Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ފުރަތަމަ ފަހަރަށް މޮރޯކޯ ސެމީއަށް، ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެން ފެނަށް!

މޮރޯކޯ މޮޅުވީ 1-0ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 17:26
ޕޯޗުގަލް ކޮޅަށް ލަނޑުޖެހުމަށްފަހު މޮރޯކޯ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޕޯޗުގަލް ކޮޅަށް ލަނޑުޖެހުމަށްފަހު މޮރޯކޯ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބަލިކޮށް މޮރޯކޯއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަލް ތުމާމާ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު މޮރޯކޯއިން ކާމިޔާބުކުރީ 1-0ންނެވެ. މޮރޯކޯގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މޮރޯކޯއަށް ލީޑު ނަގައިދިނީ ޔޫސުފް އެން-ނެސީރީއެވެ. މިއީ ޔަހްޔާ އަތިއްޔަތުﷲ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖެހުމަށް މަސައްކަތްކުރީ ޕޯޗުގަލް ޓީމުންނެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މޮރޯކޯ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން ޔާއޯ ފިލިކްސް ފޮނުވާލި ބޯޅަ ދިފާއުކުރީ މޮރޯކޯގެ ކީޕަރު ބޯނޯއެވެ. ލަނޑު ޖެހުމުގެ އިތުރުންވެސް މޮރޯކޯއަށް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އަތިއަތުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ދެވަނަ ހާފުގައި ކުޅެން އެރުވިއެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މޮރޯކޯގެ ކީޕަރު ބޯނޯއެވެ. އޭގެ ފަހުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާވެސް ދިފާއުކުރީ ބޯނޯއެވެ.

މިއާއެކު މޮރޯކޯ ވެފައިވަނީ އެފްރިކާ ބައްރުގެ އަދި އަރަބި އިސްލާމީ ގައުމެއް މުބުާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ގައުމަށެވެ. ސެމީ ފައިނަލުގައި މޮރޯކޯ ވާދަކުރަން ޖެހޭނީ މިރޭ ދަންވަރު 12 ޖަހާއިރު ފްރާންސާއި އިންގްލެންޑް ބައްދަލުކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕޯޗުގަލްމޮރޮކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު