Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާންގައި މަރުގެ އަދަބު ދިނުން

އީރާންގައި ދެވަނަ މީހަކަށް މަރުގެ އަދަބު ދީފި

މަޖީދު ރިޒާ ދަންޖެއްސީ، ވަކީލަކު ނެތި ހިންގި ޝަރީއަތަކުން ހުކުމް އިއްވިތާ 23 ދުވަސް ތެރޭގައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 ޑިސެމްބަރު 2022 | ހޯމަ 16:57
ދަންޖައްސައި މަރާލެވުނު މަޖީދު ރިޒާ

ދަންޖައްސައި މަރާލެވުނު މަޖީދު ރިޒާ

އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމުގެ ކުށުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެވަނަ މީހަކަށް މަރުގެ އަދަބު ދީފިއެވެ. އުމުރުން 23 އަހަރުގެ މަޖީދު ރިޒާ އާންމުތަނެއްގައި ދަންޖައްސައި މަރާލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކަލާނގެއާ ދެކޮޅަށް ހަތިޔާރު ހިފިކަމަށް ކުށް ސާބިތުކޮށް އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ހައްޔަރު ކުރިތާ ފަސް ދުވަހުގެ ތެރޭގައި، ވަކީލެއްގެ ފުރުސަތު ނުދީ ހިންގި ބަންދު ޝަރީއަތެއްގައެވެ. އަދި ހުކުމް އިއްވިތާ 23 ދުވަހުގެ ތެރޭގައި މިއަދު މިވަނީ ހުކުމް ތަންފީޒު ކޮށްފައެވެ.

މަޖީދު ރިޒާގެ ކުށަކީ އާންމުންގެ އެތައް ހާސަބަޔަކާ ދެކޮޅަށް ނުކުމެ އަނިޔާވެރިކަމާއެކު މުޒާހަރާ ރޫޅާލުމަށް ހަމަލާ ދެމުން ދިޔަ ސިފައިންގެ ތެރެއިން ދެމީހަކަށް ހަމަލާ ދިނުމެވެ. އެހަމަލާގައި އެ ދެމީހުން ވަނީ މަރުވެފައެވެ.

މަޖީދު ރިޒާ ބަންދުގައި ހުއްޓައި އޭނާގެ މަންމައާ ބައްދަލުކުރުމުގެ ފުރުސަތު ދިން ކަމަށް ވެއެވެ. އޭރުވެސް އޭނާއަށް މަރުގެ އަދަބު ދެވޭނެކަން ބުނެފައި ނުވާކަމަށް ވެއެވެ.  

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުރަތަމަ މީހާއަށް މަރުގެ އަދަބު ދީފައިވަނީ ޑިސެމްބަރ 8 ވީ ބުރާސްފަތި ދުވަހުއެވެ. އެއީ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ މުހްސިން ޝެކާރީއެވެ. އޭނާމަރާލުމާ ގުޅިގެން އެގައުމުގެ އެތެރޭންނާއި ބޭރުގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން އައީ ހަރުއަޑުން ނުރުހުން ފާޅުކުރަމުންނެވެ. މުހްސިންގެ ކުށަކަށްވީ ސެކިއުރިޓީ ގާޑެއް ޒަޚަމްކޮށްލުމާއި އަދި މަގެއް ބަންދުކުރުމެވެ.

އީރާންގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖްކުރުން ފުޅާވެގެން ގޮސްފައި ވަނީ ،ފުލުހުންގެ ހައްޔަރުކުރި 22 އަހަރުގެ އަންހެނެއްކަމަށްވާ މަހްސާ އަމީނީ ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވުމާ ގުޅިގެންނެވެ. މަހްސާގެ އާއިލާއިން ބުނަނީ އޭނާ މަރުވީ ފުލުހުން ކުރި އަނިޔާގެ ސަބަބުން ކަމަށެވެ.

ސަރުކާރުން އަދިވެސް މަދުވެގެން 21 މީހަކަށް މަރުގެ އަދަބު ދޭން ރާވަމުން އެބަ ގެންދާކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފައިވެއެވެ. އަދި މިއީ މިހާރު މުޒާހަރާ ކުރަމުންދާ މީހުން ބިރުގަންނަވައި ފަހަތަށް ޖެއްސުމަށް ހިންގާ އަމަލެއް ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ރައިސްޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީން ބުނެފައިވާގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއިން އާދީއްތަ ދުވަހާ ހަމައަށް 488 މީހުން ވަނީ ސަރުކާރު ސިފައިންގެ ހަމަލާތަކުންނާއި އެހެނިހެން ގޮތްގޮތުން މަރުވެފައެވެ. މީގެ ތެރޭގައި 68 ކުޑަކުދިންވެސް ހިމެނެއެވެ. އަދި ސަލާމަތީ ބާރު ތަކުގެ 62 މީހުންވެސް ކުރިމަތިލުންތަކުގައި މަރުވެފައިވާކަން އެފަރާތުން ފާހަގަކުރެއެވެ. މީގެ އިތުރުން 18،259 މީހުން ހައްޔަރުކުރެވިފައި ވާކަމަށް އެފަރާތުން ބުނެއެވެ.     

އީރާންދުނިޔެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު