު ނެރެފައިވާއިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އަންނަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެޕާޓީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އަންނަ މަހު ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު