Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނެއިލް ޕޮލިޝް

ހަލާލު ނެއިލް ޕޮލިޝް: މީ ކިހާވަރެއްގެ ހަޤީޤަތެއް؟

ދީނީ އިލްމްވެރިންގެ ޚިޔާލު މިކަމުގައި ތަފާތު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ޖޫން 2017 | ހޯމަ 17:15
ހަލާލު ނެއިލް ޕޮލިޝް ކަމަށް ބުނާ ނިޔަފަތީގައި ޖައްސާ ކުލަ

ހަލާލު ނެއިލް ޕޮލިޝް ކަމަށް ބުނާ ނިޔަފަތީގައި ޖައްސާ ކުލަ

އޯރްލީ ނަމަކަށް ކިޔާ ކުންފުންޏެއްގެ ފަރާތުން މުސްލިމް އަންހެން ކުދިންނަށް ޚާއްސަކޮށްގެން "ހަލާލް ނެއިލް ޕޮލިޝް"އެއް ތަޢާރުފުކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ މި ނެއިލް ފޮލިޝްގެ ސަބަބުން ނަމާދުކުރުމަށްޓަކައި ވުޟޫ ކުރާއިރު އެއްވެސްކަމާއި ހާސްވާން ނުޖެހޭނެ ކަމަށާއި ނެއިލް ފޮލިޝް އުފައްދާފައިވާ ގޮތުން ވުޟޫ ކުރާއިރު ނެއިލް ޕޮލިޝް އުގުޅައިފައި ހުއްޓަސް ނިޔަފައްޗާ ހަމައަށް ފެން ފޯރާނެ ކަމަށާއި އެހެން ކަމުން ވުޟޫ ސައްޚަވާނެ ކަމަށެވެ.

މި ނެއިލް ފޮލިޝްގެ ލިމިޓަޑް ސެޓް ތަޢާރުފު ކޮށްފައިވަނީ ތަފާތު 6 ކުލަ އެއް ހިމެނޭ ގޮތަށެވެ. އަދި މި ނެއިލް ފޮލިޝްގައި ވިޓަމިން ބީ، ވިޓަމިން ބީ-ފައިވް އަދި ވިޓަމިން ސީ ފަދަ ނިޔަފަތަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވާ ކަމަށްޕްރޮޑަކްޓް އުފެއްދި ފަރާތުން ބުނެއެވެ.

މި ނެއިލް ޕޮލިޝް އުފެއްދި ފަރާތުން މިއީ މުސްލިމުންނަށް ގުޅޭ އެއްޗެއް ކަމަށް ބުނި ނަމަވެސް، އެކި ޝައިޚުންވަނީ މި ނެއިލް ފޮލިޝްއާ މެދު ސުވާލު އުފައްދާފައެވެ.

އަންހެންކުދިން ޒީނަތްތެރިވުމަށްޓަކައި ގޮތް ނޭގޭ ޕޮރޮޑަކްޓްތައް ބޭނުން ނުކުރުމަށް ދީނީ އިލްމްވެރިން ނަސޭހަތްތެރިވެއެވެ. އަދި އަންހެންކުދިން ޒީނަތްތެރިވާން ބޭނުން ކަމުގައިވާނަމަ ކީރިތި ރަސޫލާ އިރުޝާދު ދެއްވި ފަދައިންކަން ކުރުމަށްވެސް އިލްމުވެރިން އިރުޝާދު ދެއެވެ.

ހީނާފަތް އަޅައިގެން ހުރެ ވުޟޫ ކުރިޔަސް ވުޟޫ ސައްހަ ވާނޭ ކަމާމެދު އެއްވެސް ޝައްކެއް ނެތުމުން ބުއްދިވެރި ގޮތަކީ ތަފާތު ޒާތްޒާތުގެ ނެއިލް ފޮލިޝްތައް ބޭނުންކުރުމުގެ ބަދަލުގައި ހީނާފަތް އެޅުން ކަމަށް ވެސް ދީނީ އިލްމްވެރިން ވިދާޅުވެއެވެ.

މި ނެއިލް ޕޮލިޝްތަކާއި ބެހޭގޮތުން ކުރީގެ އިސްލާޟިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ، މި ކަހަލަ ޕްރޮޑަކްޓްތަކުގެ އަސްލު ނޭނގި، ވަކި ހުކުމެއް ދަންނަވަން ދަތިކަމަށާއި އެހެންނަމަވެސް އިސްލާމް ދީނުގައި އުސޫލެއްގެ ގޮތުން އޮންނަ ގޮތަކީ ނިޔަފަތިތަކުގައި އިތުރު 'ހުރަހެއް' ލެވިގެންދާކަމުގައިވާނަމަ ވުޟޫ ސައްޚަވެގެންނުދިއުން ކަމަށެވެ. އަދި 'ހުރަހެއް' ނެތި ހަމައެކަނި ހީނާފަތް ފަދައިން ކުލަ ނިޔަފަތީގައި ލެވިގެންދާނަމަ ވުޟޫ ސައްހަވެގެންދާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީރިއަޑް ތަދަކީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްނުވާ މީހުންނަށް "ޕީރިއަނޮއިޑް" ހޯދައިދީ!

ޕީރިއަޑް ތަދަކީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްނުވާ މީހުންނަށް "ޕީރިއަނޮއިޑް" ހޯދައިދީ!

12 މާރިޗު 2024

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު