Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ ކުންފުނީގެ އަހަރީ ދުވަސް

އާސަންދަ ކުންފުނީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

22 ޑިސެމްބަރު 2022 | ބުރާސްފަތި 01:55

މިޖަލްސާގައި ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 01:55
އާސަންދަ ކުންފުނީގެ 11 ވަނަ އަހަރީދުވަސް ފާހަގަކުރުން

އާސަންދަ ކުންފުނީގެ 11 ވަނަ އަހަރީދުވަސް ފާހަގަކުރުން

އާސަންދަ ކުންފުނީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

މި ދުވަހުގެ މުނަސަބަތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހު، އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤު، އާސަންދަ ކުންފުނީގެ ބޯޑުގެ ޗެއަރމަން ނިޔާޒު މުހައްމަދު، ބޯޑުގެ އެހެން މެންބަރުން، ކުންފުނީގެ އެގްޒެކެޓިވް އަދި ސީނިއަރ މެނޭޖްމެންޓް މެންބަރުން އަދި ކުންފުނީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

ޖަލްސާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާނު މިނިސްޓަރު އަމީރާއި ޖެންޑަރ މިނިސްޓަރު އާއިޝަތު ވަނީ އާސަންދަ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ދިވެހި ރައްޔިތުންނަށް އާސަންދަ ޚިދުމަތްތައް ދިނުމަށް ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސްކީމްގެ ދަށުން ދެމުން އަންނަ ޚިދުމަތްތަކާ ގުޅިގެން ކުރެވޭ ޚަރަދުތައް ކޮންޓްރޯލްކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ހޯދުމުގެ މުހިއްމުކަން ދެބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޖަލްސާގައި ކުންފުނީގެ ބޯޑުގެ ޗެއަރމަން ނިޔާޒު އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްޒާމް ދެއްކެވި ވާހަކަފުޅުގައިވަނީ ކުންފުނީގެ ކުރިމަގަށް ވިސްނާ މެނޭޖްމަންޓުން ރާވާފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުންފުނީގެ އޮފީސްތައް ހިންގުމަށް އަމިއްލަ އިމާރާތެއް އެޅުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރިއަށްދާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް މި އިމާރާތް އެޅުމުގެ އަމަލީ މަސައްކަތާހަމަޔަށް ވާސިލުވެވޭނެކަމުގެ އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދުވަނީ ކުންފުނީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ ރައީސް ޞާލިޙަށް ޝުކުރު ދަންނަވާފައެވެ. އަދި ކުންފުނީގެ މަސައްކަތްތަކުގައި ސަރުކާރުގެ އެކި އެކި އިދާރާތަކުން ދެއްވާ އެހިތެރިކަމާ އެއްބާރުލުންވެސް ޑީއެމްޑީ ރަޝީދުވަނީ ފާހަގަކުރައްވާފައެވެ.

މިޖަލްސާގައި ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިގުމުއްދަތަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ޕްލާކް ހަވާލުކޮށްދެއްވީ މިނިސްޓަރު އަމީރާއި މިނިސްޓަރު އާއިޝަތެވެ.

އާސަންދަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
03 ނޮވެމްބަރު 2024

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

03 ނޮވެމްބަރު 2024
އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި
03 ނޮވެމްބަރު 2024

ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި

03 ނޮވެމްބަރު 2024
ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި
31 އޮކްޓޯބަރު 2024

ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން

31 އޮކްޓޯބަރު 2024
ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން
31 އޮކްޓޯބަރު 2024

ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި

31 އޮކްޓޯބަރު 2024
ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި
11 އޮކްޓޯބަރު 2024

އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

11 އޮކްޓޯބަރު 2024
އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް