Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިއަހަރަށް ފަތުރުވެރިކަމަށް ކަނޑައެޅި ޓާގެޓް

މިއަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފުލައިޓްތަކުގެ އަގު ބޮޑުވުން: މިނިސްޓަރު މައުސޫމް

8 ޑިސެމްބަރު 2022 | ބުރާސްފަތި 02:11

މިހާރު ބޮޑަށް ގުނަން ބޭނުންވަނީ ފަތުރުވެރިން އަންނަ އަދަދަށްވުރެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 02:11
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަން މިއަހަރު ރަނގަޅުވެފައިވީނަމަވެސް މިއަހަރަކީ ޖުމްލަ ގޮތެއްގައި ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކެއް ހުރި އަހަރެއްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ ޑިސެމްބަރު މަހުގެ 3 ވަނަ ހަފުތާ ތެރޭގައި މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާނެކަމަށް ބެލެވޭކަމަށެވެ. ވޯލްޑް ކަޕް ނިމުމަށްފަހު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ބެލެވޭކަމަށާއި ރަނގަޅު އަދަދަކުން މިއަހަރު ނިންމާލެވޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކުރިން އޮތް ޗައިނާ އާއި ޖަޕާނުގެ މާކެޓް އެއްގޮތަކަށްވެސް ނެތި ރަނގަޅު އަދަދުތަކުން ފަތުރުވެރިން ރާއްޖެ އަންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ބޮޑަށް ގުނަން ބޭނުންވަނީ ފަތުރުވެރިން އަންނަ އަދަދަށްވުރެ ބޮޑަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ބެޑް ނައިޓްސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާކިޔާއިރު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބެޑް ނައިޓްސް އިތުރުވެފައިވަނީ 2 އިންސައްތަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވެފައިވަނީ ފްލައިޓްތަކުގެ އަގު ބޮޑުވުންކަމަށެވެ. ފްލައިޓްތަކުގެ ތާށިކަން ވަރަށް ބޮޑަށް މިއަހަރު ކުރިމަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށް ހައްލު ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީން ތަފާތު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޕްރައިވެޓް ސެކްޓަރުން ކުރަމުން އަންނަ ބުރަ މަސައްކަތްކަމަށެވެ. ފަތުރުވެރިކަމަށް ދިމާވި ގިނަ ގޮންޖެހުންތަކާއެކުވެސް ޕްރައިވެޓް ސެކްޓަރުގެ ބުރަ މަސައްކަތުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،524،265 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާ 1،520،060 ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް