Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ

ނަޝީދުގެ ތުހުމަތު ރައީސަށް: ވޯޓު ނުދޭނެ މެމްބަރުން ޕާޓީން ވަކިކުރެއްވި

މިދިޔަ އަހަރު ރައީސް ސާލިހު އެމްޑީޕީން 39000 މެމްބަރުން ވަކިކުރައްވާފައިވާކަމަށް ތުހުމަތުކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 12:54
އެމްޑީޕީ ކޮންގްރެސް 2022

އެމްޑީޕީ ކޮންގްރެސް 2022

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓު ނުދެއްވާނެހެން ހީފުޅުވާ މެމްބަރުންތަކެއް ޕާޓީން ވަކިކުރައްވާފައިވާ ކަމަށްބުނެ ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެމްޑީޕީ ގުޅިފައި އޮތީ މިނިވަން, އިންސާފުވެރި އިންތިޚާބުތަކާ ކަމަށާއި, މިކަމަށް އޮތް އަސާސަކީ ކުރިން އިއުލާނު ކުރެވިފައި އޮންނަ "ވޯޓު ލެވޭ މީހުންގެ ލިސްޓު" ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ރައީސް ސާލިހު އެމްޑީޕީން 39000 މެމްބަރުން ވަކިކުރައްވާފައި ވާކަމަށާއި ދަފުތަރު ސާފުކުރަން ޖެހުނު ނަމަވެސް އެމަނިކުފާނު އެކަން ކުރެއްވީ އެމަނިކުފާނަށް ވޯޓު ނުދެއްވާނެކަމަށް ބެލެވޭ މެމްބަރުން ވަކިކުރުމަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ އަދަދު 92،000ން 54،000ށް ވަނީ މަދުކޮށްފައެވެ. މި ބަދަލަކީ އެ ޕާޓީން ބަލަހައްޓަމުން ދިޔަ ދަފްތަރުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބަލައިގަތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެން އައި ބަދަލެކެވެ.

މި ބަދަލާ ގުޅިގެން މީގެ ކުރިންވެސް ނަޝީދު ވަނީ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މި ވާހަކަތަކަށް ރައްދުދީ އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންގެ ދަފްތަރު ސައްހަކަމާއެކު ބަލަހައްޓަމުން ދަނިކޮށް ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން ހިތާމަކުރާ ކަމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި، މެމްބަރޝިޕް ކަންތައް ބެލެހެއްޓުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންނަމަވެސް، ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށާއި، އެހެންކަމުން ޕާޓީގެ ދަފްތަރު ސައްހަކުރަން ގައުމީ މަޖިލީހުން ނިންމިކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ދަފްތަރު ސައްހަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިއަދާ ހަމައަށްވެސް އެ މެމްބަރުން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ އެ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައިވާނަމަ، ފޯމް ފުރިހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްވެސް އަންގާފައެވެ. މި ފޯމު ހުށަހެޅުމުން އެކަން ބަލައި އެމެންބަރަކު އެމްޑީޕީއަށް ރުޖޫއަކޮށްދޭނެ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު