Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާއިބު ރައީސް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު

މިސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ރަނގަޅު: ނާއިބު ރައީސް

16 ޑިސެމްބަރު 2022 | ހުކުރު 02:14

ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވެމުންދާ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޑިސެމްބަރު 2022 | ހުކުރު 02:14
ނާއިބު ރައީސް

ނާއިބު ރައީސް

މިސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެން ހިނގައްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެހޮސްޕިޓަލުގެ ބޯޑު މެމްބަރުންނާއި ސީނިއަރ މެނޭޖްމެންޓާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޭއީއެޗަށް ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވެމުންދާ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވެވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އޭއީއެޗްގެ ދަށުން ސިއްޙީ މަރުކަޒުތައް ހިންގައި އެތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވެމުން ދިޔުމަކީ ހޯދެމުން އަންނަ މުހިއްމު ކުރިއެރުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޚިދުމަތްތައް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭފަދަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި، އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ޞާލިޙު ވަނީ، އެހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރުތެރޭގައި ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރައްވައިފައެވެ. އަދި އޭއީއެޗްގެ ލެބޯޓްރީއަކީ އައިއެސްއޯ ސެޓިފައިޑް ލެބޯޓްރީއަކަށް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގައި ވެސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނޭ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހޮސްޕިޓަލުތަކުގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރައްވާފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ކުރެވެމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ، ކެތުލެބް ޤާއިމްކުރުމުގެ މަސައްކަތެވެ. ވަކި ބޯޑެއްގެ ދަށުން ހިންގަމުން އަންނަ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ 102 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މިދަތުރުފުޅުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ވަނީ އައްޑު ސިޓީ ފެނަކަ ސެންޓްރަލް ޕަވަރ ސްޓޭޝަން އިމާރާތްކުރާ ސައިޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއައްްޑޫ ސިޓީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް